ދީނީ ލިޔުން

 ތަރުޖަމާ: އިނާޒް ޢަދުނާން މުޞީބާތުގައި ރަޙުމަތްވެސް އެކުލެވިގެންވެއެވެ. މުޞީބާތްތަކުގައި މުއުމިނުންޓަކައި އުނދަގުލާއި ތުރާލުގެ އިތުރުން ނުހަނު ގިނަ ފައިދާވެސް އެކުލެވިގެންވެއެވެ. މުޞީބާތްތައް މުއުމިނު އަޅާއަށް ކެތްތެރިވާން ދަސްކޮށްދެއެވެ. ހަމަކަށަވަރުން ﷲ ތަޢާލާ، ކެތްތެރީންނަށް ޙިސާބެއްނެތި ބަދަލުދެއްވައެވެ. ތަކުލީފުތަކުގެ ސަބަބުން ފާފަވެރި އަޅާއަށް އޭނާގެ ޙަޔާތުގައި ކުރިމަތިވާނެ އެންމެ ބޮޑު މުޞީބާތްކަމުގައިވާ މަރު މަތިން ހަނދާންކޮށްދެއެވެ. އަދި ﷲ އަށް އުރެދި ނުކިޔަމަންތެރިވުމުގެ ނަތީޖާއެއްގެ ގޮތުން ކުރިމަތިވެދާނެ ވަރުގަދަ ސަޒާގެ މަތީން ހޭއަރުވައެވެ. އެހެނީ މީހަކު ނުބައިކަމުގެ މަގުން […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ވާންހުރިކަމެއް ވާނެއެވެ. الوح المحفوظ  ގައި ލިޔެވި ކަނޑައެޅިގެންވާ ކަމެއް މެނުވީ މިބިންމަތީގައި ނުހިގާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ މަޚްލޫޤުތަކުންނާ ބެހޭ އެންމެހާ ކަމެއްވަނީ ވަނީ ލަޥްޙުލް މަޙްފޫޡު ގައި  ބަޔާންކުރެވިގެންނެވެ. ޢުމުރު، ރިޒުޤު، ކުރާނެ މަސައްކަތް، ޢަމަލުތައް އަދި އެހެނިހެން ހުރިހާކަމެއްވެސް މަޚްލޫޤުން އުފެއްދެވުމުގެ ފަންސާސްހާސް އަހަރު ކުރިން ވަނީ ލިޔުއްވާފައެވެ. ﷲ ގެ ނަބިއްޔާ z ޙަދީޘްކުރައްވާފައިވެއެވެ. كَتَبَ اللهُ مَقَادِيْرَ الْخَلاَئِقِ قَبْلَ اَن يَّخْلُقَ السَّمَوَاتِ وَالْأَرْضَ […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ކޮންމެ މީހަކުވެސް އިމްތިޙާނު ކުރެއްވޭހުށީ އެމީހަކަށް ކުޅަދާނަކަން ލިބިގެންވާ މިންވަރަކަށެވެ. ﷲ ތަޢާލާ، ކޮންމެ އިންސާނެއްގެ ޙައްޤުގައިވެސް މުޞީބާތާއި ދަތިއުނދަގޫތައް ލިޔުއްވާފައިވަނީ އެމީހެއްގެ ކުޅަދާނަކަމާއި އީމާނީ ބާރު ހުރި މިންވަރެއްގެ މައްޗަށެވެ. ދެންފަހެ ހުރިހާ އެންމެންނަށް އެއްކަހަލަ މުޞީބާތްތަކެއް ޖައްސަވައިގެން އިމްތިޙާނުކުރެވޭނަމަ، އަދި ނުކިމަންތެރިކަމުގެ ބަދަލު އެއްގޮތަކަށް ހިތްޕެވޭނަމަ އެކަން ވެގެންދާނީ ބޭއިންޞާފަކަށެވެ. އެހެނީ ބައެއްމީހުނަށް އެހެންމީހުނަށްވުރެ ބޮޑު ކެތްތެރިކަމެއް ލިބިގެންވެއެވެ. މިއީ ﷲ ތަޢާލާގެ ފުރިހަމަ ޢަދުލުވަންތަކަމެވެ. އަދި އެކަލާނގެ މަޚުލޫޤުންގެ […]
އިތުރަށް ވިދާޅުވޭ
އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ) ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ހަތަރުވަނައީ: ރަސޫލުންނަށް އީމާންވުން ރަސޫލުބޭކަލުންނަށް އިމާންވުމުގައިވެސް ޖުމްލަކޮށާއި ތަފްޞީލުކޮށް އީމާންވުމަކީ ވާޖިބެކެވެ. ފަހެ ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލާނގެ އަޅުތަކުންނަށް އުފާވެރިކަމުގެ ޚަބަރުދެއްވުމަށާއި އިންޒާރުދެއްވުމަށާއި ޙައްޤަށް ދަޢުވަތުދެއްވުމަށްޓަކައި ރަސޫލުންނާއި ނަބީން ފޮނުއްވެވި ކަމުގައި އީމާންވާންޖެހެއެވެ. ފަހެ އެބޭކަލުންނަށް އިޖާބަދީފި މީހަކު ނަޞީބުލިބި ކާމިޔަބު ވެއްޖެއެވެ. އަދި އެބޭކަލުންނާއި ދެކޮޅުވެރިވެއްޖެ މީހާ މަލާމާތާއި ހަލާކު ލިބިގަނެފިއެވެ. […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ﷲ ތަޢާލާގެ ނިންމެވުމަށް ފުރިހަމަޔަށް އީމާންވާށެވެ! މިއީ މުއުމިނުންގެ އީމާންކަމުގެ ބައެކެވެ. ﷲ ތަޢާލާ އެކަލާނގެ އަޅާއަށްޓަކައި މިންވަރުކުރައްވާ ކޮންމެ ކަމެއްގައި އެއީ ހެވަކަށްވިޔަސް ނުބަޔަކަށްވިޔަސް އުފަލަކަށްވިޔަސް ހިތާމަޔަކަށްވިޔަސް އަޅާއަށްޓަކައި އެކަމުގައި ވަނީ ފައިދާކަން މުއުމިނުން ފުރިހަމަޔަށް ޤަބޫލުކުރާނެއެވެ. ރަސޫލުﷲ z ޙަދީޘްކުރައްވާފައިވެއެވެ. عَجَبًا لِلْمُؤْمِنِ لاَيَقْضِي اللهُ لَهُ شَيْئًا إِلاَّ كَانَ خَيْرًا لَهُ وَلَيْسَ ذَالِكَ لِأَحَدٍ إِلاَّ لِلْمُؤْمِنِ [مسلم ، مسند أحمد ، دارمي […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ދުނިޔޭގެ އުނދަގުލާ ތުރާލަކީ ޙަޔާތުގެ ބައެކެވެ. ﷲ ގެ ޙަޟްރަތުން އަންނަ އިމްތިޙާނެކެވެ. އޭގެ ސިލްސިލާ، ނުހަނު އާދައިގެ ކުދިކުދި މައްސަލަތަކުން ފެށިގެން ފުރާނައިން ހަށިފޮޅައިލަން ޖެހޭ ބަލިތަކާ އަދި އެންމެ ލޯބިވާ މީހުން މަރުވެ ވަކިވެދިޔުމާ ހަމަޔަށް ދެމިގެންވެއެވެ. މިހުރިހާ ކަމެއްގައިވެސް މުއުމިން އަޅާއަށް ވަނީ ހެޔޮކަމެވެ. ނަމަވެސް ﷲ އަށް އީމާންނުވާ ކާފަރުންގެ ނަޒަރުގައި މުޞީބާތްތަކަކީ ހަމައެކަނި ދަތިތަކާ ތުރާތަކެވެ. ހިތްދަތިކަމާ ވޭންތަކެވެ. ނަމަވެސް މުއުމިނު އަޅާއަށްޓަކައި އެއީ އިމްތިޙާނެކެވެ. […]
އިތުރަށް ވިދާޅުވޭ
އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ) ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ތިންވަނައީ: ފޮތްތަކަށް އީމާންވުމެވެ. ޖުމްލަ ގޮތެއްގައި ފޮތްތަކަށް އީމާންވުމަކީ ހަމަކަށަވަރުން ﷲ ޞުބްހާނަހޫ ވަތަޢާލާ، ޙައްޤު ބަޔާންކުރައްވައި، ޙައްޤަށް ދަޢުވަތު ދިނުމަށްޓަކައި އެކަލާނގެ ނަބީންނާއި ރަސޫލުންގެ މައްޗަށް ފޮތް ބާވައިލެއްވި ކަމުގައި އީމާންވުމެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. لَقَدْ أَرْ‌سَلْنَا رُ‌سُلَنَا بِالْبَيِّنَاتِ وَأَنزَلْنَا مَعَهُمُ الْكِتَابَ وَالْمِيزَانَ لِيَقُومَ النَّاسُ بِالْقِسْطِ ۖ (الحديد: 25) މާނައީ: […]
އިތުރަށް ވިދާޅުވޭ
ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ހެޔޮކަމެއް އެނގިއްޖެ ނަމަ އެއްމެ ފުރަތަމަ ތިމާ އެކަމަށް އަމަލު ކުރާށެވެ! އެއަށް ފަހުގައި އެ ހެޔޮކަން އެހެން މީހުނާއި ހަމައަށް ފޯރުކޮށްދޭށެވެ! އެއީ ކޮންމެ މުސްލިމެއްގެ މައްޗަށް ކުޅަދާނަވީ މިންވަރަކުން ކުރުން ވާޖިބު ކަމެކެވެ. رسول الله صلى الله عليه وسم ގެ އަރިހުން ޞައްހަވެގެން ވެއެވެ. އެކަލޭގެފާނުން ހަދީޘްކުރައްވާފައިވެއެވެ. بَلِّغُوا عَنِّي وَلَوْ آيَةً  (صحيح البخاري، عن عَبْدِ الله بْنِ عَمْرٍو، […]
އިތުރަށް ވިދާޅުވޭ
އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ) ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ދެވަނައީ: މަލާއިކަތުންނަށް އީމާންވުން މަލާއިކަތުންނަށް އީމާންވުން އެކުލެވިގެންވަނީ އިޖްމާލީކޮށާއި ތަފްޞީލުކޮށެވެ. އެބޭކަލުންނަކީ ﷲ ތަޢާލާ، އެކަލާނގެއަށް ކިޔަމަންގަތުމަށްޓަކައި އުފައްދަވާފައިވާ ބައެކެވެ. އެކަލާނގެ އެބޭކަލުން ސިފަކުރައްވާފައިވަނީ އެއީ މާތް އަޅުންތަކެއް ކަމުގައެވެ. އެއިން ބޭކަލަކު ބަސްބުނުމުގައި އެކަލާނގެއަށްވުރެ އިސްނުވާނެއެވެ. އަދި އެބޭކަލުން އަމަލުކުރައްވާނީ އެކަލާނގެ އަމުރުފުޅާއި އެއްގޮތައްކަމުގައި މުސްލިމުން އީމާންވާން ޖެހޭނެއެވެ. يَعْلَمُ مَا بَيْنَ أَيْدِيهِمْ […]
އިތުރަށް ވިދާޅުވޭ
ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد : ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފުތައް މެދުނުކެނޑޭނެހެން ފުރިހަމަޔަށް ގުޅިފައި ހުންނަން ވާނެއެވެ. ސަފުހެދުމުގައިސުންނަތްގޮތަކީ އެއީއެވެ. ސަފު މެދުކެނޑޭ އެއްވެސް ކަމަކީ ކޮށްގެން ވާނެ ކަމެއްނޫންނެވެ. ވީމައި މިސްކިތުގައި ހުންނަ ތަނބުތަކުގެ ސަބަބުންވެސް ސަފު މެދުކެނޑޭގޮތަށް ސަފުހެދުމަކީ رسول الله صلى الله عليه وسلم މަނާކުރައްވާފައިވާކަމެކެވެ. އެހެންކަމުން އަޞްޙާބުބެއިކަލުން އެކަމަށް […]
އިތުރަށް ވިދާޅުވޭ