ޝަޚްޞިއްޔަތު

ދެންއޮތީ ރޫމުގެ ޤައިސަރުގެ ދަރުބާރަށް އެކަލޭގެފާނު ވަޑައިގަންނަވަން ޖެހުނު ގޮތުގެ ވާހަކައެވެ. މިޙާދިޘާ ހިނގާފައިވަނީ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގެ ދުވަސްވަރުއެވެ. ހިޖުރައިން ނަވާރަ ވަނަ އަހަރު އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު، އިސްލާމީ މުޖާހިދުންގެ ލަޝްކަރެއް ރޫމީންނާއި ހަނގުރާމަކުރެއްވުމަށްޓަކައި މަދީނާއިން ފުރުވައިލެއްވިއެވެ. މި ލަޝްކަރުގައި ޢަބްދުﷲ ބިން ޚުޛާފާ ރަޟިޔަﷲ ޢަންހު ވެސް ހިމެނިވަޑައިގަންނަވައެވެ. މި ލަޝްކަރުގެ ހުރިހާ ޚަބަރުތަކެއް ރޫމުގެ ރަސްގެފާނަށް ބަރާބަރަށް ލިބެމުން ދިޔައެވެ. މުސްލިމު މުޖާހިދުންގެ ހިތްވަރުގަދަކަމާއި، ތެދުވެރިކަމާއި، […]
އިތުރަށް ވިދާޅުވޭ
ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ އަންހު، ކިސްރާގެ ދަރުބާރުން ނުކުމެވަޑައިގެން ހިންގަވައިގެންނެވިއެވެ. އެބައިމީހުން އެކަލޭގެފާނަށް ދެން ހަދާނެގޮތެއް އެނގިވަޑައިގެންނުވާ ޙާލުކޮޅެއްގައެވެ. އެމީހުން އެކަލޭގެފާނު ޤަތުލުކޮށްލާނެކަމެއް ނުވަތަ އެނބުރި ދިއުމަށް ދޫކޮށްލާނެކަމެއް އެކަލޭގެފާނަކަށް އެނގިވަޑައެއްނުގަންނަވައެވެ. އެކަލޭގެފާނު ކިސްރާގެ ދަރުބާރުން ނުކުމެވަޑައިގެން ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަތްކޮޅު ފޯރުކޮށްދިނުމަށްފަހު އެބައިމީހުން އަހުރެންނާ މެދު ކޮންމެ ފަދަ ގޮތަކަށް ކަންތައްކުރި ނަމަވެސް އަހަރެންގެ އެއްވެސް ފަރުވާލެއްނެތެވެ.]  ދެން ޖަމަލުކޮޅަށް ސަވާރުވެވަޑައިގެން މަދީނާއަށް ދަތުރުފުޅު […]
އިތުރަށް ވިދާޅުވޭ
އަޅުގަނޑުމެންގެ މިފަހަރުގެ ބަޠަލަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމަގެ އަޞްޙާބުންގެ ތެރޭގައި މަތިވެރި ދަރަޖައެއް ލިބިވަޑައިގެންފައިވާ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބުނު ޙުޛާފާ (އައްސަހުމީ) ރަޟިޔަﷲ ޢަންހު އެވެ. އެހެނިހެން އެތަކެއް ހާސް އިންސާނުންނެކޭ އެއްފަދައިން އެކަލޭގެފާނާއި ބެހޭގޮތުން ވެސް، އެއްވެސް އެއްޗެއް ބަޔާންނުކޮށް މާޒީގެ އަނދިރިކަމުގެ ތެރެއަށް ދޫކޮށްލުމުގެ ފުރުޞަތު ތާރީޚަށް ލިބިފައި އޮތެވެ. އެހެން ނަމަވެސް އިސްލާމީ އިންޤިލާބުގެ ސަބަބުން އެދުވަސްވަރުގެ އެންމެ ބޮޑު ދެބާރުގެ ވެރީންކަމުގައިވި ރޫމުކަރައިގެ ވެރި ޤައިޞަރާއި ފާރިސްކަރައިގެ ވެރި […]
އިތުރަށް ވިދާޅުވޭ
އިމާމް އަޙުމަދު ބުނު ޙަންބަލް (ރަޙިމަހުﷲ) އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުންގެ އަރިހުގައި ވަރަށް ގިނަގިނައިން އިމާމް ޝާފިޢީ (ރަޙިމަހުﷲ) ގެ ޢިލްމުވެރިކަމާއި، މާތްކަމާއި، ތަޤުވާވެރިކަމުގެ ވާހަކަ ދައްކަވައެވެ. އެއްދުވަހަކު އިމާމް އަޙުމަދު އެކަލޭގެފާނުގެ ގެކޮޅަށް ޒިޔާރަތްކުރެއްވުމަށް އިމާމް ޝާފިޢީ އަށް ދަޢުވަތު ދެއްވިއެވެ. އިމާމް ޝާފިޢީ، އިމާމް އަޙުމަދުގެ ގެއަށް ވަޑައިގެން، ރޭގަނޑުގެ ކެއުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެއަށްފަހު މެހެމާނުންގެ ކޮޓަރިއަށް ވަދެވަޑައިގެން އަވަހާރަލެއްޕެވުމަށްޓަކައި ތަންމަތީގައި އޮށޯވެވަޑައިގެންނެވިއެވެ.  އަނެއް ދުވަހުގެ ހެނދުނު އިމާމް އަޙުމަދުގެ ދަރިކަނބަލުން އެކަމަނާގެ […]
އިތުރަށް ވިދާޅުވޭ
ޠުފައިލް ރަޟިޔަﷲ އަންހު، ބަޔާންކުރައްވާފައިވެއެވެ. އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމަގެ އަރިހުގައި ތިމަން ހުރީމެވެ. އެންމެފަހުން ﷲ ތަޢާލާގެ އޯގާވަންތަކަމާއި ފަޟްލަވަންތަކަމުން މައްކާ ފަތަޙަވެއްޖެއެވެ. ތިމަން ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! އެންމެ ރަގަޅުގޮތަކީ عمرو بن حممة ގެ ބުދު ”ޛުލްކިފްލައިން“ މުގުރައިލައި އަންދައިލުމަށްޓަކައި ކަލޭގެފާނު އެތަނަށް އަޅުގަނޑު ފޮނުއްވުމެވެ.] ދެންފަހެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެތަނަށް ދިޔުމުގެ ހުއްދަ އަހަރެންނަށް ދެއްވިއެވެ. އަހަރެން، އަހަރެންގެ ޤައުމުގެ ޖަމާޢަތެއްގެ މީހުނާއިގެން […]
އިތުރަށް ވިދާޅުވޭ
ދެން އެތަނުން އަހުރެންގެ ޤައުމަށް ދަތުރު ފެށީމެވެ. ދަތުރުކުރަމުން އައިސް ރަށުގެ ގެތަކާއި ފާރުތައް ފެންނަ ހިސާބަށް އާދެވުނުތަނާ ކުއްލިއަކަށް އަހަރެންގެ ނިތްކުރީން ބައްތިއެއް ފަދައިން ގަދަ އަލިކަމެއް ފާޅުވެއްޖެއެވެ. އަހުރެން ﷲ އަށް ދެންނެވީމެވެ. [އިލާހީ! މި އަލިކަން މިއަޅާގެ މޫނު ފިޔަވައި އެހެން ތަނެއްގައި ލައްވައިފާނދޭވެ! އެހެންނޫނީ ޤައުމުގެ މީހުންނަށް މިއަޅާގެ މޫނު ފެންނުމުން ”ތިޔައީ ކާބަފައިންގެ ދީން ދޫކޮލުމުގެ ސަޒާއޭ! އަލިކަމެއް ނޫނޭ!“ ބުނެފާނެއެވެ.] އަހަރެން މިހެން ދުޢާކުރުމާއެކު އެއަލިކަން އަހަރެންގެ ނިތްކުރިން […]
އިތުރަށް ވިދާޅުވޭ
ޠުފައިލް ބުނު ޢަމްރު ރިވާކުރައްވައެވެ. އަހުރެންނަށް މައްކާއަށް ވަދެވުމާއި އެކު ޤުރައިޝުންގެ ސަރުދާރުންތައް އައިސް އަހުރެން ވަށައިލިއެވެ. އަދި ވަރަށް ހޫނު މަރުޙަބާއެއް ކިޔައި ނުހަނު ޢިއްޒަތާއެކު އަހުރެންނާއި އިސްތިޤުބާލު ކުރިއެވެ. ދެން މައްކާގެ ހުރިހާ ސަރުދާރުންނާއި ޢިއްޒަތްތެރީން އެއްތަނަކަށް ޖަމާވެ، އެމީހުންގެ ކައިރިއަށް އަހުރެން ގެންދިޔުމަށް ފަހު ބުންޏެވެ. [ޠުފައިލެވެ! ތިބާ މިރަށަށް ވަޑައިގެންފީމުއެވެ. މިރަށުގައި އޭނާ އަމިއްލައަށް ނަބީކަމަށް ދަޢުވާކޮށްގެން އުޅޭ މީހަކު އެބަ އުޅެއެވެ. އޭނާ، އަހަރަމެންގެ ޚިޔާލުތައް ވިއްސިވިހާލި ކޮށްލައިފިއެވެ. އަހަރަމެންގެ […]
އިތުރަށް ވިދާޅުވޭ
ޠުފައިލް ބުނު ޢަމްރަކީ ޖާހިލިއްޔަ ޒަމާނުގައި ދައުސް ވަންހައިގެ ޢިއްޒަތްތެރި ޝަރަފުވެރި ސަރުދާރުންގެ ތެރެއިން އަރައި ހުންނެވި ސަރުދާރެކެވެ. އަދި އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ޢަރަބީންގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުންގެ ތެރެއިންނެވެ. އަދި އެކަލޭގެފާނަކީ ބޭނުމެއް ޖެހިގެން އައި އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގޭގެ ދޮރު ފަހަރެއްގައިވެސް ބަންދު ކުރައްވާފައި ނުވާ ދީލަތި ހިތްޕުޅު ތަނަވަސް ބޭކަލެކެވެ. ބަނޑުހައިވެފައިވާ މީހާއަށް ކާންދެއްވައެވެ. ބިރުގެންފައިވާ މީހާއަށް ތަސައްލީ ދެއްވައެވެ. ރައްކާތެރިކަމަށް އެދިގެން އަންނަ މީހާއަށް އެކަލޭގެފާނުގެ ގެއިން ރައްކާތެރިކަން ދެއްވައެވެ. […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން މިޙާދިޘާއަށް މާގިނަ ދުވަސްތަކެއް ފާއިތުނުވަނީސް އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު  ޝާމްކަރައަށް ޒިޔާރަތެއް ކޮށްލެއްވިއެވެ. އެދަތުރުފުޅުގެ މަޤްޞަދަކީ އެސަރަޙައްދުގެ ޙާލަތު ދެނެވަޑައިގަތުމެވެ. އެދުވަސްވަރު ޙިމްޞުގެ މީހުންނަކީވެސް ކޫފާގެ އަހުލުވެރީން ފަދައިން ސަރުކާރުގެ ވެރީންގެ ޝަކުވާކުރުމުގައި ކުރިއަރައި ގޮސްފައި ތިބި ބައެކެވެ. އެހެންކަމުން އެދުވަސްވަރު ޙިމްޞުގެ ނަމަކަށް “ކުޥައިފާ” (ކުޑަ ކޫފާ) އޭ ކިޔައި އުޅުނެވެ. ޢުމަރު ރަޟިޔަﷲ ޢަންހު، ޙިމްޞަށް ވަޑައިގަތުމުން ރަށުގެ އަހުލުވެރީން އެކަލޭގެފާނަށް ސަލާމް ދެންނެވުމަށްޓަކައި ޙާޟިރުވިއެވެ. […]
އިތުރަށް ވިދާޅުވޭ
  ތަރުޖަމާ: އިނާޒް ޢަދުނާން މުސްލިމުންގެ ޚަލީފާއަކަށް ޢުމަރު ބުނު ޚައްޠާބު ރަޟިޔަﷲ ޢަންހު އިންތިޚާބުކުރެވުމުން އެކަލޭގެފާނުގެ އަރިހަށް ސަޢީދު ބިން ޢާމިރު ރަޟިޔަﷲ ޢަންހު ވަޑައިގެން ވިދާޅުވިއެވެ. [އޭ ޢުމަރެވެ! އަޅުގަނޑު، ކަލޭގެފާނަށް ވަޞިއްޔަތްކުރަމެވެ! މީސްތަކުންގެ މުޢާމަލާތްތަކުގައި ﷲ ތަޢާލާ އަށް ބިރުވެތިވެ ވަޑައިގަންނަވާށެވެ! ނަމަވެސް ﷲ ތަޢާލާގެ ޙައްޤެއްގައި ފަހަރެއްގައިވެސް މީސްތަކުންނަށް ބިރުނުގަންނާށެވެ! އަދި ކަލޭގެފާނުގެ ބަސްފުޅާއި ޢަމަލުފުޅު ސީދާ ކުރައްވާށެވެ! އެހެނީ އިންސާނާއަށް ބުނެވޭ އެންމެ ހެޔޮ ބަހަކީ އެމީހެއްގެ ޢަމަލުން އެބަސް […]
އިތުރަށް ވިދާޅުވޭ