ޢާއްމު ލިޔުން

  މިދުނިޔެ އަކީ އިމްތިޙާނުގެ ގޯއްޗެކެވެ. މިތާނގައި ކޮންމެ އިންސާނަކަށް ވެސް ތަފާތު އުނދަގޫތަކާއި މުޞީބާތްތަކާ ކުރިމަތިލާން ޖެހޭ ފަދައިން، ގުނައި ޢަދަދުނުކުރެވޭހައި ގިނަގުނަ ނިޢުމަތްތައްވެސް ލިބިގެންވެއެވެ.   ވީމާ ދެނެގަތުން ހުއްޓެވެ! ޙަޤީޤީ އުފާވެރިކަމާ އަސްލު ހިތްހަމަޖެހުން ގުޅިފައިވަނީ ކުރިމަތިވާ ހާލަތްތަކާއި ހާދިސާތަކަކާ ނޫނެވެ. އަދި ކިއެއްތަ! އެކަން ގުޅިފައިވަނީ ތިބާގެ ވިސްނުމާއި ފިކުރާއެވެ. ތިބާގެ ހިތާއި ސިކުނޑި އާއެވެ. އެހެންކަމުން ތިބާއަށް ހާސިލުވާން ނެތް އެއްޗަކާ މެދު ޝަކުވާނުކުރާށެވެ. ހާސިލުވުމަށްފަހު ބީވެގެންދިޔަ އެއްޗަކާ މެދު […]
އިތުރަށް ވިދާޅުވޭ
އަހަރެންގެ ޙަޔާތުން އަހަރެއް އުނިވީއެވެ. އަހަރެން ”ބޮޑުވީއެއް“ ނޫނެވެ. އަދި ކިއެއްތަ؟ ”ކުޑަވީ“ އެވެ. ނުބުއްވަތުގެ ދައުރާ ދުރުވެ، ކަށްވަޅާ ކައިރިކުރުވީއެވެ. އަމާންކަމުގެ ޒަމާން ފަސްދީ، ފިތުނައިގެ ދުވަސްތަކާ ގާތްވީއެވެ. އަހަރެން ކޭކު ފަޅާކަށް ބޭނުމެއްނޫނެވެ. އެހެނީ ވަގުތުގެ ”ތޫނު ވަޅިން“ އަހަރެންގެ ޢުމުރުގެ އަހަރެއް ”ކޮށައިލައިފިއެވެ.“ އަހަރެން އުއްބައްތި ރޯކުރާކަށްވެސް ނެތީމެވެ. އެހެނީ ވަގުތުގެ ރަޙުމަތްނެތް ”ކޮޅިގަނޑުގެ“ ތެރޭގައި އަހަރެންގެ ޢުމުރުގެ ”ބައްތި“ ނިވެމުން ދަނީއެވެ. އަހަރެންނަށް އުފަލުގެ ނެށުންތަކެއް ނުނެށޭނެއެވެ. އެހެނީ އަހަރެން ކަންބޮޑުވަނީ […]
އިތުރަށް ވިދާޅުވޭ
މިދާކަށްދުވަހު ބަލިވެއުޅޭ އެކުވެރިއަކަށް ގޮވައިލަން ދިޔައީމެވެ. އަހަރެއްހާ ދުވަސްކުރިން އެންމެފަހުން އޭނާއާ ބައްދަލުވިއިރު އެއީ ޖާނުގައި ވަރުހުރި ރީތި ޒުވާނެކެވެ. ކުޅަދާނަ ތަޖުރިބާކާރު ސިވިލް އިންޖިނޭރެކެވެ. ހައިބަތު ހުރި ޝަޚުޞިއްޔަތެއްގެ ވެރިއެކެވެ. އެކަމަކު… މިއަދު، އަރެންނަށް ފެނުނީ ބަލިވެއުޅުމުގެ ސަބަބުން ނިކަމެތިވެ އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. ވާހަކަދެއްކުމުގެ ތެރޭގައި އޭނާ ބުންޏެވެ. މިހާރު އަހަރެންގެ ބަރުދަނަކީ ހަތްދިހަކިލޯއެވެ. އަހަރެއްހާ ދުވަހު ބަލިވެ އުޅުމަށްފަހުވެސް ހަތްދިހަ ކިލޯ ބަރުދަނުގައި ހުރިނަމަ، ބަލިވުމުގެ ކުރިން ކިތައް ކިލޯ […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ : އިނާޒް ޢަދުނާން އިންސާނާއަށް އުނދަގޫ ދޭ ސޫފާސޫފީގެ ތެރެއިން މަދިރިއަކީ ފާހަގަކޮށްލެވޭ ސޫތްޕެކެވެ. މަދިރި، އިންސާނާގެ ގައިން ހަމައެކަނި ލޭ ބޮނީއެއްވެސް ނޫނެވެ. އަދި ކިއެއްތަ! އެކަމުގައި އިންސާނާއަށް އާދަޔާޚިލާފު ތަކުލީފެއްވެސް ދެއެވެ. ލޭބުއިމާ ތަދުކުރުމުގެ އިތުރަށް ނުރައްކާތެރި އެތައް ބަލިތަކެއް އިންސާނާއަށް ޖެއްސުމުގެ މެދުވެރިއަކަށްވެސް މަދިރިވެއެވެ.  އަޅުގަނޑުމެންގެ ޤައުމު ފަދަ ޢާންމު ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ސަމާލުކަންނުދޭ ވެރިންންތަކެއް އުޅޭ ޤައުމެއްގައި އާދައިގެ ރައްޔިތުމީހާއަށް ކުރެވޭނެކަމަކީ ޞިއްޙަތަށް ގެއްލުން ހުރި ދުމާއި ވަސް […]
އިތުރަށް ވިދާޅުވޭ
ކަށުނަމާދުގައި ބައިވެރިވުމަކީ އަޅުގަނޑުމެންގެ އާދައެކެވެ. އެއީ މައްޔިތާއަށްޓަކައި އޭނާގެ ޢާއިލާގެ މީހުންނާއި ރަޙުމަތްތެރިން އަދާކޮށްދޭންޖެހޭ ޙައްޤެކެވެ. މި އަޅުކަމުގެ ސަބަބެއްކަމުގައި ބެލެވެނީ ދުނިޔެއާ ވަކިވެގެންދިޔަ އަޚާއަށް ޢިއްޒަތާއި އިޙުތިރާމާއެކު އެންމެފަހުގެ އަލްވަދާޢުކިޔުމެވެ. އަދި އޭނާގެ ވެރި ރައްބާއި ބައްދަލުކުރާ ވަގުތު ދިރިތިބީންގެ ހެޔޮދުޢާ އޭނާ އާއި އެކުގައިވުމެވެ.   ކަށުނަމާދަށްފަހު ޤަބުރުސްތާނަށް ޢާންމުކޮށް ގޮސްއުޅެނީ މައްޔިތާ އާއި އޭނާގެ ޢާއިލާއާ ގާތްގުޅުމެއް އޮންނަ މީސްމީހުންނެވެ. އެމީހުން ސަންދޯކުގައި ކޮނޑުއަޅައެވެ. ތިމާމެންގެ އަޚާ ކަށްވަޅަށް ތިރިކުރެއެވެ. އޭނާގެ ޤަބުރަށް ފަސްއަޅައެވެ. […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން އަދަބު އަޚުލާޤު ދަރީންނަކީ އެންމެ ރަގަޅު މުސްލިމުންނަށް ހެދުމަށްޓަކައި ރިވެތި އަޚުލާޤެއްގެ ވެރިބަޔަކަށް އެކުދިން ހެދުމަކީ ކޮންމެހެންވެސް ކުރަންޖެހޭނެކަމެކެވެ. ޢާންމުގޮތެއްގައި މައިންބަފައިންނަށް ހީވަނީ ކުއްޖާއަށް ޝަހާދަތުގެ ދެކަލިމަ އާއި ކީރިތިޤުރުއާނުގެ ސޫރަތްކޮޅެއް ދަސްކޮށްދިނުމުން އެކުދިންނަށް ދޭންޖެހޭ އިސްލާމީ ތަރުބިއްޔަތުގެ ފަރުޟުއަދާކުރެވުނީކަމުގައެވެ. އެހެންނަމަވެސް ޙަޤީޤަތުގައި އެކުދިންގެ ވިސްނުމާއި ފިކުރު އުޅުމާއި އަޚުލާޤު ޤުރުއާނާއި ސުންނަތުގެ ތައްގަނޑަށް ނުފެތޭހާ ހިނދަކު އެއްވެސް ބެލެނިވެރިޔަކަށް އެކުދިންގެ ތަރުބިއްޔަތުން އަތްފޮޅާލެވޭކަށް ނޯންނާއެވެ.  ގޭތެރޭގެ މާޙައުލުގައި އެއްކުއްޖަކު އަނެއްކުއްޖަކަށް މަލާމަތްކުރުމާއި […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ޓީވީ ކުޑަކުދިންގެ އުޅުމާއި އަޚްލާޤާއި ވިސްނުމަށް ޓީވީގެ ސަބަބުން އަސަރުކުރަނީ ކިހެނެތް، ކިހާވަރަކަށްކަން ބަޔާންކުރުމަކަށްވެސް މިއަދު ބޭނުމެއްނުވާނެއެވެ. އެތެރެ އާއި ބޭރުގެ ޓީވީ ޗެނަލްތަކުން ރެއާ ދުވާލު ފޮނުވަމުންދާ ޕްރޮގްރާމްތަކާމެދު ޚާލިސް އިސްލާމީ ނަޒަރަކުން ވިސްނާލައިފިނަމަ އަޅުގަނޑުމެންނަށް އެނގި ކަށަވަރުވެގެންދާނީ އެޕްރޮގްރާމްތަކުގެ ނުވަދިހަނުވަ އިންސަތައަކީ ﷲ ތަޢާލާގެ މަތީން ޣާފިލުކުރުވާ އުޅުމާއި އަޚްލާޤު ފަސާދުކުރުވާ ޕްރޮގްރާމްތަކެއްކަމެވެ. މީގެ ތެރެއިން މަދު ޗެނަލަކުން ދީނީ އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމެއް މަދުމަދުން ނުފޮނުވައެކޭ ނޫނެވެ. […]
އިތުރަށް ވިދާޅުވޭ
ލިޔުނީ: އިނާޒް ޢަދުނާން އަދުގެ ދުނިޔޭގައި ނިކަމެތި ޤައުމުތަކުގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވުމުގެ އިމާމުންނަކީ އެމެރިކާ އާއި ޔޫރަޕެވެ. އާދެ! ހުޅަނގުގެ ޤައުމުތަކެވެ. އެބައިމީހުންނަކީ އެބައިމީހުންގެ އަމިއްލަ މަޞްލަޙަތާއި ފައިދާއަށްޓަކައި މުޅި ދުނިޔޭގައި ހަންފަތުރަމުން ގެންދާ ބައެކެވެ. ޤައުމުތަށް އަޅުވެތިކުރުމަށްޓަކައި އެބައިމީހުން ގެންގުޅޭ އުކުޅަކީ ނިކަމެތި ޤައުމުތަކުގެ ވެރިކަމަށް އިސްވާ މީހުންނަކީ ހުޅަނގަށް ވަފާތެރި ބަޔަކަށް ހެދުމެވެ. އެއްބަޔަކަށް ފައިސާގެ ދަޅަދައްކައިގެންނެވެ. އަނެއްބަޔަކަށް ލަޓިބުރީގެ ބިރުދައްކައިގެންނެވެ. މި ދެގޮތުންވެސް އެކުވެރިނުވެއްޖެ ވެރިއަކީ އެބައިމީހުންގެ ދުޝްމަނެއްކަމުގައި ކަނޑައަޅައި […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ކޮންމެ މަންމައަކާއި ބައްޕައަކުވެސް އެމީހުންގެ ދަރީންނާމެދު ވަރަށް ފޮނި އުންމީދުތަކެއްކުރާނެއެވެ. އެމީހުންގެ ދަރިފުޅު ބޮޑުވެގެން ޑޮކްޓަރަކަށް އިންޖިނޭރަކަށް ސައިންސުދާނަކަށް ޢިލްމުވެރިޔަކަށް ނުވަތަ އެހެންވެސް ރޮގަކުން މޮޅުމީހަކަށްވެ ދުނިޔެ އާއި އާޚިރަތުގެ ކާމިޔާބީ ހޯދުމަށް އެދޭނެއެވެ. އަދި މި މަޤްޞަދަށްޓަކައި ގިނަ މައިންބަފައިން އެމީހުންގެ ހުރިހާ މުދަލަކާއި ޢިލްމަކާއި ވަގުތެއް އެމީހުންގެ ދަރީންނަށްޓަކައި ޤުރުބާންކުރެއެވެ. މަތީ ފާސްތަކާއި ޑިގްރީތަކުގެ ވެރިންނަށް އެދަރިން ހެދުމަށްޓަކައި، ދުނިޔޭގެ ކާމިޔާބީ ހޯދައިދިނުމަށްޓަކައި ރެއާ ދުވާލު ވަރުބަލިކަމެއް ފޫހިކަމެއްނެތި ބުރަ […]
އިތުރަށް ވިދާޅުވޭ
ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް މިއަދު ދުނިޔެއަށް އިރު އަރާ ކޮންމެ ދުވަހަކީ މުސްލިމުންނަށް ބިރުވެރިކަން ބޮޑު ދުވަހަކަށް ވަނީ ވެފައެވެ. އަދި އިރު އޮށްސޭ ކޮންމެ ރެއަކީ ނާމާން ރެއެއްކަމުގައި ވަނީ ވެފައެވެ. މުސްލިމުން ނިކަމެތި ކުރުމަށްޓަކައި އިސްލާމްދީނުގެ ޢަދާވާތްތެރިން މޮޔަ ގެރިތަކެއް ތެޅޭހެން ތެޅެނީއެވެ.  ކައުއިތުރު މާތް ނަބިއްޔާ عليه الصلاة والسلام ޚަބަރު ދެއްވާފައިވާ ފަދައިން އިރުގެ އަލިކަން ފޯރާ ކޮންމެ ހިސާބަކަށް މާތްވެގެންވާ އިސްލާމްދީން، ދުނިޔެމަތީގައިވާ ހަމައެކަނި ހައްގު […]
އިތުރަށް ވިދާޅުވޭ