ޢިބްރަތްތެރިި ވާހަކަ

 ތަރުޖަމާ: އިނާޒް ޢަދުނާން   ދެން އިބްނު ހުބައިރާ އަށް ވަޒީރުކަން ލިބުނު ގޮތް އަޑުއައްސަވާށެވެ! އޭނާ އުފަންވީ ވަރަށްވެސް ދެރަ ނިކަމެތި ފަޤީރު ޢާއިލައަކަށެވެ.  އެއީ އައްދޫރު ނަމަކަށް ކިޔުނު ރަށުގެ އަހުލުވެރި ބައެކެވެ. ޢާއިލާގެ މީހުންނަކީ އާދައިގެ ދަނޑުވެރިންނެވެ. ދަނޑު ހައްދައިގެން ލިބޭ އެއްޗަކުން އުފަލާއެކު ދުވަސްތައް ވޭތުކުރަމުން ގެންދިޔައެވެ. ޢާއިލާގެ އެއްވެސް މީހަކަށް ޢިލްމު ޙާޞިލްކުރާނެ ވަގުތެއްނުލިބެއެވެ. ނުވަތަ އެފަދަ ޝައުޤުވެރިކަމެއްވެސް ނެތް ކަހަލައެވެ. ނަމަވެސް ޔަޙްޔާ ބިން މުޙައްމަދު ބިން ހުބައިރާގެ […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އާދަމް ޔަޢީޝް   އެއްދުވަސްވަރެއްގައި އުޅުނު ވަރަށް ހުނަރުވެރި ވަޑިއެއް އޭނާގެ ޢުމުރުން ދުވަސްވެ ގައިބާރު ދެރަވާން ފެށުމުން އޭނާގެ ވެރިމީހާ ކައިރިން ވަޒީފާއިން ވަކިކޮށްދިނުމަށް އެދުނެވެ. ވެރިމީހާ މިކަމާ ވަރަށް ދެރަވިއެވެ. އޭނާއަށް އިތުބާރުހުރި ހުނަރުވެރި ވަޑިއެއް ގެއްލޭތީއެވެ. ނަމަވެސް ވެރިމީހާ އެ ވަޑިއަށް ވަޒީފާއިން ވަކިވުމުގެ ފުރުޞަތު ދިނެވެ. އަދި ހަމައެއާއެކު އޭނާގެ އެންމެ ފަހުގެ އެދުން ފުރިހަމަކޮށް ދިނުމަށް އެދުނެވެ. ވެރިމީހާ މާވަޑިބެ ގާތުން އެދުނީ އޭނާއަށް އަދި އެއް ގެ […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އަލްއަޚް ޙަސަން އިޝާން ” شذرات الذهب“ ގައި ބަޔާންވެގެންވެއެވެ. ”ބުވައިހް“ ދަރިކޮޅަށް ނިސްބަށްވި ރަސްކަލެއް ކަމުގައިވާ، ފަޚްރުއް ދައުލާ ބުނެފައިވެއެވެ. “ އަހަރެން، އަހަރެންގެ ދަރިންނާއި، އެމީހުންގެ ލަޝްކަރަށް ކުރިއަށް އޮތް 15 އަހަރަށް ފުދޭވަރަށް މުދަލާއި ފައިސާ ރައްކާކުރީމެވެ.“ ނަމަވެސް ފަޚްރުއްދައުލާ މަރުވިއިރު އޭނާގެ ކަންޒުތަކުގެ ތަޅުދަނޑި އޮތީ ތިމާމެންގެ ބައްޕަ ވަޅުލުމަށް ފަރުވާކުޑަކޮށްލި އޭނާގެ ދަރިންގެ އަތުގައެވެ. އެހެންކަމުން ރަސްގެފާނަށް ހެޔޮއެދޭ މީހުން، އޭނާގެ މަސްގަނޑު ލުމަށްޓަކައި މިސްކިތް ބަލަހައްޓާ މީހާގެ […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން މީހަކަށް މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން ލިބިއްޖެއޭ ބުނެފިނަމަ ތިބާ އެކަން ޤަބޫލުކުރައްވާނަންތޯއެވެ؟ ފަހަރުގައި ތިބާ އެކަން ޤަބޫލުނުކުރައްވައިފާނެއެވެ. އަދި އެވަޒީރުކަމުގެ އަގުހެޔޮކަމާމެދު ޢަޖައިބުވެލައްވައިފާނެއެވެ. އެކަމަކު ހަމަ ޙަޤީޤަތުގައިވެސް މީހަކަށް މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން ވަނީ ލިބިފައެވެ. ނަމަވެސް އެއީ ތިޔަ ހީފުޅުކުރެއްވިހާ ފަސޭހަކޮށެއްނޫނެވެ. އެއީ ކެތްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އޯގާތެރިކަމާއި ތަޤުވާވެރިކަން ފަދަ މަތިވެރި ސިފަތަކަކުން ވީ ޤުރުބާނީއެއްގެ އާޚިރު ނަތީޖާއެވެ. މިދެންނެވި ވަޒީރުގެ ނަމަކީ ޢަޥްނުއްދީން އަބުލް މުޡައްފަރު […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އާދަމް ޔަޢީޝް ޝުޢައިބް އަށް ޢީދު ދުވަހު އޭނާ ބޭބެގެ ފަރާތުން ވަރަށް އަގު ބޮޑު ރީތި ކާރެއް ހަދިޔާއަކަށް ލިބުނެވެ.  އެއްދުވަހަކު ޝުޢައިބް ގެއިން ބޭރަށް ނުކުތްއިރު އަވަށުގައި އުޅޭ ކުއްޖަކު ޙައިރާންކަމާއެކު އެ ކާރަށް ތަޢުރީފުގެ ނަޒަރަކުން ބަލަންހުރިތަން އޭނާ އަށް ފެނުނެވެ. އެކުއްޖާ އަށް ޝުޢައިބް ފެނުމާއެކު އަހާލިއެވެ.   [ބޭބޭ؟ މިއީ ބޭބެ ގެ ކާރެއްތަ؟]  ޝުޢައިބް އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. [ތިއީ އަހަރެންގެެ ބޭބެ ޢީދު ހަދިޔާއެއްގެ […]
އިތުރަށް ވިދާޅުވޭ
  ތަރުޖަމާ:އިނާޒް ޢަދުނާން އުމަވީ ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު (ރަޙިމަހުﷲ) އެއްދުވަހަކު ބާޒާރުގެ ކަންތައް ބެއްލުވުމުގެ ގޮތުން ބާޒާރުމަތީ ބުރުޖައްސަވަމުން ގެންދެވިއެވެ. އެވަގުތު ރޮނގުދަމާފައި ހުރި ފޮށައެއް އޮޅައިގެން ހުރި މީހަކު އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. [އޭ އަމީރުލް މުއުމިނީންއެވެ! އަނިޔާލިބިފައިވާ މީހެއްވާނަމަ ކަލޭގެފާނުގެ އަރިހަށް އައުމަށް ކަލޭގެފާނު އަމުރުކުރެއްވީމުނޫންތޯއެވެ؟] ޢުމަރު ވިދާޅުވިއެވެ. [އާނއެކެވެ!] އެމީހާ ދެންނެވިއެވެ. [އަޅުގަނޑަކީ ވަރަށް ދުރު ހިސާބަކުން ކަލެގެފާނުގެ އަރިހަށް އައިސްހުރި މަޡްލޫމަކީމެވެ.] ޢުމަރު ބިން ޢަބްދުލްޢަޒީޒު ސުވާލުކުރެއްވިއެވެ. […]
އިތުރަށް ވިދާޅުވޭ
ޢަބްދުﷲ ބިން ޢަލީ ޢައްބާސީ ދިމިޝްޤު ފަތަޙަކުރުމަށްފަހު އެންމެ ގަޑިއިރެއްގެ ތެރޭގައި އެއްވެސް ޙައްޤަކާނުލައި އެތައް ބައެއްގެ ލޭ އޮހޮރުވާލިއެވެ. އަދި އުމަވީ ޚިލާފަތުގެ އެންމެ ބޮޑު މިސްކިތަށް އޭނާ ސަވާރުވެ އިން އަހާއެކު ވަދެ އޭނާގެ ވަޒީރުންނާއެކު މަޖިލިސްކުރިއެވެ. އަދި ފަޚުރުވެރިކަމާއެކު ސުވާލުކުރިއެވެ. [އަހަރެންނާ ކުރިމަތިލައި މުޤާބަލާކުރަން ކެރޭނެ އެއްވެސް މީހަކު މިހާރު އެބަހުރިހެއްޔެވެ؟] ޖަވާބު ލިބުނެވެ. [ނޫނެކެވެ!] އޭނާ އަނެއްކާވެސް ސުވާލުކުރިއެވެ. [ތިމަންގެ މައްޗަށް އިޢުތިރާޟުކުރުމުގެ ހިތްވަރު ހުރި މީހަކު ހުރިކަން ކަލޭމެންނަށް އެނގޭ […]
އިތުރަށް ވިދާޅުވޭ
ބިލާލް ބިން އަބީބުރްދާ ހުރީ ޙައްޖާޖުގެ ޤައިދުގައެވެ. އެދުވަސްވަރުގެ ޤަވާއިދަކީ ޖަލުގައި މީހަކު މަރުވެއްޖެނަމަ އެޚަބަރު ޙައްޖާޖަށް ދެވެއެވެ. ދެން ޙައްޖާޖުގެ އަމުރަށް މައްޔިތާގެ ހަށިގަނޑު ވާރިޘުންނާ ހަމައަށް ގެންގޮސްދެވެއެވެ. ބިލާލް ބިން އަބީބުރްދާ ޖަލުން ސަލާމަތްވުމަށްޓަކައި ގޮތެއްރޭވިއެވެ. އޭނާ ޖަލުބަލަހައްޓަން ހުރި މިހާއަށް ބުންޏެވެ. [އަހަރެން، ކަލެއަށް ދިހަހާސް ދިރުހަމު (ރިޝްވަތުގެ ގޮތުގައި) ދޭނަމެވެ. ދެން ކަލޭގޮސް ތިމަން މަރުވެއްޖެކަމަށް ޙައްޖާޖު ކައިރީ ބުނާށެވެ.] ކޮންމެއަކަސް ދެމީހުން މިގޮތަށް އެއްބަސްވުމަށްފަހު ޖޭލަރު، ބިލާލްގެ ނަން މައްޔިތުންގެ […]
އިތުރަށް ވިދާޅުވޭ
ލިޔުނީ: އަލްއަޚް އާދަމް ޙަސަނުލް ބަޞަރީ އަކީ އެކަލޭގެފާނުގެ ޒަމާނުގައި އުޅުއްވި ނަންހުރި ޢިލްމުވެރިއެކެވެ. އަދި ޞާލިޙު ތަޤުވާވެރިއެކެވެ. މަރުގެ ވޭނާއި ނަރަކައިގެ ޢަޒާބުގެ މަތިން ހަނދުމަކުރެއްވުމުގެ ސަބަބުން އެކަލޭގެފާނު ހިނިފުޅުވަޑުވާ އުޅުއްވީ ވަރަށްވެސް މަދުންނެވެ. އެއްދުވަހަކު އެކަލޭގެފާނު ކޮންމެވެސް ތަނަކަށް ވަޑައިގަންނަވަނިކޮށް ހީނ މަޖާކުރުމުގައި މަޝްޣޫލުވެގެންވާ ޒުވާނެއް ފެނިވަޑައިގެންނެވިއެވެ. ޙަސަނުލް ބަޞަރީ، އެޒުވާނާ އާއި ސުވާލުކުރެއްވިއެވެ. [އޭ ޒުވާނާއެވެ! ތިބާ މިހާރު ޞިރާތު މަގު ހުރަސްކުރީ ހެއްޔެވެ؟ ތިބާ ދާނީ ސުވަރުގެއަށްކަން ނުވަތަ ނަރަކައަށްކަން ތިބާ […]
އިތުރަށް ވިދާޅުވޭ
ލިޔުނީ: އާދަމް ޔަޢީޝް އެއްފަހަރަކު ވަރަށް ބޮޑު މަނަވަރެއްގެ އިންޖީނު ހުއްޓުނެވެ. ބޯޓުގެ ވެރިފަރާތުން އިންޖީނު ހެދޭތޯ މަސައްކަތްކުރަންފެށިއެވެ. ކަމުގެ ތަޖުރިބާ ހުރި އެތައް އެކްސްޕާޓުންނެއް ގެނައެވެ. އެކަމަކު އެއިން އެކަކަށްވެސް އިންޖީނަށް ދިމާވެފައިވާ މައްސަލަ ޙައްލެއްނުކުރެވުނެވެ. އެންމެފަހުން އިންޖީނު ހެދުމުގެ މަސައްކަތުގައި މުޅި އުމުރު ހޭދަކޮށްފައިހުރި މުސްކުޅިފުރައިގެ މީހަކު ގެނައެވެ. އޭނާގެ އަތުގައި މަސައްކަތަށް ބޭނުންވާނެ ސާމާނު އަޅާފައިވާ ވަރަށް ބޮޑު ދަބަހެއްވެސް އޮތެވެ. މުސްކުޅިޔާ ހަމަ ވަގުތުން މަސައްކަތަށް ފަށައިގަތެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު […]
އިތުރަށް ވިދާޅުވޭ