ސުވާލާއި ޖަވާބު

ފަރުޟު ނަމާދުތަކުގެ ސަޖިދާގައި ކިޔޭނީ ހަމައެކަނި ސުންނަތުން ސާބިތުވާ ދުއާ އެކަނިތޯ؟
ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް   ސ: ފަރުޟު ނަމާދުތަކުގެ ސަޖިދާގައި ކިޔޭނީ ހަމައެކަނި ސުންނަތުން ސާބިތުވާ ދުއާ އެކަނިތޯ؟ ޖ: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ސަޖިދައަކީ ދުޢާ އިޖާބަ ކުރެއްވުން ގާތް ވަގުތެއް ކަމުގައި ވާތީ އެ ވަގުތުގައި ގިނައިން ދުޢާ ކުރުމަށް ކައު އިތުރު ނަބިއްޔާ صلى الله عليه وسلم ވަނީ އިރްޝާދު ދެއްވާފައެވެ. އަދި ވަކި […]
އިތުރަށް ވިދާޅުވޭ
ތުންޖީނާ ސަލަވާތާއި ނާރިއްޔަ ޞަލަވާތް ކިޔުމަކީ ރަނގަޅުކަމެއްތޯ؟
ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހިމް ސުވާލު: ތުންޖީނާ ޞަލަވާތާއި ނާރިއްޔާ ޞަލަވާތްކިޔުމަކީ ރަނގަޅުކަމެއްތޯއެވެ؟ މިއީ ޞައްޙަ ޞަލަވާތްތަކެއްތޯއެވެ؟ ޖަވާބު: الحمد لله، والصلاة والسلام على رسول الله أما بعد:     ”ތުންޖީނާ ޞަލަވާތް“ އާއި ”ނާރިއްޔަ ޞަލަވާތް“ މި ދެ ޞަލަވާތަކީ ޢާންމުކޮށް ޛިކުރެއްގެ ގޮތުގައި މީހުން ކިޔަވައި އުޅޭ އަދި ޚާއްޞަކޮށް މުޞީބާތެއް ކުރިމަތިވުމުން އެކަމުން ސަލާމަތް ވުމަށްޓަކައި ކިޔައި އުޅޭ ދެ ސަލަވާތެވެ.  މި ދެ ޞަލަވާތަކީ ވެސް […]
އިތުރަށް ވިދާޅުވޭ
އަޅުގަނޑަށް ވަނީ ރިބާ ލޯނެއް ނެގިފައެވެ. ދެން ތައުބާވާނީ ކިހިނެތް؟
ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ސުވާލު: އަޅުގަނޑަކީ އިސްލާމްދީނުގެ ރުކުންތަކަށް ބަރާބަރަށް ފަރުވާތެރިވާ މީހަކީމެވެ. އެހެން ނަމަވެސް މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން ހައުސިން ލޯނެއް ނެގިފައި ވެއެވެ. އަދި އެއީ ރިބާ އެކުލެވިގެންވާ ލޯނެއް ކަމުގައި ދަންނަބޭކަލުން އިތްތިފާގުވެ ލައްވައެވެ. އޭރަކު މިކަމެއް އެހާ ރަނގަޅަކަށް އަޅުގަނޑަކަށް ނޭންގެއެވެ. އަދި އެލޯން ދައްކައި ނުނިމެއެވެ. މިކަމާ މިހާރު އަޅުގަނޑު ހިތާމަ ކުރަމެވެ. މިކަމުން ތައުބާވުމަށް އަޅުގަނޑު ހަދާނީ ކިހިނެއް ތޯއެވެ؟ ޖަވާބު: الحمد […]
އިތުރަށް ވިދާޅުވޭ
ދުޢާކުރުން  އެންމެ ރަގަޅު ވަގުތުތަކަކީ  ކޮބައިތޯއެވެ؟
  ޖަވާބުދެއްވީ: އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް ސުވާލު: ދުޢާކުރުން އެންމެ ރަގަޅު ވަގުތުތަކަކީ ކޮބައިތޯއެވެ؟    ޖަވާބު: الحمد لله، والصلاة والسلام على رسول الله أما بعد: ދުޢާކުރުން އެއްމެ ރަނގަޅު ވަގުތުތަކަކީ އެވަގުތުތަކުގައި ދުޢާ އިޖާބަ ކުރެއްވުން ގާތްކަމުގައި ﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާ ވަގުތު ތަކެވެ. އެފަދަ ވަގުތު ތަކުގެ ތެރޭގައި އެއްވަގުތަކީ: ލައިލަތުލް ޤަދްރި ވިލޭރެއެވެ. އަނެއްވަގުތަކީ: ރޭގަނޑުގެ ދަންވަރެވެ. އެއީ ރޭގަނޑުގެ ތިންވަނަ ބައި ނުވަތަ […]
އިތުރަށް ވިދާޅުވޭ
މޯބައިލްފޯން  ފަދަ  ތަކެތީގައި ކީރިތިޤުރުއާން  ގެންގުޅުމުގެ  ޙުކުމަކީ  ކޮބާ؟
  ޖަވާބުދެއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ސުވާލު:  މޯބައިލްފޯން  ފަދަ  ތަކެތީގައި ކީރިތިޤުރުއާން  ގެންގުޅުމުގެ  ޙުކުމަކީ  ކޮބާ؟ ޖަވާބު: الحمد لله، والصلاة والسلام على رسول الله أما بعد: ކޮމްޕިއުޓަރއާއި މޮބައިލް ފޯން ފަދަ އިލެކްޓްރޯނިކް ޑިވައިޒްތަކުގައި ކީރިތި ޤުރްއާން އަޅައިގެން ގެންގުޅުމާއި އަޑުއެހުމާއި އެފަދަ ތަކެތިން ޤުރްއާން ކިޔެވުމަކީ ހުއްދަ ކަމެކެވެ. އަދި އެފަދަ އެއްޗިހީގައި ބީހުމަށްޓަކައި ވުޟޫ ހުރުމަކީ ޝަރުޠެއް ނޫނެވެ. އަދި އެފަދަ ތަކެތި ޖީބުގައި އުފުލުމާއި އެއާއި އެކުގައި ފާޚާނާއަށް ވަދެ ހެދުމަކީ ހުއްދަ ކަމެކެވެ. […]
އިތުރަށް ވިދާޅުވޭ
މައްޔިތާގެ މޫނު ބަލަން ދިއުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟
ޖަވާބު ދެއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ސުވާލު: މައްޔިތާގެ މޫނު ބަލަން ދިއުމަކީ ކޮންކަހަލަ ކަމެއް ތޯއެވެ؟ ޖަވާބު: الحمد لله، والصلاة والسلام على رسول الله. أما بعد:    މައްޔިތާގެ މޫނުބެލުމަކީ އޮންނަ ކަމެކެވެ. އިތުރު އެކަލޭގެފާނުން އަވަހާރަވެ ވަޑައިގަތުމުން މުސްލިމުން އެކަލޭގެފާނުންގެ މޫނު ބެލުމަށްޓަކައި އެކަލޭގެފާނުންގެ ގާތަށް ވަދެ، އެއްމެ ފަހު ފަހަރަށް އެކަލޭގެފާނު ދެކިލައި ބައްދަލު ކުރިއެވެ. ވީމައި ގާތް ތިމާގެ ނުވަތަ އަވަށްޓެރިންނާއި ރަހުމަތްތެރީން ނިޔާވުމުން […]
އިތުރަށް ވިދާޅުވޭ
 ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ބުރުގާ ނާޅާ މީހަކު ބަރާބަރަށް ދީނުގައި އަންގަވާފައިވާ ގޮތަށް އުޅުމުން އެ ޢަމަލުތަކަށް ޘަވާބާއި ދަރުމަ ލިބޭތޯ؟ ފާފަ އެއް މަތީ ދެމިހުރެ ކުރާ ހެޔޮ ޢަމަަލަކުން ފައިދާ ކުރާނެތޯ؟ الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ބުރުގާއަޅައި މޫނާއި ދެއަތްތިލަފިޔަވައި މުޅި ހަށިގަނޑު ހިލޭ ފިރިހެނުންނަށް ނިވާކުރުމަކީ ބޮޑުވެގެންވާ ވީޖިބެކެވެ. އަދި އެއާއި ޚިލާފުވުމަކީ ބޮޑުވެގެން ހުރި […]
އިތުރަށް ވިދާޅުވޭ
ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް   ސުވާލު:ތަނބިކަށިން ތިރިޔަށް ފަޓުލޫނު ބަހައްޓާ ޢިމާމެއްގެ ފަހަތުގަ ނަމާދު ޞައްހަ ވާނެތަ؟ އަދި ތަނބިކަށިން ތިރިޔަށް ލިބާސް ބެހެއްޓުމަކީ ކިހާވަރެއްގެ ނުބައި ކަމެއްކަން ބުނެދީފާނަންތަ؟    ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ފިރިހެނުންގެ ލިބާސް ބެހެއްޓުން އެއްމެ ރަނގަޅު ހިސާބަކީ ކަށިމައްޗާއި ހަމައަށެވެ. ނުވަތަ ކުޑަކަޅުވާއާއި ހަމައަށެވެ. އަދި އެއްމެ ތިރިވެގެން ތަނބިކަށްޓަށް ވުރެ […]
އިތުރަށް ވިދާޅުވޭ
ޖަވާބު: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ސުވާލު: މައްޔިތާއަށް ސުވާލު ކުރެވޭ ވަގުތަކީ ކޮބައި ހެއްޔެވެ؟ ވަޅުލުމުގެ ކުރިން އެއްވެސް ޖަޒާއެއް އޮންނާނެތޯއެވެ؟ ޖަވާބު: الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: މައްޔިތާއާއި ކުރެވޭ ސުވާލާއި މައްޔިތާއަށް ދެވޭ ޘަވާބު ނުވަތަ އަޛާބުގެ ކަންތައް ފެށޭނެ ކަމުގައި އަންގަވާފައިވަނީ ވަޅުލުމަށް ފަހުގައެވެ. އޭގެ ކުރިން ރަނގަޅު މީހެއްނަމަ އަވަހަށް ވަޅުލުމަށް އެދޭނެއެވެ. އަދި ނުބައި މީހެއް […]
އިތުރަށް ވިދާޅުވޭ