ސިލްސިލާ

އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ) ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ﷲ، އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަންކަމާއިގެން ފޮނުއްވި ޞައްޙަ ޢަޤީދާ އާއި ބެހޭގޮތުން އަޅުގަނޑު މިގެނައި ކުރު ބަސްކޮޅުގައި އެކުލެވިގެންވާ ހުރިހައި ވާހަކައަކީ އެއީ (ނަރަކައިން) ސަލާމަތްވާނެ ޖަމާޢަތްކަމުގައިވާ އަހްލުއްސުންނަތު ވަލްޖަމާޢަތުގެ ޢަޤީދާއެވެ. އެބައިމީހުންނާއި މެދުގައި ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވަނީ (( لاَ تَزَالُ طَائِفَةٌ مِنْ أُمَّتِي […]
އިތުރަށް ވިދާޅުވޭ
ޠުފައިލް ބުނު ޢަމްރަކީ ޖާހިލިއްޔަ ޒަމާނުގައި ދައުސް ވަންހައިގެ ޢިއްޒަތްތެރި ޝަރަފުވެރި ސަރުދާރުންގެ ތެރެއިން އަރައި ހުންނެވި ސަރުދާރެކެވެ. އަދި އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ޢަރަބީންގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުންގެ ތެރެއިންނެވެ. އަދި އެކަލޭގެފާނަކީ ބޭނުމެއް ޖެހިގެން އައި އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގޭގެ ދޮރު ފަހަރެއްގައިވެސް ބަންދު ކުރައްވާފައި ނުވާ ދީލަތި ހިތްޕުޅު ތަނަވަސް ބޭކަލެކެވެ. ބަނޑުހައިވެފައިވާ މީހާއަށް ކާންދެއްވައެވެ. ބިރުގެންފައިވާ މީހާއަށް ތަސައްލީ ދެއްވައެވެ. ރައްކާތެރިކަމަށް އެދިގެން އަންނަ މީހާއަށް އެކަލޭގެފާނުގެ ގެއިން ރައްކާތެރިކަން ދެއްވައެވެ. […]
އިތުރަށް ވިދާޅުވޭ
އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ) ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ﷲ އަށް އީމާންވުމުގެ ތެރޭގައި އީމާންކަމަކީ ބަހާއި ޢަމަލުކަމުގައްޔާއި ކިޔަމަންގަތުމާއި ހެޔޮ ޢަމަލުކުރުމުން އީމާންކަން އިތުރުވެ، އުރެދުމާއި ނުބައިކަންތައްތަކުން އީމާންކަން އުނިވާކަމުގައި ކަށަވަރުކޮށް ޔަޤީީންކުރަން ޖެހެއެވެ. އަދި ޝިރުކާއި ކުފުރަށްވުރެ ކުޑަ އުރެދުމަކުން ޒިނޭ އާއި ވައްކަމާއި ރިބާކެއުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މައިންބަފައިންނަށް އުރެދުންފަދަ އެހެންވެސް ބޮޑު ފާފައަކުން އެކަން ހުއްދަކަމުގައި ނުދެކޭހާ ހިނދަކު އެއްވެސް […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން މިޙާދިޘާއަށް މާގިނަ ދުވަސްތަކެއް ފާއިތުނުވަނީސް އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު  ޝާމްކަރައަށް ޒިޔާރަތެއް ކޮށްލެއްވިއެވެ. އެދަތުރުފުޅުގެ މަޤްޞަދަކީ އެސަރަޙައްދުގެ ޙާލަތު ދެނެވަޑައިގަތުމެވެ. އެދުވަސްވަރު ޙިމްޞުގެ މީހުންނަކީވެސް ކޫފާގެ އަހުލުވެރީން ފަދައިން ސަރުކާރުގެ ވެރީންގެ ޝަކުވާކުރުމުގައި ކުރިއަރައި ގޮސްފައި ތިބި ބައެކެވެ. އެހެންކަމުން އެދުވަސްވަރު ޙިމްޞުގެ ނަމަކަށް “ކުޥައިފާ” (ކުޑަ ކޫފާ) އޭ ކިޔައި އުޅުނެވެ. ޢުމަރު ރަޟިޔަﷲ ޢަންހު، ޙިމްޞަށް ވަޑައިގަތުމުން ރަށުގެ އަހުލުވެރީން އެކަލޭގެފާނަށް ސަލާމް ދެންނެވުމަށްޓަކައި ޙާޟިރުވިއެވެ. […]
އިތުރަށް ވިދާޅުވޭ
  ތަރުޖަމާ: އިނާޒް ޢަދުނާން މުސްލިމުންގެ ޚަލީފާއަކަށް ޢުމަރު ބުނު ޚައްޠާބު ރަޟިޔަﷲ ޢަންހު އިންތިޚާބުކުރެވުމުން އެކަލޭގެފާނުގެ އަރިހަށް ސަޢީދު ބިން ޢާމިރު ރަޟިޔަﷲ ޢަންހު ވަޑައިގެން ވިދާޅުވިއެވެ. [އޭ ޢުމަރެވެ! އަޅުގަނޑު، ކަލޭގެފާނަށް ވަޞިއްޔަތްކުރަމެވެ! މީސްތަކުންގެ މުޢާމަލާތްތަކުގައި ﷲ ތަޢާލާ އަށް ބިރުވެތިވެ ވަޑައިގަންނަވާށެވެ! ނަމަވެސް ﷲ ތަޢާލާގެ ޙައްޤެއްގައި ފަހަރެއްގައިވެސް މީސްތަކުންނަށް ބިރުނުގަންނާށެވެ! އަދި ކަލޭގެފާނުގެ ބަސްފުޅާއި ޢަމަލުފުޅު ސީދާ ކުރައްވާށެވެ! އެހެނީ އިންސާނާއަށް ބުނެވޭ އެންމެ ހެޔޮ ބަހަކީ އެމީހެއްގެ ޢަމަލުން އެބަސް […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން ސަޢީދު ބިން ޢާމިރު އަލްޖުމަޙީ އަކީވެސް ޤުރައިޝީ ސަރުދާރުންގެ ދަޢުވަތަށް އިޖާބަދީ މައްކާގެ އުސް ފަރާތުގައިވާ “ތަންޢީމް” އޭ ކިޔުނު މަޤާމަށް ދިޔުމަށްޓަކައި ނުކުތް އެތައް ސަތޭކަ މީހުންގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ. އެބައިމީހުންގެ ބޭނުމަކަށްވެފައި އޮތީ ޤުރައިޝުންގެ މީހުން މަކަރާއި ޙީލަތުން ހައްޔަރުކޮށްފައިވާ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީއެއްކަމުގައިވާ ޚުބައިބު ބިން ޢަދިއްޔު ރަޟިޔަﷲ ޢަންހު  ޝަހީދުކުރާ މަންޒަރު ބެލުމެވެ. ސަޢީދަކީ ހަށިގަނޑުގައި ބާރުހުރި ޒުވާނެކެވެ. އެހެންކަމުން މީސްތަކުންގެ […]
އިތުރަށް ވިދާޅުވޭ
އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ) ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ހަވަނައީ: ޤަދަރަށް އީމާންވުން ޤަދަރަށް އީމާންވުމުގައި ހަތަރުކަމަކަށް އީމާންވުން އެކުލެވިގެންވެއެވެ. އެންމެ ފުރަތަމަ ކަމަކީ، ހަމަކަށަވަރުން ވެނިމިފައިވާ އެންމެހާ ކަމަކާއި، ވާނޭ ހުރިހާ ކަމެއް ﷲޞުބްޙާނަހޫ ވަތަޢާލާ ދެނެވޮޑިގަންނަވައެވެ. އަދި އެކަލާނގެ އަޅުތަކުންގެ އެންމެހާ ޙާލަތެއް އެކަލާނގެ ދެނެވޮޑިގަންނަވާކަމާއި، އަދި އެބައިމީހުންގެ ރިޒްޤާއި އަޖަލާއި އެއުރެންގެ ޢަމަލުތައް ފަދަ އެބައިމީހުންގެ އެންމެހައި ކަމެއް އެކަލާނގެ ދެނެވޮޑިގަންނަވާ […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން އިމްތިޙާނާއި ސަޒާގެ ފަރަޤު ·        މުޞީބާތްމެދުވެރިވީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ސަބަބުންކަމުގައިވާނަމަ މިސާލަކަށް ޖިހާދުގެ މައިދާނުގައި ޒަޚަމްވުން، ﷲ އަށްޓަކައި ހިޖުރަކުރުމުގެ ތެރޭގައި މުދަލާއި ފައިސާކޮޅު އަތުން ބީވެގެންދިއުން، އިސްލާމްދީން ޤަބޫލުކުރުމުން ނުވަތަ މާތް ނަބިއްޔާ z ގެ ސުންނަތަށް ޢަމަލުކުރުމުން ވަޒީފާގެއްލިގެން ދިއުން ފަދަ ކަމެއްކަމުގައިވާނަމަ މިފަދަ މުޞީބާތްތަކާ އުނދަގޫތަކަކީ އިމްތިޙާނެކެވެ. އަދި ކެތްތެރިކަމާއެކު މިފަދަ ކަންތައްތައް އުފުލައިފި މީހަކަށް އެކަމުގެ ދަރުމަލިބޭހުއްޓެވެ. އަދި އެކަމަށް ނުރުހި ރުޅިވެރިކަން ފާޅުކޮށްފިމީހާ […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން މުޞީބާތުގެ ވަގުތުގައި ހަމައެކަނި ﷲ ގެ ޙަޟްރަތުން މަދަދަށް އެދޭށެވެ! މުޞީބާތެއް ނުވަތަ ދަތި އުނދަގުލެއް ކުރިމަތިވާހިނދު މިއަދުވެސް މުސްލިމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކަމުގެ ޙައްލު ހޯދުމަށްޓަކައި ވަލީވެރިންގެ ޤަބުރުތަކާ ޒިޔާރަތްތަކާ ދިމާޔަށް ދުއްވައިގަނެއެވެ. އަދި އެޤަބުރުތަކުގެ އަހުލުވެރިންގެ ކިބައިން ކަންކަމަށް އެދި ދަންނަވާތަން އަހަރަމެންނަށް ފެނެއެވެ. އެފަދަ މީހުންނާމެދު ޢާލަމްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ] وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން   މުޞީބާތަކީ ބައެއް ފަހަރު ސަޒާއެކެވެ. ބަޔާންވެ ދިޔަ ފޮޅުވަތްތަކުން ދުނިޔަވީ މުޞީބާތްތަކާ އުނދަގޫތަކަކީ އިމްތިޙާނެއްކަން އެނގިގެން ހިނގައްޖެއެވެ. އެފަދަ ކަންކަމުގައި އަޅާއަށް އޮތީ ކެތްތެރިވެ ﷲ ގެ މިންވަރުފުޅަށް ރުހި ޤަބޫލުވެގެންހުރުމެވެ. މީގެ އިތުރުން އިންސާނުންނަށް އެބައިމީހުންގެ ނުބައި ޢަމަލުތަކާ ފާފަތަކުގެ ނަތީޖާއެއްގެ ގޮތުންވެސް ބައެއް މުޞީބާތްތަކާ ކުރިމަތިލާންޖެހެއެވެ. މިފަދަ ހުރިހާ ކަމަކީ ﷲ ގެ ޙަޟްރަތުން އަންނަ ސަޒާއެކެވެ. އަދި ނުބައި ޢަމަލުތައް ދޫކޮށްލުމަށް ދެވޭ އިންޒާރެކެވެ. އެއީ އަޅާ […]
އިތުރަށް ވިދާޅުވޭ