ޢާއްމު ލިޔުން

 ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް بسم اللهالرحمن الرحيم اللهم انصرالإسلام والمسلمين ودمر أعداءكأعداء الدين “ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިސްލާމް ދީނާއި މުސްލިމުންނަށް ނަޞްރު ދެއްވާންދޭވެ! އަދި އިބަރަސްކަލާނގެ އާއި އިބަރަސްކަލާނގެ ދީނުގެޢަދާވާތްތެރިން ހަލާކު ކުރައްވާންދޭވެ!” އަޅުގަނޑުމެން އިރުކޮޅަކުން ހަނދާންނެތެއެވެ. އަމިއްލަ،ދާޚިލީ ކަންކަމާ ހެދި އަޅުގަނޑުމެންގެ މުސްލިމު އަޚުންނާއި އުޚްތުންގެ މަތިން ހަނދާނެއް ނުހުރެއެވެ. ބައެއް މީހުނަށް ތިމާމެން ނޫން ބަޔަކު ދުނިޔޭގައި އުޅޭކަންވެސް ނޭންގޭ ކަހަލައެވެ. އެކަމަކު ދުޝްމަނުންހުއްޓާނުލައި މުސްލިމުންނާއި […]
އިތުރަށް ވިދާޅުވޭ
ކައިރީގައި ހުރި އެހެން އެކުވެރިޔަކު އޭނާއަށް ދިމާވި ޙާދިޘާއެއް ކިޔައިދިނެވެ. އަހަރެން މުޠާލިޢާ ދަތުރެއްގަައި ޖަރުމަނަށް ދިޔައީމެވެ. އެއްދުވަހަކު އަހަރެން ހުރި ހޮޓަލުގެ ކޮޓަރީގައި މަޖައްލާއެއް ބަލަން އިނީމެވެ. މިހެން އިންދާ ކުއްލިއަކަށް މީހަކު ދޮރުގައި ޓަކި ދިނެވެ. އަހަރެން ވަރަށް ޙައިރާންވިއެވެ. އަހަރެންނާ ބައްދަލުކުރަން މިތަނަށް އައީ ކާކުބާއެވެ؟ އަހަރެން ކޮޓަރީގެ ދޮރުގައި ހުރި ބިއްލޫރިކޮޅުން ބޭރު ބަލައިލީމެވެ. އަހަރެންނަށް ފެނުނީ ޒުވާން އަންހެންކުއްޖަކު ފޮތްތަކެއް ހިފައިގެން ކޮޅަށް ހުރީތީއެވެ. އަހަރެން ސުވާލުކުރީމެވެ. [ކަލެއަކީ ކާކު […]
އިތުރަށް ވިދާޅުވޭ
އެކުވެރިޔަކު ކިޔައިދިނެވެ. އެއްފަހަރަކު އަހަރެން އެފްރިކާގެ ޤައުމަކަށް ދިޔައީމެވެ. އަހަރެންގެ ދަތުރުގެ މަޤްޞަދަކީ އެޤައުމުގައި ހުރި ރެފިއުޖީ ކޭމްޕެއްގެ ޙާލަތުބަލައި ފަޤީރުންނަށް އެހީތެރިވެ އަދި އިސްލާމީ ދަޢުވަތުގެ މަސައްކަތްތައް ކުރިއަށްދާގޮތް ބެލެހެއްޓުމެވެ. އެ ދަތުރުރަކީ އިންތިހާއަށް ވަރުބަލިކުރުވި ދިގު ދަތުރެކެވެ. ކުޑަކުޑަ އެއާޕޯޓުން ބޭރަށްނުކުތީމެވެ. އެއާޕޯޓުން ނުކުތް އިރު އަހަރެންގެ އިސްތިޤުބާލުގައި ތިބި އެރަށުގެ އެކުވެރީން އަހަރެންނަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. އެކުވެރިންނާއެކު އަހަރަމެން ދާންހަމަޖެހިފައި އޮތް ކުޑަކުޑަ އަވަށަށް ދިއުމަށް ދަތުރުފެށީމެވެ. މަގުތަކުގެ ޙާލަތު […]
އިތުރަށް ވިދާޅުވޭ
އަސަރުތައް ކުރިންވެސް ބަޔާންކުރެވުނު ފަދައިން މަންމައިން މަސައްކަތަށް އެނބުރި ދާންފެށުމުން، ޓީވީ ހިމެނިގެންދިޔައީ ޅަދަރީންގެ ”ބެލެނިވެރިޔާ“ ކަމުގައެވެ. 1950 ގެ އަހަރުތަކުގައި ކުޑަކުދިން ހޭލާ ތިބޭ ވަގުތުގެ ތެރެއިން އެންމެ ގިނަ ވަގުތު ހޭދަކުރަނީ ޓީވީގެ ކުރިމަތީގައެވެ.  1940 ވަނަ އަހަރު 18 އަހަރުންދަށުގެ ދަރީން ތިބި މައިންގެ ތެރެއިން މަސައްކަތަށް ދާކަމަށް ރެކޯޑްކުރެވިފައިވަނީ %8.6 އަށްވުރެވެސް މަދު ޢަދަދެއްގެ އަންހެނުންނެވެ. ނަމަވެސް 1987 ވަނަ އަހަރާ ހަމަޔަށް އައިއިރު މިނިސްބަތްވަނީ %60.2 އަށް މައްޗަށް އުފުލިފައެވެ. […]
އިތުރަށް ވިދާޅުވޭ
ދެވަނަ ބޮޑު ހަނގުރާމަ ދެވަނަ ބޮޑު ހަނގުރަމަ ފެށުނީ މީލާދީން 1940 ގެ ކުރީކޮޅެވެ. ފިރިހެނުންނަށް ހަނގުރާމައިގާ ބައިވެރިވާންޖެހުނެވެ. ހަމަ އެއާއެކު އެމެރިކާއަށް މަސައްކަތްތެރީންނާ މުދާ ބޭނުންވިއެވެ. އަނެއްކާވެސް ވަޒީފާދޭ ފަރާތްތަކުގެ ލޯތައް އަމާޒުވީ އަންހެނުންނަށެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެކޭ އެއްފަދައިން ކައިވެނިނުކޮށް ތިބި އަންހެނުންނާ ކައިވެނިކޮށްގެން ތިބި އަންހެނުންނަށް މަސައްކަތުގެ މައިދާނަށް ނުކުތުމަށް ދަޢުވަތުދެވުނެވެ. އެކަމަކު އޭރުވެސް ގިނަ ބަޔަކު ކައިވެނިކޮށްގެން ތިބި އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުމާ ދެކޮޅެވެ. އެހެންކަމުން މިވިސްނުން ބަދަލުކުރުމަށްޓަކައި […]
އިތުރަށް ވިދާޅުވޭ
އެއްވަނަ ބޮޑު ހަނގުރާމަ ކައިވެނިކޮށްގެން ތިބި އަންހެނުން އެންމެ ފުރަތަމަ މަސައްކަތުގެ މައިދާނަށް ގިނަ ޢަދަދަކަށް ނުކުންނަށް ފެށީ 1914 ވަނަ އަހަރު ފެށި އެއްވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައެވެ. ފިރިހެނުން ހަނގުރާމައިގެ މައިދާނަށް ނުކުތުމާއެކު އެބައިމީހުން ދޫކޮށްދިޔަ ވަޒީފާތަށް ފުރާނެ މަސައްކަތްތެރީން ބޭނުންވިއެވެ. ހަމައެކަނި ކައިވެނި ނުކޮށްތިބި އަންހެނުން ނެރެގެން ފުދޭކަށްނެތެވެ. އެހެންކަމުން ވަޒީފާދޭ ފަރާތްތަކުން ކައިވެނިކޮށްގެން ތިބި އަންހެނުންނަށްވެސް މަސައްކަތަށް ނުކުތުމަށް ދަޢުވަތުދޭން ފެށިއެވެ. 1919 ވަނަ އަހަރާ ހަމަޔަށް އައިއިރު މަސައްކަތުގެ މައިދާނުގައި […]
އިތުރަށް ވިދާޅުވޭ
މީލާދީން 1800 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމަޔަށް، ހުޅަނގުގެ ޤައުމުތަކުގެ ޢާއިލީ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހުޅަނގުގެ މީހުން ޤަބޫލުކުރާ ގޮތުގައި މިބަދަލަކީ އަންހެނުންގެ މިނިވަންކަމުގެ ތަޙުރީކުގެ ނަތީޖާއެވެ. ނަމަވެސް ތާރީޚަށް ނަޒަރު ހިންގައިލުމުން ފެންނަނީ މުޅީން ތަފާތު އެހެން މަންޒަރެކެވެ. މީލާދީން 1800 ވަނަ އަހަރުގެ ކުރިޔަށް ބަލާއިރު އެމެރިކާއަކީ ދަނޑުވެރި ޤައުމެކެވެ. އާބާދީގެ ނުވަދިހަ އިންސައްތަ މީހުން ދިރިއުޅެމުން އަދި މަސައްކަތްކުރަމުން ގެންދިޔައީ އަމިއްލަ ދަނޑުތަކުގައެވެ. ޢާންމުގޮތެއްގައި ޢާއިލާތައް […]
އިތުރަށް ވިދާޅުވޭ
ލިޔުނީ: އަލްއަޚް އާދަމް ޙަސަނުލް ބަޞަރީ އަކީ އެކަލޭގެފާނުގެ ޒަމާނުގައި އުޅުއްވި ނަންހުރި ޢިލްމުވެރިއެކެވެ. އަދި ޞާލިޙު ތަޤުވާވެރިއެކެވެ. މަރުގެ ވޭނާއި ނަރަކައިގެ ޢަޒާބުގެ މަތިން ހަނދުމަކުރެއްވުމުގެ ސަބަބުން އެކަލޭގެފާނު ހިނިފުޅުވަޑުވާ އުޅުއްވީ ވަރަށްވެސް މަދުންނެވެ. އެއްދުވަހަކު އެކަލޭގެފާނު ކޮންމެވެސް ތަނަކަށް ވަޑައިގަންނަވަނިކޮށް ހީނ މަޖާކުރުމުގައި މަޝްޣޫލުވެގެންވާ ޒުވާނެއް ފެނިވަޑައިގެންނެވިއެވެ. ޙަސަނުލް ބަޞަރީ، އެޒުވާނާ އާއި ސުވާލުކުރެއްވިއެވެ. [އޭ ޒުވާނާއެވެ! ތިބާ މިހާރު ޞިރާތު މަގު ހުރަސްކުރީ ހެއްޔެވެ؟ ތިބާ ދާނީ ސުވަރުގެއަށްކަން ނުވަތަ ނަރަކައަށްކަން ތިބާ […]
އިތުރަށް ވިދާޅުވޭ
ލިޔުނީ: އާދަމް ޔަޢީޝް އެއްފަހަރަކު ވަރަށް ބޮޑު މަނަވަރެއްގެ އިންޖީނު ހުއްޓުނެވެ. ބޯޓުގެ ވެރިފަރާތުން އިންޖީނު ހެދޭތޯ މަސައްކަތްކުރަންފެށިއެވެ. ކަމުގެ ތަޖުރިބާ ހުރި އެތައް އެކްސްޕާޓުންނެއް ގެނައެވެ. އެކަމަކު އެއިން އެކަކަށްވެސް އިންޖީނަށް ދިމާވެފައިވާ މައްސަލަ ޙައްލެއްނުކުރެވުނެވެ. އެންމެފަހުން އިންޖީނު ހެދުމުގެ މަސައްކަތުގައި މުޅި އުމުރު ހޭދަކޮށްފައިހުރި މުސްކުޅިފުރައިގެ މީހަކު ގެނައެވެ. އޭނާގެ އަތުގައި މަސައްކަތަށް ބޭނުންވާނެ ސާމާނު އަޅާފައިވާ ވަރަށް ބޮޑު ދަބަހެއްވެސް އޮތެވެ. މުސްކުޅިޔާ ހަމަ ވަގުތުން މަސައްކަތަށް ފަށައިގަތެވެ. އޭނާ ވަރަށް ފަރުވާތެރިކަމާއެކު […]
އިތުރަށް ވިދާޅުވޭ
ލިޔުނީ: އިނާޒް ޢަދުނާން ޢައްބާސީ ޚަލީފާ އަބޫ ޖަޢުފަރު އަލްމަންޞޫރު އެއްރެއަކު ކަޢުބަތުﷲ ވަށައިގެން ޠަވާފުކުރައްވަމުން ގެންދަވަނިކޮށް ކަންފަތްޕުޅުގައި ޖެހިވަޑައިގަތް އަޑެއްގެ ސަބަބުން އެމަނިކުފާނުގެ ނިދާފައިވާ ޟަމީރު ކުއްލިއަކަށް ހޭލައްވާލިއެވެ. އެއަޑު އަންނަ ދިމާއަށް ވަޑައިގެން ބެއްލެވިއިރު ފެނިވަޑައިގަތީ ކަޢުބާގެ އުރަކޮޅުގައި އެލިގަނެގެން ހުރެ މީހަކު ރޮއި އާދޭސް ދަންނަވަމުންދާތީއެވެ. [މިއަޅާގެ ވެރިރަސްކަލާކޮ! ބިންމަތީގައި ފިތުނަ ފަސާދަ ޢާންމުވެއްޖެއެވެ. ޙައްޤުވެރީންގެ ޙައްޤުތައް ފޭރިގަނެގެން ތިބި ދަހިވެތި އަނިޔާވެރީން ނެތިކުރައްވާނދޭވެ! އެމީހުންގެ ނަފްސުގެ އެދުންތަށް މުޅި ދުނިޔެއަށް އަނދިރިކަން […]
އިތުރަށް ވިދާޅުވޭ