ދީނީ ލިޔުން

މީސްތަކުންނަށް އެހީތެރިވެ ހެޔޮ ފޯރުކޮށްދިނުމަކީ ވަރަށްވެސް ދަރުމަ ހުރި ކަމެކެވެ. ނަމަވެސް ނިޔަތް ރަގަޅު ނަމައެވެ.ތިމާ ހެޔޮ ފޯރުކޮށްދިން މީހާގެ ކިބައިން އޭގެ ބަދަލު ލިބުމުގެ ނިޔަތުގައި އެއްވެސް މީހަކަށް އެހީތެރިނުވާށެވެ! އެއްވެސް މީހަކު ތިބާއަށް އެކަމަށް މަޖުބޫރުކުރި ހެއްޔެވެ؟  އެހެނެއްކަމަކު މީސްތަކުންނަށް ހެޔޮ ފޯރުވައި އެހީތެރިވެ އުޅުމަށް އަމުރުކުރައްވި އިލާހުގެ ޙަޟުރަތުން ހެޔޮކަމުގެ ބަދަލުލިބުމަށް އެދޭނަމަ، އެކަލާނގެ މަޚުލޫޤުނަށް ހެޔޮފޯރުކޮށްދީ އުޅޭށެވެ! މުއުމިނުންގެ ސިފައަކީވެސް އެއީ އެވެ. ﷲ ތަޢާލާ، މުއުމުނުންގެ ސިފަ ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން އިމްތިޙާނާއި ސަޒާގެ ފަރަޤު ·        މުޞީބާތްމެދުވެރިވީ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުމުގެ ސަބަބުންކަމުގައިވާނަމަ މިސާލަކަށް ޖިހާދުގެ މައިދާނުގައި ޒަޚަމްވުން، ﷲ އަށްޓަކައި ހިޖުރަކުރުމުގެ ތެރޭގައި މުދަލާއި ފައިސާކޮޅު އަތުން ބީވެގެންދިއުން، އިސްލާމްދީން ޤަބޫލުކުރުމުން ނުވަތަ މާތް ނަބިއްޔާ z ގެ ސުންނަތަށް ޢަމަލުކުރުމުން ވަޒީފާގެއްލިގެން ދިއުން ފަދަ ކަމެއްކަމުގައިވާނަމަ މިފަދަ މުޞީބާތްތަކާ އުނދަގޫތަކަކީ އިމްތިޙާނެކެވެ. އަދި ކެތްތެރިކަމާއެކު މިފަދަ ކަންތައްތައް އުފުލައިފި މީހަކަށް އެކަމުގެ ދަރުމަލިބޭހުއްޓެވެ. އަދި އެކަމަށް ނުރުހި ރުޅިވެރިކަން ފާޅުކޮށްފިމީހާ […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން މުޞީބާތުގެ ވަގުތުގައި ހަމައެކަނި ﷲ ގެ ޙަޟްރަތުން މަދަދަށް އެދޭށެވެ! މުޞީބާތެއް ނުވަތަ ދަތި އުނދަގުލެއް ކުރިމަތިވާހިނދު މިއަދުވެސް މުސްލިމުންގެ ތެރެއިން ވަރަށް ގިނަ ބަޔަކު އެކަމުގެ ޙައްލު ހޯދުމަށްޓަކައި ވަލީވެރިންގެ ޤަބުރުތަކާ ޒިޔާރަތްތަކާ ދިމާޔަށް ދުއްވައިގަނެއެވެ. އަދި އެޤަބުރުތަކުގެ އަހުލުވެރިންގެ ކިބައިން ކަންކަމަށް އެދި ދަންނަވާތަން އަހަރަމެންނަށް ފެނެއެވެ. އެފަދަ މީހުންނާމެދު ޢާލަމްތަކުގެ ވެރި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. ] وَمَنْ أَضَلُّ مِمَّن يَدْعُو مِن دُونِ اللَّـهِ […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން   މުޞީބާތަކީ ބައެއް ފަހަރު ސަޒާއެކެވެ. ބަޔާންވެ ދިޔަ ފޮޅުވަތްތަކުން ދުނިޔަވީ މުޞީބާތްތަކާ އުނދަގޫތަކަކީ އިމްތިޙާނެއްކަން އެނގިގެން ހިނގައްޖެއެވެ. އެފަދަ ކަންކަމުގައި އަޅާއަށް އޮތީ ކެތްތެރިވެ ﷲ ގެ މިންވަރުފުޅަށް ރުހި ޤަބޫލުވެގެންހުރުމެވެ. މީގެ އިތުރުން އިންސާނުންނަށް އެބައިމީހުންގެ ނުބައި ޢަމަލުތަކާ ފާފަތަކުގެ ނަތީޖާއެއްގެ ގޮތުންވެސް ބައެއް މުޞީބާތްތަކާ ކުރިމަތިލާންޖެހެއެވެ. މިފަދަ ހުރިހާ ކަމަކީ ﷲ ގެ ޙަޟްރަތުން އަންނަ ސަޒާއެކެވެ. އަދި ނުބައި ޢަމަލުތައް ދޫކޮށްލުމަށް ދެވޭ އިންޒާރެކެވެ. އެއީ އަޅާ […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން ޝަކުވާ ޝަކުވާގެ ދެ ބާވަތެއްވެއެވެ. ފުރަތަމަ ވައްތަރަކީ ﷲ ތަޢާލާ އަށް ޝަކުވާ ދެންނެވުމެވެ. އަދި މިއީ ކެތްތެރިކަން ނަފީކުރާކަމެއްނޫނެވެ. މިބާވަތުގެ ޝަކުވާގެ ވަރަށް ގިނަ މިސާލުތައް ކީރިތިޤުރުއާނުގައި ބަޔާންވެގެންވެއެވެ. އޭގެ ތެރެއިން އެއް މިސާލަކީ ﷲ ގެ ނަބިއްޔާ يعقوب عليه السلام ގެ ޝަކުވާއެވެ. އެކަލޭގެފާނު ދެންނެވި ޝަކުވާ ކީރިތިޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ މިފަދައިންނެވެ.  قَالَ إِنَّمَا أَشْكُو بَثِّي وَحُزْنِي إِلَى اللَّـهِ  [سورة يوسف 86] މާނައީ: އެކަލޭގެފާނު […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން استرجاع  އަދި ދުޢާ استرجاع ކުރުމަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރައްބުވަންތަކަން ފާޅުކޮށް އެކަލާނގެ ޙުކުމްފުޅަށް ކިޔަމަންވާކަން ތިމާގެ ދުލުން ފާޅުކުރުމެވެ. އެއީ މިފަދައިން ބުނުމެވެ. ] إِنَّا لِلَّـهِ وَإِنَّا إِلَيْهِ رَاجِعُونَ y [ [سورة البقرة 156] މާނައީ: ހަމަކަށަވަރުން ތިމަންމެން މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ. އަދި ހަމަކަށަވަރުން ތިމަންމެން އެނބުރިދިޔުންވެސް ވަނީ އެކަލާނގެ ޙަޟްރަތަށެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ] وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ […]
އިތުރަށް ވިދާޅުވޭ
ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް الحمدلله، والصلاة والسلام على رسول الله : أمابعد:   ވިސްނާށެވެ! ފިކުރު ކުރާށެވެ! ހޯދައިބަލާށެވެ! ތަހުގީގުކޮށް އޮޅުން ފިލުވާށެވެ! އުނގެނި ދަސްކުރާށެވެ! ކިޔާށެވެ! ކިޔަވައި ދޭށެވެ! މީހުން ކިޔާހައި އެއްޗެއް ކިޔައި، މީހުން ދެކޭހައި ގޮތެއް ގަބޫލު ނުކުރާށެވެ! ފަހެ ތިބާމެނަށް ނުވިސްނެނީހެއްޔެވެ؟! ތިބާމެނަށް ބުއްދި ނުވަނީ ހެއްޔެވެ!؟ ބުއްދީގެ އަހުލުވެރީންނަށް ފިލާވަޅެއް ވެއެވެ. ވިސްނުމުގެ އަހުލުވެރީންނަށް ޢިބުރަތެއް ވެއެވެ. ޢިލްމްވެރީންނަށް އިނގޭނެއެވެ. ޢިލްމުގެ އަހުލުވެރީންނަކީ ބިރުވެތި ވާމީހުންނެވެ. […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން ﷲ ތަޢާލާގެ ރުހިވޮޑިގަތުމާ ރަޙުމަތް ޙާޞިލްކުރުމަށްޓަކައި ކެތްތެރިވާށެވެ! ”صبر” މިއީ ޢަރަބި ލަފްޡެކެވެ. އޭގެ ލުޣަވީ މާނައަކީ ހުއްޓާލުމެވެ. ދުރުހެލިވުމެވެ. ދެރަވެ ހިތާމަކޮށް ރޮއި ހޭރި ހެދުމުން ރައްކާތެރިވެގެން ހުރުމެވެ. އެފަދަ ކަމަކަށް އަރައިނުގަތުމެވެ. (مختار الصحاح) ޝަރުޢީ އިޞްޠިލާޙުގައި ”صبر“ ގެ މާނައަކީ ބޮޑެތި ހިތާމަތައް ކުރިމަތިވާހިނދު މާޔޫސްކަމާއި ނާއުންމީދުން ތިމާގެ ނަފްސު ސަލާމަތްކުރުމެވެ. ހުތުރު ބަސްތައް ބުނުމުން ދޫ ރައްކާތެރިކުރުމެވެ. މޫނުގައި ތަޅައި ހެނދުންވީދައި ހެދުމުން ދެއަތް މަނާކުރުމެވެ. އެހެނީ […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން ﷲ ތަޢާލާ، ފަސޭހަކަން މިންވަރުކޮށްދެއްވައިފިނަމަ…. މުއުމިނު އަޅާއަށް އެދެވިގެންވަނީ ﷲ ތަޢާލާ، އޭނާއަށް ފަސޭހަކަން މިންވަރުކޮށްދެއްވައިފިނަމަ އެކަމަށް ޝުކުރުއަދާކުރުމެވެ. އަދި ފަހަރެއްގައިވެސް އެހެންއެވީ ތިމާގެ ތެދުވެރިކަމާ ތަޤުވާވެރިކަމުގެ ސަބަބުންކަމުގައި ހީނުކުރާށެވެ. އެހެނީ އިމްތިޙާނަކީ ހަމައެކަނި ދުނިޔަވީ މުޞީބާތްތަކާ އުނދަގޫތައް އެކަންޏެއްނޫނެވެ. އަދި ކިއެއްތަ! ދުނިޔަވީ ތަނަވަސްކަމާ މުއްސަނދިކަމާ ފަސޭހަކަމަކީވެސް އިމްތިޙާނުގެ ބައެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.  وَنَبْلُوكُم بِالشَّرِّ وَالْخَيْرِ فِتْنَةً ۖ [سورة الأنبياء 35] މާނައީ: އަދި ނުބައިގޮތާއި ހެޔޮގޮތް މެދުވެރިކުރައްވައި، […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން މުޞީބާތްތައް ޖެހުމަށް ނޭދޭށެވެ! ދުނިޔޭގެ ޙަޔާތުގައި ތިމާއަށް ޖެހޭ މުޞީބާތްތަކަށް ހެޔޮގޮތުގައި ކެތްތެރިވެ، އޭގެ ބަދަލުގައި އާޚިރަތުގެ ޢަޒާބުން މިންޖުކޮށްދެއްވައި ގިނަވެގެންވާ ހެޔޮކަމާއި ދަރުމައަށް އުންމީދުކުރެވިދާނެއެވެ. ނަމަވެސް ދުނިޔަވީ މުޞީބާތްތަކަކީ މުއުމިނުއަޅާއަށް އެތައްގިނަ ހެޔޮކަމެއް ޙާޞިލްކުރެވިދާނެ ޒަރީޢާއަކަށްވުމާއެކުވެސް ﷲ ތަޢާލާ ވަނީ އެއިލާހުގެ އަޅުތަކުންނަށް މުޞީބާތްތައް ޖެހުމަށް އެދުން މަނާކުރައްވާފައެވެ. އޭގެ ފުރަތަމަ ސަބަބަކީ އިންސާނާއަށް އުފުލޭނީ އަދި ކެތްތެރިވެވޭނީ ކިހާވަރެއްގެ ދަތި އުނދަގޫތަކަކަށްކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އެހެންކަމުން […]
އިތުރަށް ވިދާޅުވޭ