ރާއްޖޭގެ ދީނީ ނަސޭޙަތްތަކާއި ދީނީ
ދަރުސްތައް މިސްކިތްތަކުގެ މިމްބަރުތަކާއި ހޯލްތައް ފަޅުފިލުވައި ދެއްވަމުން
ގެންދެވުމުގައި ހީވާޤި ކަމާއި މީސްތަކުންގެ އިތުބާރާއި މަޤްބޫލުކަން ލިބިފައިވާ
މުޙައްމަދު ނަޝީދު އާދަމް މަތީ ތަޢުލީމުގެ މަރުހަލާ ކަޑައްތު ކުރެއްވުމަށްޓަކައި
21ވީ ބުރާސްފަތި ދުވަހުގެ ރޭ އޮސްޓްރޭލިއާއަށް ފުރާވަޑައިގެންފި ކަމުގައި
ރާއްޖެއިސްލާމްއަށް ޚަބަރު ލިބިއްޖެއެވެ.
ދިވެހިރާއްޖޭގެ ލޮބުވެތި މުސްލިމުންނަށާޢި
ޢާއްމުކޮށް އެންމެނަށް ނަޝީދު ކޮށްދެއްވަމުން ގެންދެވި މުޙިއްމު އަދި ޚާއްޞަ
ޚިދުމަތްތަކުގެ ތެރޭގައި:- މޯލްޑިވްސް ހަޔަރ ކޮލެޖްގެ ޝަރީޢާ އިން ލޯ
ލެކްޗަރާއެއްގެ ޙައިޞިއްޔަތުން ކިޔަވައިދެއްވުމާއި ޖަމްޢިއްޔަތުއްސަލަފުން
ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސިލްސިލާކޮށް ފޯރުކޮށްދޭން ފަށާފައިވާ ދީނީ
ދަރުސްތަކުގައި ވެސް ބޮޑު ރޯލެއް އަދާކުރައްވަމުން ގެންދެވުމާއި އެކު ކޮންމެ ހުކުރު
ދުވަހެއްގެ ޢަޞްރު ފަހުން މާލޭގެ އިބްރާހީމީ މިސްކިތުގައި ޚާއްޞަ ފިޤުޙް ކްލާހެއް
ޢާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދެވުން ފާހަގަ ކޮށްލެވެއެވެ.
މީގެ އިތުރުން މުސްލިމުން ގުޅުމާއި
ދި.އެފް.އެމް ރޭޑިއޯ އާއި ގުޅިގެން ކޮންމެ ބުދަ ދުވަހެއްގެ ރޭ ކުރިއަށް ގެންދާ ދީނީ
ހޭލުންތެރިކަން އިތުރު ކުރުމުގެ "ރަންދާނަ" ޕްރޮގްރާމްގައި ވެސް އަސާސީ ރުކުނެއްގެ
ގޮތުން ބައިވެރިވެލައްވައެވެ. ހަމަ އެހެންމެ މިސްކިތްތަކުގައި ދީނީ ނަސޭޙަތާއި
ހުކުރު ޚުޠުބާއާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން އިންތިޒާމް ކުރާ ދީނީ
ބައެއް ޕްރޮގްރާމްތަކުގެ ވެސް ބައިވެރިއެކެވެ. އަދި އަދާލަތު ޕާޓީއިން
އިސްނަގައިގެން ދިވެހި ބަހުން ކީރިތި ޤުރްއާނުގެ އިތުބާރު ހުރި ތަރުޖަމާއެއް
ރާއްޖޭގެ ޢިލްމުވެރިން ނެރުއްވުމުގެ ޑްރާފްޓިން ކޮމެޓީގައި ވެސް އިސް ރޯލެއް
އަދާކުރައްވައެވެ.
ނަޝީދުގެ ވަކިވުން ދިވެހިރާއްޖޭގެ ދީނީ
މައްސަރުގައި ކުއްލިއަކަށް ފޫބެއްދުން ފަސޭހަކަމެއްކަމުގައި ނުވާނެކަމީ
ދެބަސްވެވޭން ނެތްކަމެކެވެ. އަޅުގަނޑުމެންގެ ދުޢާއަކީ އަލްއުސްތާޛް މުޙައްމަދު
ނަޝީދު އާދަމް ޢިލްމީ މައިދާނުގައި އިތުރަށް ކުރިއަރައި ޘާބިތުކަން ދެއްވާ ޢިލްމީ
އަދި ޢަމަލީ ބޭފުޅެއްކަމުގައި ލެހެއްޓެވުމެވެ.