29 رمضان 1431 | 08-09-2010 | އެންމެފަހުން އަޕްޑޭޓްކުރެވުނު ތާރީޚް 07-09-2010
 
 
 
 
عَنْ أَبِي هُرَيْرَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ ذَرَعَهُ الْقَيْءُ فَلَيْسَ عَلَيْهِ قَضَاءٌ وَمَنْ اسْتَقَاءَ عَمْدًا فَلْيَقْضِ ( ތިރުމިޛީ : 653 ) މާނައީ : މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ" ކަމަކާނުލައި ހޮޑުލެވުނުމީހާގެ މައްޗަށް ރޯދަ ޤަޟާކުރުމެއް ނުވެއެވެ. ޤަޞްތުގައި ހޮޑުލައިފިމީހާ ފަހެ ރޯދަ ޤަޟާކުރާހުށިކަމެވެ"
- عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ وَأَحْيَا لَيْلَهُ وَأَيْقَظَ أَهْلَهُ ( ބުޚާރީ 1884 ) މާނައީ : މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ" ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބިއްޔާ ޜަމާޟާންމަހުގެ ފަހުދިހަ ވަދެއްޖެނަމަ އެކަލޭގެފާނުންގެ މިއުޒަރު ( އެބަހީ އުނަގަނޑުގައިވާ އެތިފަށް ) ބާރަށް ބަންނަވައެވެ. ( މީގެމާނައަކީ އަޅުކަމުގައި ހިތްވަރުލާ މިމަހުގެ ކުރީކޮޅަށްވުރެވެސް ބޮޑަށް އަޅުކަމުގައި އުޅުއްވަތެވެ.) އަދި ރޭގަނޑު އިޙްޔާކުރައްވައެވެ. އަދި އެކަލޭގެފާނުންގެ އަހުލުވެރިން ހޭލައްވަވައެވެ"
Narrated Abu Huraira (Radi-Allahu 'anhu): The Prophet (Sallallahu 'Alaihi Wa Sallam) said, "Whoever fasted the month of Ramadan out of sincere Faith (i.e. belief) and hoping for a reward from Allah, then all his past sins will be forgiven, and whoever stood for the prayers in the night of Qadr out of sincere Faith and hoping for a reward from Allah, then all his previous sins will be forgiven ." Bukhari Vol. 3 : No. 231
"عَنْ ابْنِ عَبَّاسٍ قَالَ كَانَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَجْوَدَ النَّاسِ وَكَانَ أَجْوَدُ مَا يَكُونُ فِي رَمَضَانَ حِينَ يَلْقَاهُ جِبْرِيلُ وَكَانَ يَلْقَاهُ فِي كُلِّ لَيْلَةٍ مِنْ رَمَضَانَ فَيُدَارِسُهُ الْقُرْآنَ فَلَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَجْوَدُ بِالْخَيْرِ مِنْ الرِّيحِ الْمُرْسَلَةِ "( ބުޚާރީ :5 ) މާނައީ : މާތް ﷲ އެދެބަފައިކަލުންނަށް ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢައްބާސް ވިދާޅުވިއެވެ" ސަލާމާއި ޞަލަވާތްލެއްވި ކީރިތިރަސޫލާއީ މީސްތަކުންކުރެ އެއްމެ ދީލަތި ސާހިބާއެވެ. އިތުރު އެކަލޭގެފާނުންގެ ދީލަތިކަން އެންމެ ބޮޑުވަނީ ރަމަޟާންމަހު ޖިބުރީލުގެފާނު އެކަލޭގެފާނާ ބައްދަލުކުރެއްވުމުންނެވެ. ރަމަޟާންމަހުގެ ކޮންމެރެއަކު ޖިބުރީލުގެފާނު އިތުރު އެކަލޭގެފާނާ ބައްދަލުކުރައްވައި ކީރިތި ޤުރްއާން ކިޔައިދެއްވައި މުދާރަސާކުރައްވައެވެ. ފަހެ މާތްﷲގެ ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހެޔޮކަންތައްތަކުގައި ދީލަތިވުމުގައި ފެތުރިގެންދާ ވައިރޯޅިއަށްވުރެވެސް ދީލަތިކަން ބޮޑެވެ." ( އެބަހީ ވައިރޯޅި ފެތުރިގެންދާއިރު ހުރިހާތަނަކަށް އޭގެ އަސަރުފޯރާފަދައިން އެކަލޭގެފާނުންގެ ދީލަތިކަމާއި ހެޔޮފޯރުވުން ހުރިހާމީހުންނަށް ޢާންމުވެ ފޯރައެވެ.)
 
 
1 2 3 4 5 6 7 8 9
fonts
" ތިބާ އަދި އެއްދޮރު...
އަލްއަޚް ޝަފީޢު ޢަބްދުﷲ
ލައިލަތުލް ޤަދްރު
އައްޝައިޚް އަޙްމަދު ސަމީރު އިބްރާހީމް ޙުސައިން
އޭ ދަތުރުވެރިޔާއޭ!!
އަލްއަޚް ޢީސާ ޝަރީފް
ހާމަ ނޫހުގައި ލިޔަމުން...
ބިން މުޙައްމަދު
ހާމަ ނޫހުގައި މައްކާގެ މާތް...
އަލްއަޚް އިބްނު ޚަޟިރު
ޒިނޭކުރާ މަސާޖު ޕާލާތައް...
އަލްއަޚް ބިންމުޙައްމަދު
ބުދަށް އަޅުކަން ކުރި...
އަލްއަޚް ޢަބްދުއްސަލާމް ދާވުދު
އަހަންނާ ކައިރި ނުވޭ!...
އަލްއަޚް ޝަފީޢު ޢަބްދުﷲ
އަނބިންގެފަރާތުން...
އަލްއަޚް ބިންމުޙައްމަދު
ދީނީ ޙާލަތު
އެންމެފަހުގެ ވޯލްޕޭޕަރ
ފަތިސް ނަމާދު 4:46
އިރުއަރާ 5:57
މެންދުރު ނަމާދު 12:08
ޢަސްރު ނަމާދު 3:09
މަޣްރިބް ނަމާދު 6:11
ޢިޝާ ނަމާދު 7:22

ލިޔުން ފޮނުއްވާ
articles@raajjeislam.com

ޚިޔާލު ފޮނުއްވާ
comments@raajjeislam.com

 

ސިޔާސީ ފިތުނައިގެ ސަބަބުން ޤައުމަށް ބޮޑެތި މުޞީބާތްތައް ކުރިމަތިވާން ފަށައިފި: ޝައިޚް އިލްޔާސް

އަލްއަޚް ޢަބްދުއްލަޠީފް
01-08-2010
މިދުވަސްވަރަކީ އަޅުގަނޑުމެންގެ މެދުގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތައް އުފެދި  ފަރުދުންގެ ގުޅުންތައް ހީނަރުވެ ރުޅިވެރިކަން އުފެދިފައިވާ ދުވަސްވަރެއް ކަމަށާއި މިފަދަ ކަންކަމަކީ އެއްވެސް ހާލެއްގައި މުސްލިމުންގެ މެދުގައި އޮވެގެންވާނެ ކަމެއް ނޫން ކަމަށް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާރޓީ އިން އިންތިޒާމުކޮށްގެން ރަމަޟާން މަސް ކައިރިވަމުން އަންނާތީ ރައްޔިތުންނަށް ދެއްވި ދީނީ ދަރުސްގައި އަލިމަސްކާނިވަލުގައި ވާހަކަ ދައްކަވަމުން ޝައިޚު އިލްޔާސް ވިދާޅުވީ ފާއިތުވީ ރަމަޟާން މަހުގެތެރޭގައިވެސް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު އަވަދިނެތި އުޅުނީ ސިޔާސީ ވާދަވެރިކަމުގެ ތެރޭގައިކަމަށެވެ. އަދި ރަމަޟާންމަހުގެ ބަރަކާތް ހާޞިލުކުރުން ދޫކޮށް އެފަދަ ގޮތްގޮތަށް އުޅުމުން އެކަމުގެ ނޭދެވޭ އަސަރު ފާއިތުވީ އަހަރުގެތެރޭގައި އަޅުގަނޑުމެންގެ މުޖުތަމައުން ފެނިގެން މިއައީ ވަރަށް ހިތިގޮތަކަށް ކަމަށެވެ.
ޝައިޚު އިލްޔާސް ތަކުރާރު ކުރައްވައި ވިދާޅުވީ އަޅުގަނޑުމެންގެތެރޭގައި ފިތުނަވެރިކަމާއި ދެކޮޅުވެރިކަމާއި މުންކަރަތްތައް ޢާއްމުވަމުންގޮސް މިހާރު ކަންކަން ގޮސްފައިވަނީ ބިރުގަންނަން ޖެހޭ ހިސާބަށް ކަމަށެވެ. އެކަމުގެ ސަބަބުން އެކިއެކި މުޞީބާތްތައް ކުރިމަތުވަމުން މިހާރުވެސް އެބައަންނަކަމަށާއި އެކަންކަމާއިމެދު ވިސްނައި ފިކުރުކޮށް އަވަހަށް ހެޔޮ މަގަށް ރުޖޫއަވާން މަސައްކަތްކުރަން ވެއްޖެކަމަށެވެ.
މީސްތަކުންނަށް ބަލާ އާއި މުޞީބާތްތައް ކުރިމަތިވަމުންދަނީ އެމީހުންގެ އަމިއްލަ އަތުން ކުރަމުންގެންދާ ކަންކަމުގެ ސަބަބުން ކަމަށާއި ރާއްޖެއަށް މިއަދު ކުރިމަތިވެފައިމިވާ ތަދުމަޑުކަމާއި އިޖުތިމާއީ ބަލިކަށިކަމާއި ހަމަނުޖެހުންތަކުގެ އަސްލަކީވެސް އަޅުގަނޑުމެންގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވެފައިވާ ކަންކަން ކަމަށްވާއިރު އެކަންކަން ބަދަލުކުރުމަށް އެންމެން އެކީގައި އަތުކުރި އޮލާލަން ވެއްޖެކަމަށެވެ. ޤައުމަށްޓަކައި، އަމިއްލަ ނަފުސަށްޓަކައި ދީނަށްޓަކައި ވެސް އަޅުގަނޑުމެންގެ މެދުގައި ހުރި ތަފާތުތައް ނައްތާލައި އަޚުވަންތަކަން ހިމާޔަތްކޮށް ދަމަހައްޓަން މަސައްކަތްކުރަން ވެއްޖެ ކަމަށެވެ.
ރަމަޟާންމަހަކީ ހެޔޮ ކަންތައްތައް ކުރުމުގެ މައްސަރުކަމަށާއި އެމަހުގައި ކުރަން އެންމެ ރަނގަޅު އެއްކަމަކީ އަޚުވަންތަކަން ދެމެހެއްޓުން ކަމަށްވިދާޅުވެ އެކަމަށް ބާރުއަޅުއްވަމުން   ސިޔާސީ ޚިޔާލުތަފާތުވުންތަކުގެ ސަބަބުން އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފެދި ފަރުދުންގެ ގުޅުންތައް ހީނަރުވެ ދުޝްމިންކަމަށް ބަދަލުވަމުންދާދިއުން ނައްތާލައި އަޚުވަންތަކަން ދެމެހެއްޓުމަށް ފަޟީލަތުއްޝައިޚު އިލްޔާސް ހުސައިން ފަށްފަށުން އިލްތިމާސް ކުރެއްވިއެވެ.
ޝައިޚު އިލްޔާސް ވިދާޅުވީ 3 ދުވަހުގެ މުއްދަތަށް ވުރެ ގިނައިން މުސްލިމުން ރުޅިވެރިކަންމަތީގައި ވާހަކަ ނުދައްކާ ތިބެގެން ނުވާނެކަމަށާއި އެގޮތަށް ތިބޭނަމަ އެމީހުންގެ ހެޔޮ އަމަލުތައް، އެމީހުންގެ ރުޅިވެރިކަން ނައްތާލަންދެން މާތްﷲ ޤަބޫލު ނުކުރައްވަވާ ފަސްކުރައްވަވާ ކަމަށެވެ. އެހެންކަމުން އެފަދަ ބޮޑު ފާފައެއްގެ މަތީގައި ތިބެން ހެޔޮ ނުވާނެ ކަމަށާއި ރަމަޟާން މަހަކީ މިފަދަ ކަންކަން އިޞްލާޙުކޮށް މާތްﷲ އެންގެވި މަގުގައި ކުރިއަށްދާން މަސައްކަތް ކުރަން ފަށަން މަސައްކަތްކުރަން އެންމެ ރަނގަޅު މައްސަރު ކަމަށެވެ.

ނޯޓް: މިއީ "މިއަދު" ނޫހުން ނަގާފައިވާ ލިޔުމެކެވެ.

 

މި ވެބްސައިޓްގައިވާ ތަކެތި އެއްވެސް އުނި އިތުރު ކުރުމަކާއި ނުލައި ބޭނުން ކުރުމަކީ ކޮންމެ މުސްލިމަކަށް ލިބިގެންވާ ޙައްޤެކެވެ.