ޚަބަރު

އއ.ތޮއްޑޫގެ ޖަމްޢިއްޔާއެއްކަމުގައިވާ ސޮސައިޓީ ޓު އެޑްވާންސް އެންޑް ރިބިލްޑިންގް ތޮއްޑޫ (ސްޓާޓް) ގެ ފަރާތުން މިދިޔަ ހުކުރުދުވަހު ޤުރުއާން މުބާރާތެއް ބާއްވައިފިއެވެ. މިއީ މުޅި ރަށަށް ހުޅުވައިލައިގެން ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި ހަތް އުމުރުފުރާއަކުން ދެގޮފީގައި ޖުމްލަ ފަސްދޮޅަސް ކުދިން ބައިވެރިވެފައިވެއެވެ. މިމުބާރާތުގެ ނަތީޖާފާޅުކުރުން އޮންނާނީ އަންނަ ހަފްތާގެ ހުކުރުދުވަހުގައެވެ. ސްޓާޓް ޖަމްޢިއްޔާއަކީ ތޮއްޑޫގެ ތަރައްޤީއަށް މަސައްކަތްކުރުމަށް އުފައްދާފައިވާ ޖަމްޢިއްޔާއެކެވެ. އެޖަމްޢިއްޔާގެ ފަރާތުން ތޮއްޑޫގައި މިހާރުވެސް ޤުރުއާން ކްލާހަކާ ބޮޑެތި މީހުންނަށް އިނގިރޭސި ބަސް ދަސްކޮށްދޭ […]
އިތުރަށް ވިދާޅުވޭ
”ތޮއްޑޫ ދާއިރާ މެކުހަށް“ މިނަމުގައި އެމްޑީޕީގެ ފަރާތުން އއ.ތޮއްޑޫގައި ބޭއްވި ޖަލްސާގައ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އާއި، ސަރުކާރުގެ ބައެއް އިސްވެރިންގެ ކިބައިން ފެނިގެން ދިޔަ ސުލޫކީގޮތުން ދަށްފެންވަރުގެ ޢަމަލުތައް ޢަދާލަތު ޕާޓީން ކުށްވެރިކޮށްފިއެވެ. އެޕާޓީގެ ބާޔާނުގައިވާ ގޮތުން ރިޝްވަތާއި އެކިއެކި ނުފޫޒުގެ ބޭނުންކޮށްގެން ތިމާމެންގެ ޕާޓީއަށް ބައިގިނަ ވުމަކީ ނަސްރެއްކަމުގައި ދެކެ، އެކަން ފާހަގަކުރުމުގެ ގޮތުން ޕާޓީ ބާއްވައި، މުޅި ގައުމުގެ ކުރިމަތީގައި ނަށައި، ލަވަޔާއި ނާޗަރަންގީ ކުޅެގެން ޤައުމު އިސްލާޙެއް ނުކުރެވޭނެކަމަށާއި ޢަޞަބިއްޔަތުގެ […]
އިތުރަށް ވިދާޅުވޭ