ދިރާސާ

ތަރުޖަމާ : އިނާޒް ޢަދުނާން އިންސާނާއަށް އުނދަގޫ ދޭ ސޫފާސޫފީގެ ތެރެއިން މަދިރިއަކީ ފާހަގަކޮށްލެވޭ ސޫތްޕެކެވެ. މަދިރި، އިންސާނާގެ ގައިން ހަމައެކަނި ލޭ ބޮނީއެއްވެސް ނޫނެވެ. އަދި ކިއެއްތަ! އެކަމުގައި އިންސާނާއަށް އާދަޔާޚިލާފު ތަކުލީފެއްވެސް ދެއެވެ. ލޭބުއިމާ ތަދުކުރުމުގެ އިތުރަށް ނުރައްކާތެރި އެތައް ބަލިތަކެއް އިންސާނާއަށް ޖެއްސުމުގެ މެދުވެރިއަކަށްވެސް މަދިރިވެއެވެ.  އަޅުގަނޑުމެންގެ ޤައުމު ފަދަ ޢާންމު ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ސަމާލުކަންނުދޭ ވެރިންންތަކެއް އުޅޭ ޤައުމެއްގައި އާދައިގެ ރައްޔިތުމީހާއަށް ކުރެވޭނެކަމަކީ ޞިއްޙަތަށް ގެއްލުން ހުރި ދުމާއި ވަސް […]
އިތުރަށް ވިދާޅުވޭ
ހުޅަނގުގެ ތަހުޒީބުގައި ޢަލީމްވަންތަ ޤަދީރުވަންތަ އިލާހަށް ބިރުވެތިވުމަށް އެއްވެސް ޖާގައެއްނުވެއެވެ. ވަޙީ އާއި ނުބުއްވަތުގެ ހިދާޔަތަށް އެއްވެސް ބުރަދަނެއް ނުވެއެވެ. މަރުވުމަށްފަހު އެހެން ޙަޔާތެއްވާކަމުގެ އެއްވެސް ތަޞައްވުރެއްނުވެއެވެ. ދުނިޔޭގައި ކުރާ ޢަމަލުތަކުގެ ޙިސާބުދައްކަންޖެހޭނެކަމުގެ އެއްވެސް އިޙުސާސެއްނުވެއެވެ. އިންސާނާގެ ޒާތީ ޒިންމާގެ އެއްވެސް ސުވާލެއް ނުވެއެވެ. ޙަޔާތުގެ ހައިވާނީ މަޤުޞަދަށްވުރެ މަތިވެރި އެހެން މަޤުޞަދަކާއި ހަދަފެއްނުވެއެވެ. އެއީ ޚާލިޞް މާއްދީ ތަހުޒީބެކެވެ. އިސްލާމީ ތަހުޒީބު އެކަންތައްތަކެއްގެ މައްޗަށް ބިނާވެގެންވާ ކަލާނގެއަށް ބިރުވެތިވުމާއި އީމާންތެރިކާމާއި ތެދުވެރިކަމާއި ޙައްޤުބަސްބުނުމާއި އަމާނާތްތެރިކަމާއި ހެޔޮކަމާއި […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ޓީވީ ކުޑަކުދިންގެ އުޅުމާއި އަޚްލާޤާއި ވިސްނުމަށް ޓީވީގެ ސަބަބުން އަސަރުކުރަނީ ކިހެނެތް، ކިހާވަރަކަށްކަން ބަޔާންކުރުމަކަށްވެސް މިއަދު ބޭނުމެއްނުވާނެއެވެ. އެތެރެ އާއި ބޭރުގެ ޓީވީ ޗެނަލްތަކުން ރެއާ ދުވާލު ފޮނުވަމުންދާ ޕްރޮގްރާމްތަކާމެދު ޚާލިސް އިސްލާމީ ނަޒަރަކުން ވިސްނާލައިފިނަމަ އަޅުގަނޑުމެންނަށް އެނގި ކަށަވަރުވެގެންދާނީ އެޕްރޮގްރާމްތަކުގެ ނުވަދިހަނުވަ އިންސަތައަކީ ﷲ ތަޢާލާގެ މަތީން ޣާފިލުކުރުވާ އުޅުމާއި އަޚްލާޤު ފަސާދުކުރުވާ ޕްރޮގްރާމްތަކެއްކަމެވެ. މީގެ ތެރެއިން މަދު ޗެނަލަކުން ދީނީ އަޚްލާޤީ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމެއް މަދުމަދުން ނުފޮނުވައެކޭ ނޫނެވެ. […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ކޮންމެ މަންމައަކާއި ބައްޕައަކުވެސް އެމީހުންގެ ދަރީންނާމެދު ވަރަށް ފޮނި އުންމީދުތަކެއްކުރާނެއެވެ. އެމީހުންގެ ދަރިފުޅު ބޮޑުވެގެން ޑޮކްޓަރަކަށް އިންޖިނޭރަކަށް ސައިންސުދާނަކަށް ޢިލްމުވެރިޔަކަށް ނުވަތަ އެހެންވެސް ރޮގަކުން މޮޅުމީހަކަށްވެ ދުނިޔެ އާއި އާޚިރަތުގެ ކާމިޔާބީ ހޯދުމަށް އެދޭނެއެވެ. އަދި މި މަޤްޞަދަށްޓަކައި ގިނަ މައިންބަފައިން އެމީހުންގެ ހުރިހާ މުދަލަކާއި ޢިލްމަކާއި ވަގުތެއް އެމީހުންގެ ދަރީންނަށްޓަކައި ޤުރުބާންކުރެއެވެ. މަތީ ފާސްތަކާއި ޑިގްރީތަކުގެ ވެރިންނަށް އެދަރިން ހެދުމަށްޓަކައި، ދުނިޔޭގެ ކާމިޔާބީ ހޯދައިދިނުމަށްޓަކައި ރެއާ ދުވާލު ވަރުބަލިކަމެއް ފޫހިކަމެއްނެތި ބުރަ […]
އިތުރަށް ވިދާޅުވޭ
ލިޔުނީ: އަލްއަޚް އާދަމް ވޭތުވެދިޔަ ވިހި އަހަރުގެ ތެރޭގައި ފަލަ މީހުންގެ ނިސްބަތް އަށްޑިހަ ދެ އިންސައްތަ އިތުރުވެފައިވާކަމަށް ދާދިފަހުން ހާމަކުރެވުނު ދިރާސާއަކުން ދައްކައިފިއެވެ. ޞިއްޙަތާ ބެހޭ މަޖައްލާއެއްކަމުގައިވާ ”ދި ލާންސެޓް“ އިން ކުރި މި ދިރާސާއިން ދައްކާގޮތުން އާދަޔާޚިލާފަށް ފަލަވުމުގެ ސަބަބުން ޖެހުނު ބަލިތަކުގައި 2010 ވަނަ އަހަރު ތިން މިލިޔަން މީހުން ވަނީ މަރުވެފައެވެ. މިއީ ބަނޑުހައި ހޫނުކަމުގެ ސަބަބުން މަރުވި މީހުންގެ ނިސްބަތަށްވުރެ ތިން ގުނަ އިތުރު ޢަދަދެކެވެ. ދުނިޔޭގެ ފެންވަރުގައި ކުރެވުނު […]
އިތުރަށް ވިދާޅުވޭ
އަސަރުތައް ކުރިންވެސް ބަޔާންކުރެވުނު ފަދައިން މަންމައިން މަސައްކަތަށް އެނބުރި ދާންފެށުމުން، ޓީވީ ހިމެނިގެންދިޔައީ ޅަދަރީންގެ ”ބެލެނިވެރިޔާ“ ކަމުގައެވެ. 1950 ގެ އަހަރުތަކުގައި ކުޑަކުދިން ހޭލާ ތިބޭ ވަގުތުގެ ތެރެއިން އެންމެ ގިނަ ވަގުތު ހޭދަކުރަނީ ޓީވީގެ ކުރިމަތީގައެވެ.  1940 ވަނަ އަހަރު 18 އަހަރުންދަށުގެ ދަރީން ތިބި މައިންގެ ތެރެއިން މަސައްކަތަށް ދާކަމަށް ރެކޯޑްކުރެވިފައިވަނީ %8.6 އަށްވުރެވެސް މަދު ޢަދަދެއްގެ އަންހެނުންނެވެ. ނަމަވެސް 1987 ވަނަ އަހަރާ ހަމަޔަށް އައިއިރު މިނިސްބަތްވަނީ %60.2 އަށް މައްޗަށް އުފުލިފައެވެ. […]
އިތުރަށް ވިދާޅުވޭ
ދެވަނަ ބޮޑު ހަނގުރާމަ ދެވަނަ ބޮޑު ހަނގުރަމަ ފެށުނީ މީލާދީން 1940 ގެ ކުރީކޮޅެވެ. ފިރިހެނުންނަށް ހަނގުރާމައިގާ ބައިވެރިވާންޖެހުނެވެ. ހަމަ އެއާއެކު އެމެރިކާއަށް މަސައްކަތްތެރީންނާ މުދާ ބޭނުންވިއެވެ. އަނެއްކާވެސް ވަޒީފާދޭ ފަރާތްތަކުގެ ލޯތައް އަމާޒުވީ އަންހެނުންނަށެވެ. ފުރަތަމަ ބޮޑު ހަނގުރާމައިގެ ދުވަސްވަރެކޭ އެއްފަދައިން ކައިވެނިނުކޮށް ތިބި އަންހެނުންނާ ކައިވެނިކޮށްގެން ތިބި އަންހެނުންނަށް މަސައްކަތުގެ މައިދާނަށް ނުކުތުމަށް ދަޢުވަތުދެވުނެވެ. އެކަމަކު އޭރުވެސް ގިނަ ބަޔަކު ކައިވެނިކޮށްގެން ތިބި އަންހެނުން ގެއިން ބޭރުގައި މަސައްކަތްކުރުމާ ދެކޮޅެވެ. އެހެންކަމުން މިވިސްނުން ބަދަލުކުރުމަށްޓަކައި […]
އިތުރަށް ވިދާޅުވޭ
އެއްވަނަ ބޮޑު ހަނގުރާމަ ކައިވެނިކޮށްގެން ތިބި އަންހެނުން އެންމެ ފުރަތަމަ މަސައްކަތުގެ މައިދާނަށް ގިނަ ޢަދަދަކަށް ނުކުންނަށް ފެށީ 1914 ވަނަ އަހަރު ފެށި އެއްވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައެވެ. ފިރިހެނުން ހަނގުރާމައިގެ މައިދާނަށް ނުކުތުމާއެކު އެބައިމީހުން ދޫކޮށްދިޔަ ވަޒީފާތަށް ފުރާނެ މަސައްކަތްތެރީން ބޭނުންވިއެވެ. ހަމައެކަނި ކައިވެނި ނުކޮށްތިބި އަންހެނުން ނެރެގެން ފުދޭކަށްނެތެވެ. އެހެންކަމުން ވަޒީފާދޭ ފަރާތްތަކުން ކައިވެނިކޮށްގެން ތިބި އަންހެނުންނަށްވެސް މަސައްކަތަށް ނުކުތުމަށް ދަޢުވަތުދޭން ފެށިއެވެ. 1919 ވަނަ އަހަރާ ހަމަޔަށް އައިއިރު މަސައްކަތުގެ މައިދާނުގައި […]
އިތުރަށް ވިދާޅުވޭ
މީލާދީން 1800 ގެ އަހަރުތަކުން ފެށިގެން މިއަދާ ހަމަޔަށް، ހުޅަނގުގެ ޤައުމުތަކުގެ ޢާއިލީ ދިރިއުޅުމަށް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ހުޅަނގުގެ މީހުން ޤަބޫލުކުރާ ގޮތުގައި މިބަދަލަކީ އަންހެނުންގެ މިނިވަންކަމުގެ ތަޙުރީކުގެ ނަތީޖާއެވެ. ނަމަވެސް ތާރީޚަށް ނަޒަރު ހިންގައިލުމުން ފެންނަނީ މުޅީން ތަފާތު އެހެން މަންޒަރެކެވެ. މީލާދީން 1800 ވަނަ އަހަރުގެ ކުރިޔަށް ބަލާއިރު އެމެރިކާއަކީ ދަނޑުވެރި ޤައުމެކެވެ. އާބާދީގެ ނުވަދިހަ އިންސައްތަ މީހުން ދިރިއުޅެމުން އަދި މަސައްކަތްކުރަމުން ގެންދިޔައީ އަމިއްލަ ދަނޑުތަކުގައެވެ. ޢާންމުގޮތެއްގައި ޢާއިލާތައް […]
އިތުރަށް ވިދާޅުވޭ
ލިޔުއްވީ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد : ޖަމާޢަތުގައި ނަމާދު ކުރާއިރު ސަފުތައް މެދުނުކެނޑޭނެހެން ފުރިހަމަޔަށް ގުޅިފައި ހުންނަން ވާނެއެވެ. ސަފުހެދުމުގައިސުންނަތްގޮތަކީ އެއީއެވެ. ސަފު މެދުކެނޑޭ އެއްވެސް ކަމަކީ ކޮށްގެން ވާނެ ކަމެއްނޫންނެވެ. ވީމައި މިސްކިތުގައި ހުންނަ ތަނބުތަކުގެ ސަބަބުންވެސް ސަފު މެދުކެނޑޭގޮތަށް ސަފުހެދުމަކީ رسول الله صلى الله عليه وسلم މަނާކުރައްވާފައިވާކަމެކެވެ. އެހެންކަމުން އަޞްޙާބުބެއިކަލުން އެކަމަށް […]
އިތުރަށް ވިދާޅުވޭ