ޢިބްރަތްތެރިި ވާހަކަ

އިމާމް ސުފިޔާން ބިން ޢުޔައިނާ (ރަޙިމަހުﷲ) އަކީ އެކަލޭގެފާނުގެ ޒަމާނުގެ މަޝްހޫރު ޙަދީޘް ޢިލްމުވެރިއެކެވެ. އެހެންކަމުން އިސްލާމީ ދުނިޔޭގެ އެކިކަންކޮޅުތަކުން ޢިލްމު އުނގެނުމަށްޓަކައި ވަރަށް ގިނަ ޢަދަދަކަށް އެކަލޭގެފާނުގެ އަރިހަށް ދަރިވަރުން އާދެއެވެ.  މިގޮތުގެ މަތީން އެއްފަހަރަކު އައި (ރަށްފުށުގެ) ޢައުރާބީއަކު ވަރަށް ގިނަ ދުވަސްތަކެއް ވާންދެން އެކަލޭގެފާނުގެ އަރިހުގައި ޢިލްމު ޙާޞިލްކުރަން އުޅުނެވެ. ދުވަސްތަކަކަށް ފަހު ސުފިޔާންގެ އަރިހުން ވަކިވެގެން އޭނާގެ ވަޠަނަށް އެނބުރި ދިއުމަށް އަޢުރާބީ ގަސްތުކުރިއެވެ. އެހިނދު އިމާމް ސުފިޔާން، އަޢުރާބީ އާއި […]
އިތުރަށް ވިދާޅުވޭ
މުދައްރިސް ކުލާހަށް ވަދެ، ޗޯކުބުރިން ބޯޑުގައި ދިގު ރޮނގެއް ދަމައިލިއެވެ. އެއަށްފަހު ދަރިވަރުންނާއި ސުވާލެއްކުރިއެވެ. [މި ރޮނގުގައި އަތްނުލައި، ރޮނގު ކުޑަކޮށްލެވޭނީ ތިޔައިގެ ތެރެއިން ކޮން ކުއްޖަކަށް ހެއްޔެވެ؟]  މުދައްރިސްގެ ސުވާލާއެކު މުޅި ކުލާހަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ދަރިވަރުންގެ ނަޒަރު އެއް ފަހަރު މުދައްރިސަށް، އަނެއްފަހަރު ބޯޑަށް އަމާޒުވަމުން ދިޔައެވެ. މުދައްރިސް ކުރެއްވި ސުވާލުގެ ޖަވާބު އެއްވެސް ދަރިވަރަކަށް ނޭގުނެވެ. ޙަޤީޤަތުގައިވެސް އެއީ އުނދަގޫ ސުވާލެކެވެ.  ކުލާހަށް ވެރިވެފައި އޮތް ހަމަހިމޭންކަށް ފޫއަޅުވައިލީ އެކުލާހުގައި އިން […]
އިތުރަށް ވިދާޅުވޭ
އިމާމް އަޙުމަދު ބުނު ޙަންބަލް (ރަޙިމަހުﷲ) އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުންގެ އަރިހުގައި ވަރަށް ގިނަގިނައިން އިމާމް ޝާފިޢީ (ރަޙިމަހުﷲ) ގެ ޢިލްމުވެރިކަމާއި، މާތްކަމާއި، ތަޤުވާވެރިކަމުގެ ވާހަކަ ދައްކަވައެވެ. އެއްދުވަހަކު އިމާމް އަޙުމަދު އެކަލޭގެފާނުގެ ގެކޮޅަށް ޒިޔާރަތްކުރެއްވުމަށް އިމާމް ޝާފިޢީ އަށް ދަޢުވަތު ދެއްވިއެވެ. އިމާމް ޝާފިޢީ، އިމާމް އަޙުމަދުގެ ގެއަށް ވަޑައިގެން، ރޭގަނޑުގެ ކެއުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެއަށްފަހު މެހެމާނުންގެ ކޮޓަރިއަށް ވަދެވަޑައިގެން އަވަހާރަލެއްޕެވުމަށްޓަކައި ތަންމަތީގައި އޮށޯވެވަޑައިގެންނެވިއެވެ.  އަނެއް ދުވަހުގެ ހެނދުނު އިމާމް އަޙުމަދުގެ ދަރިކަނބަލުން އެކަމަނާގެ […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން އަލް ޢަޞްމަޢީ ، އަޢުރާބީއެއްގެ ކިބައިން ރިވާކުރައްވާފައި ވެއެވެ. އެ އަޢުރާބީ ކިޔައިދިނެވެ.  މީސްތަކުންގެ ތެރޭގައި ހުރި އެންމެ ނުބައި މީހާ އާއި އެންމެ ރަގަޅު މީހާ ހޯދައި އެމީހުންނާ ބެހޭ މަޢުލޫމާތު ޙާޞިލްކުރުމަށް ނިޔަތް ގަނެގެން އަހަރެން ދަތުރަކަށް ނުކުތީމެވެ. އަހުރެން ރަށްތަކާއި އަވަށްތަކުގައި ނުބައިމީހުންނާއި ރަގަޅުމީހުން ހޯދުމަށް އަތްފުނާއަޅަމުން ދަތުރުކުރަމުން ދިޔައީމެވެ. މިގޮތުގެމަތީން ދަތުރުކުރަނިކޮށް އެއްފަހަރެއްގައި އަހުރެންނަށް އެރުނު ރަށަކުން ފެނުނު މަންޒަރަކީ ކަރުގައި ވާގަޑެއް އައްސާފައިވާ މުސްކުޅި ފިރިހެނެކެވެ. […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން އެއްފަހަރަކު އަބޫބަކްރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުގެ އަރިހަށް ވަގަކު ގެނެވުނެވެ. އޭނާ ވައްކަންކުރިކަން ސާބިތުވުމުން އޭނާގެ އަތް ކެނޑުމަށް އަބޫބަކްރުގެފާނު ޙުކުމްކުރެއްވިއެވެ. އެކަލޭގެފާނަކީ ނުހަނު ހިތްޕުޅުހެޔޮ އޯގާތެރި ބޭކަލެކެވެ. އެހިނދު ވަގުކަލޭގެ ދެންނެވިއެވެ. [އޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚަލީފާއެވެ! ތިމަންގެ މައްޗަށް ރަޙުމްކުރައްވައި މާފުކުރައްވާށެވެ. ތިމަން މީގެކުރިން ދުވަހަކުވެސް ވައްކަމެއްކޮށްފައެއްނުވާނެއެވެ.] އަބޫބަކްރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (( كَذَبْتَ وَالَّذِي نَفْسِي بِيَدِهِ! مَا غَافَصَ اللهُ مُؤْمِنًا بِأَوَّلِ ذَنْبٍ […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ޢީދު ދުވަހު ރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގަތުމަށްޓަކައި ޝައިޚް ޢިއްޒުއްދީން ބިން ޢަބްދުއްސަލާމް ނުކުމެވަޑައިގެންނެވިއެވެ. އޭނާއަށް އެތަނުން ފެނިވަޑައިގަތީ ސިފައިންގެ ލަޝްކަރުތައް ރަސްގެފާނު ނަޖްމުއްދީންގެ (1) ކުރިފުޅުމަތީގައި ސަފުހަދައިގެން ނުހަނު އަދަބުވެރިކަމާއެކު ކޮޅަށް ތިބީތީއެވެ. އަދި ޚުދް ރަސްގެފާނުވެސް ޒީނަތްތެރިވެވަޑައިގެން ޤައުމުގެ ކުރިމަތީގައި އިށީނދެވަޑައިގެން އިންނެވީތީއެވެ. އަދި ވަޒީރުންނާއި އަމީރުން ރަސްގެފާނަށް ކުރުނީސްކުރަމުން ގެންދިޔައީތީއެވެ.  މިމަންޒަރު ފެނިވަޑައިގަތުމުން ޝެއިޚް ޢިއްޒުއްދީން ބާރު އަޑުފުޅުން ރަސްގެފާނާ މުޚާޠަބުކޮށް ވިދާޅުވިއެވެ. [އޭ އައްޔޫބެވެ! ﷲ ތަޢާލާ ޤިޔާމަތްދުވަހު، […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން މޫޞަލް އަކި ޢިރާޤުކަރައިގެ މަޝްހޫރު ރަށެކެވެ. އެއްފަހަރެއްގައި އެރަށުގެ ވިޔަފާރިވެރިޔަކު، ވިޔަފާރި ދަތުރެއްގައި ޝާމްކަރައިގެ ރަށެއްކަމުގައިވާ ޙަލަބް އަށް ދިޔުމަށް ދަތުރުފެށިއެވެ. އޭނާގެ އަތުގައި ގިނަ ޢަދަދަކަށް ގެރި ބަކަރި ޖަމަލު ހުއްޓެވެ. މިއީ ޢިރާޤާއި ޝާމްގެ ސަރަޙައްދު ވަކިނުވެ އޮތް ދުވަސްވަރުގެ ވާހަކައެކެވެ. މުއައްރިޚުން ވިދާޅުވާގޮތުގައި ޙަލަބަކީ ދުނިޔޭގެ އެންމެ ޤަދީމީ ރަށްތަކުގެ ތެރެއިން ރަށެކެވެ. މިއަދު އެއީ ސޫރިޔާގެ ރަށެކެވެ. ވިޔަފާރިވެރިޔާ މަޑުކޮށްގެން ހުރި ހިސާބުގައި އެދުވަސްވަރު ގެރި ބަކަރީގެ […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އަލްޖައްރާހީ (ފޮޓޯ: ވޯލްޕޭޕަރ.ކޮމް) އެއްފަހަރަކު ޖަންގައްޔެއްގައި އަލިފާންރޯވިއެވެ. އެޖަންގަލީގައި ދިރިއުޅޭ ޖަނަވާރުތަކާއި ދޫނިތައް އަލިފާނުން ސަލާމަތްވުމަށްޓަކައި ދުވެ، އުދުހޭން ފެށިއެެވެ. އެކަމަކު ޖަންގަލީގައި އުޅޭ ކުޑަކުޑަ ދޫންޏެއް ފިލަން އުދުހުމުގެ ބަދަލުގައި ވަރަށް ދުރުން އޭގެ ތުންގަނޑަށް ފެން އަޅައިގެން އައިސް އަލިފާންގަނޑަށް ފެން އޮއްސަމުން ގެންދިޔައެވެ. އެދޫނި އެކަންތައް މެދުކެނޑުމެއްނެތި ކުރަމުން ގެންދިޔައެވެ. މި މަންޒަރު ބަލަންހުރި ތަންކޮޅެއް ބޮޑު ދޫންޏެއް ކުޑަ ދޫންޏާއި ސުވާލުކުރިއެވެ. [ކޮއްކޯއެވެ! ތިބާ ތިކުރަނީ ކީއްހެއްޔެވެ؟ ތިބާ ތިޔަ […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން   އޭނާ ވާހަކަ ކިޔައިދޭން ފެށިއެވެ. [އަހަރެންނަކީ މުރޫގެ ވިޔަފާރިވެރިޔަކީމެވެ. އަހަރެންގެ ބޭބެ އަޙުމަދަކީވެސް ވިޔަފާރިވެރިއެކެވެ. އެއްފަހަރަކު އަހަރަމެން ދެ އަޚުން ބަޣުދާދަށް ދަތުރެއް ކުރުމަށް ގަސްތުކުރީމެވެ. އެއީ ބަޣުދާދުން މުދާގަނެގެން ގެނެސް ރަށަށް ވިއްކުމަށެވެ. އަހަރެންގެ އަތުގައި އެއްހާސް ދީނާރުއޮތެވެ. އަހަރެން އެދީނާރުތައް ކީސާއަކަށް އަޅައި ބަންދުކުރުމަށްފަހު ރައްކާކުރުމަށްޓަކައި ބޭބެ އާއި ހަވާލުކުރީމެވެ. އޭރު ޤާފިލާއެއް ބަޣްދާދަށް ފުރަނީއެވެ. އަހަރަމެންވެސް އެޤާފިލާގައި ބައިވެރިވީމެވެ. ދަތުރުކުރަމުން އައިސް ބަޣުދާދާ ވަރަށް ކައިރިވެފައިވަނިކޮށް ކުއްލިއަކަށް […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން އިބްނު ހުބައިރާ ބަލިމީހާގެ ކައިރީގައި އިށީނެވެ. ބަލިމީހާ އޭނާގެ ވާހަކަ ފެށިއެވެ. އަހަރެންނަކީ ޚުރާސާނުގެ މީހަކީމެވެ.  ނަމަކީ އަޙްމަދެވެ. އަހުރެންނަކީ މުރޫ އޭ ކިޔުނު ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔަކީމެވެ. އަހަރެންގެ ކޮއްކޮ މަޙްމޫދަކީވެސް އަހަރެން ފަދަ ވިޔަފާރިވެރިއެކެވެ. ގާތްގަނޑަކަށް މީގެ އެއްއަހަރު ކުރިން އަހަރެންނާ އަހަރެންގެ ކޮއްކޮ އާ ދެމީހުން ބަޣުދާދަށް ދަތުރެއްކުރުމަށް ގަސްތުކުރީމެވެ. އެއީ ބަޣްދާދުން ވިޔަފާރި މުދާ ގަނެގެން ގެނެސް މުރޫ ގައި ވިއްކުމަށެވެ. އޭރު ބަޣުދާދަށް ފުރަން ތައްޔާރުވެފައި […]
އިތުރަށް ވިދާޅުވޭ