ދީނީ ލިޔުން

ލިޔުނީ: އާދަމް އިސްލާމްދީނަކީ ދިރިއުޅުމަށްވާ ފުރިހަމަ މަގެކެވެ. އިންސާނާގެ ޙަޔާތުގައި ދިމާވެދާނެ އެންމެހާ ކަމެއްގެ ކާމިޔާބު މުޖައްރިބު ޙައްލު އެދީނުގައި ބަޔާންވެގެންވެއެވެ. އެދީނުގެ އެއްވެސް އަސާސެއްގައި އުނިކަމެއްނުވެއެވެ. އެހެންކަމުން މިމަތިވެރި ދީނަކީ ރޫޙާނީ އަދި ޖިސްމާނީ ބަލިމީހުންގެ ކަރުހިއްކުން ފުރިހަމަގޮތުގައި ފިލުވައިދޭނެ އެންމެ ސާފު ފެންއާރެވެ. އެހެނީ ކީރިތިޤުރުއާނާ މޫރިތިސުންނަތުގެ އަލިގަދަ ދަލީލުތަކަށް ބަރާބަރަށް ތަބާވާ މީހެއްގެ ޙަޔާތުގެ އެއްވެސް މަޤާމެއްގައި މާޔޫސްވެ ހިތްދަތިވެ ބޭޤަރާރުވާކަށްނުޖެހޭނެއެވެ. އިސްލާމްދީން އަމުރުކުރަނީ ﷲ ތަޢާލާ، އިންސާނާއަށް މިންވަރުކުރައްވާފައިވާ އެންމެހާ މަތިވެރި […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާާ: އިނާޒް ޢަދުނާން ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔައިފިއެވެ. އެއީ ރަޙްމަތާ ބަރަކާތުން ފުރިގެންވީ ދުވަސްތަކަކާ ރޭތަކެކެވެ. އެއީ ކީރިތިޤުރުއާނުގެ މައްސަރެވެ. ތަޤުވާ އާއި ކެތްތެރިކަމާ ޞަދަޤާތާ ޖިހާދާއި ފާފަފުއްސެވުމާއި ރަޙްމަތާއި ނަރަކައިން މުއްތިކުރެއްވުމުގެ މައްސަރުވެސްމެއެވެ. ސުވާލަކީ ރޯދައިގެ މަދަރުސާއިން ޙާޞިލްކުރަންޖެހޭ ތަޤްވާވެރިކަމުގެ މަތިވެރި ސިފަތައް އަޅުގަނޑުމެންނަށް ޙާޞިލްކުރެވުނުތޯއެވެ؟ އަޅުގަނޑުމެންގެ ހަވާނަފްސާ ހަނގުރާމަކޮށް އެނަފްސުގެ އެދުންތައް ބަލިކުރާނެ ހިތްވަރާ ފަންވަރު އަޅުގަނޑުމެންނަށް ލިބިއްޖެތޯއެވެ؟ އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ޢަމަލުތައް ބެހެއްޓުނީ ﷲ ތަޢާލާ ރޯދަވެރީންނަށް ދެއްވުމަށް […]
އިތުރަށް ވިދާޅުވޭ
ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް بسم الله الرحمن الرحيم الحمد لله والصلاة والسلام على رسوله وعلى آله وصحبه وسلم تسليما. وبعد:   ވަގުތު ފާއިތުވުމުގެ ކުރިން، އޭގެ ފައިދާ ރަނގަޅު ގޮތުގައި ލިބިގަންނާށެވެ! އަތުވައްޖެ ކޮންމެ އެއްޗަކީ އެނބުރި ދާނެ އެއްޗެކެވެ.އިއްޔެ އަޅުގަނޑުމެން ވަރަށް ހޫނު މަރުހަބާއެއް ކިޔައި، އިސްތިގުބާލުކުރި އިތްޒަތްތެރި މެހެމާނު އަޅުގަނޑުމެންނާއި ވަކިވެދާން ގާތް ވެއްޖެއެވެ. ބަރަކާތްތެރި ރަމްޞާންމަސް އަޅުގަނޑުމެންގެ ގާތަށް އައީ އިއްޔައެވެ. މިއަދު […]
އިތުރަށް ވިދާޅުވޭ
      ތަރުޖަމާ: އިނާޒް ޢަދުނާން ޖިސްމާނީ ބަލިމަޑުކަމާއި މުދާތައް ނެތިވެދިޔުމާއި ލޯބިވާމީހުން ވަކިވެދިއުމާއި ހަނގުރާމައިން ބަލިވުމާއި އަދިވެސް ތަފާތު ޙާދިޘާތަކާއި ކާރިޘާތައް ކުރިމަތިވާހިނދު މުއުމިނުއަޅާ  ޢަމަލުކުރަންވީގޮތް ކީރިތިޤުރުއާނާ މޫރިތިސުންނަތުގައި ބަޔާންކުރައްވާފައިވެއެވެ. އޭގެތެރެއިން ބައެއްކަންތައް މިތާނގައި ބަޔާންކޮށްލާނަމެވެ. އިތުބާރާއި ޔަޤީންކަން މުޞީބާތުގެ ވަގުތުގައި ﷲ ތަޢާލާ އާއި މެދު މުސްލިމްއަޅާގެ ހިތުގައިވާ އިތުބާރާއި ޔަޤީންކަން އިތުރުކޮށް ތާޒާކުރަންވާނެއެވެ. ދުނިޔޭގެ ދިރިއުޅުމާ އޭގެ އުނދަގޫތަކަކީ ވަގުތީއެއްޗެއްކަމާއި އާޚިރަތުގެ ޙަޔާތާއި އޭގެ ރާޙަތަކީ ދާއިމީ އެއްޗެއްކަމުގައެވެ. އަދި އޭނާއަށް ލިބިފައިވާނަމަ ވާ […]
އިތުރަށް ވިދާޅުވޭ
އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ) ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ދެންފަހެ އަހްލުއްސުންނާ ވަލްޖަމާޢަތުގެ އަހުލުވެރިން ދަންނައެވެ. އެބައިމީހުން ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލާނގެ ފޮތާއި، އެކަލާނގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ސުންނަތުގައި އެކަލާނގެ ޛާތުފުޅާއި މެދުގައި ސާބިތުކުރައްވާފައިވާ އެންމެހައި ސިފަފުޅެއް، އެއަށް މިސާލުޖެހުމަކާނުލައި ސާބިތުކުރެއެވެ. އަދި އެބައިމީހުން އެކަލާނގެ ސިފަފުޅުތައް ނެތިކުރުމުން ބަރީއަވެ، އެކަލާނގެއާ އެކަލާނގެ ޚަލްޤުތަކުންނާއި ވައްތަރުވުމާއި އެއްގޮތްވުމުން އެކަލާނގެ […]
އިތުރަށް ވިދާޅުވޭ
އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ) ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ﷲ އަށް އީމާންވުމުގެ ތެރޭގައި: ކީރިތިޤުރުއާނާއި، ރަސޫލާގެ އަރިހުން ސާބިތު ޙަދީޘްގައި ވާރިދުވެފައިވާ ﷲ ގެ ރިވެތި އިސްމުފުޅުތަކާއި މަތިވެރި ސިފަފުޅުތަކަށް އީމާންވުން ހިމެނެއެވެ. އެއީ އެކަލާނގެ އިސްމުފުޅުތަކާއި،  ސިފަފުޅުތަކުގެ މާނަ ބަދަލުކުރުމަކާއި، އަދި ނެތިކުރުމަކާއި، އެހެންއެއްޗަކާއި ވައްތަރުކުރުމަކާއި، މިސާލުޖެހުމަކާ ނުލައި އީމާންވުމެވެ. އަދި ކިޔެއް! އެކަލާނގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ދަލީލުކުރާ މަތިވެރި މާނަ ޤަބޫލުކޮށް، […]
އިތުރަށް ވިދާޅުވޭ
އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ) ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ބަޔާންވެދިޔަ މިއަޅުކަމުގެ ޙަޤީޤަތަކީ: އަޅުކަމުގެ ގޮތުން އަޅުތަކުންނަށް އަމުރުވެވިފައިވާ ކޮންމެކަމެއްގައިމެ އެކަލާނގެ އެއްކައުވަންތަކުރުމެވެ. އެއީ ދުޢާކުރުމާއި، ބިރުވެތިވުމާއި، ދަރުމަޔާއި ޘަވާބާއި ރަހުމަތަށް އުންމީދުކުރުމާއި، ނަމާދާއި، ރޯދައާއި، ކަތިލުމާއި، ނަދުރުބުނުން ފަދަ އެންމެހާ ބާވަތެއްގެ އަޅުކަމެއް އެކަލާނގެއަށް ބިރުވެތިކަމާ މަޑުމޮޅިކަމާއި، ޘަވާބުގެ އުންމީދާއި، ޢަޒާބަށް ބިރުވެތިވެ ހުރެގެން، އެކަލާނގެއަށް އެންމެ ފުރިހަމަ ލޯތްބާއި އެކުގައި، އެކަލާނގެ ގަދަކީރިތިވަންތަކަމުގެ […]
އިތުރަށް ވިދާޅުވޭ
އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ) ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް އެންމެ ފުރަތަމައީ: ﷲ އަށް އީމާންވުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އީމާންވުމުގެ ތެރޭގައި ﷲ އީ ޙައްޤު އިލާހުކަމަށާއި އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ ފަރާތެއް ނުވާކަމުގައި ޔަޤީންކޮށް، ކަށަވަރުކުރަން ޖެހެއެވެ. އެހެނީ، އެކަލާނގެއީ އަޅުތަކުން އުފައްދަވައި، އެބައިމީހުންނަށް އިޙުސާންތެރިވެ ވޮޑިގަންނަވާ، އެބައިމީހުންނަށް ރިޒުޤުދެއްވާ، އެއުރެންގެ ސިއްރާ ފާޅު ދެނެވޮޑިގަންނަވާ އަދި އެމީހުންގެ ތެރޭން […]
އިތުރަށް ވިދާޅުވޭ
އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ) ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް `  الحمد لله وحده ، والصلاة والسلام على من لا نبي بعده وعلى اله وصحبه ، أما بعده : ”ޞައްޙަ ޢަޤީދާ“ އަކީ އިސްލާމްދީނުގެ އަޞްލެވެ. އަދި މިއްލަތުގެ ބިންގަލެވެ. ވީމާ އަޅުގަނޑު ގަސްތުކުރަނީ މިދަރުސްގެ މައުޟޫޢަކީ ޞައްޙަ ޢަޤީދާކަމުގައި ހެދުމަށެވެ. ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުގެ ޝަރުޢީ […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ألحمد لله وكفى ، وسلام على عباده الذي اصطفى މިދުނިޔެއަކީ އިމްތިޙާނުގެ ގޮވައްޗެކެވެ. އެހެންކަމުން މިތަނަށް އައި ކޮންމެ މީހަކުވެސް އިމްތިޙާނުކުރެވޭނެއެވެ. މުއްސަނދިންނާ ފަޤީރުންގެއެވެ. ވެރިންނާ ރަޢިއްޔަތުންގެއެވެ. ޢާލިމުންނާ ޖާހިލުންގެއެވެ. އަންހެނުންނާ ފިރިހެނުންގެއެވެ. ޒުވާނުންނާ މުސްކުޅީންގެއެވެ. ގަދަމީހުންނާ ބަލިމީހުންގެއެވެ.  މިތަފާތު ބާވަތްތަކުގެ މީހުން އިމްތިޙާނުކުރެވޭ ގޮތްވެސް ތަފާތުވެގެންވެއެވެ. އެކަކަށް ދެއްވައިގެންނެވެ. އަނެކާ އަތުން އަތުލައްވައިގެންނެވެ. އެކަކީ ބުއްދިވެރިއެވެ. އަނެކަކީ މޮޔައެކެވެ. އެކަކަށް ދަރީން ދެއްވައެވެ. އަނެކާ ދަރީންގެ ނިޢުމަތުން މަޙުރޫމުކުރައްވައެވެ. […]
އިތުރަށް ވިދާޅުވޭ