އިސްލާމީ ތާރީޚް

ތަރުޖަމާ: އިނާޒް ޢަދުނާން އެއްދުވަހަކު ޢައްބާސީ ޚަލީފާ واثق با الله ގެ ދަރުބާރުގައި މީހަކު ކޮޅަށް ތެދުވެ ދެންނެވިއެވެ. [އޭ މުއުމިނުންގެ އަމީރެވެ! ރަޙިމުގެ ގުޅުން ދަމަހައްޓަވާށެވެ! މަނިކުފާނުގެ ގާތްތިމާގެ މީހުންނަށް ހެޔޮކޮށް ހިތްތަވާށެވެ! މަނިކުފާނުގެ ޚާންދާނުގެ މީހާއަށް ހެޔޮކޮށް ކަންތައްކުރައްވައި މަދަދުކުރައްވާށެވެ!] واثق با الله ސުވާލުކުރެއްވިއެވެ. [ކަލެއަކީ ކާކު ހެއްޔެވެ؟ ކަލެއަކީ ކާކުކަމެއް ތިމަންނައަކަށް ނޭގެއެވެ. އަދި މީގެކުރިއަކުން ތިމަންނައަކަށް ކަލޭ ފެނިފައެއްވެސްނުވެއެވެ.] އޭނާ ދެންނެވިއެވެ. [ސާހިބާއެވެ! އަޅުގަނޑަކީ މަނިކުފާނުގެ ކާފާފުޅު آدم […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން މުސްލިމުން އަންދަލުސްގައި (މިހާރުގެ ސްޕޭން) ވެރިކަންކުރަމުން ގެންދިޔަ ދުވަސްވަރު އެތާނގެ ދެޙާކިމުންކަމުގައިވާ حارس بن عباد އާއި عدي بن أبي ربيعة ދެމެދުގައި ހަނގުރާމައެއް ފެށުނެވެ. حارس بن عباد ގެންދިޔައީ عدي بن أبي ربيعة ހޯދައި ހައްޔަރުކުރުމަށް މަސައްކަތްކުރަމުންނެވެ. އޭގެ ދެމީހުން ކުރިއަކުން ބައްދަލުވެފައެއްނުވެއެވެ. އަދި އެކަކަށް އަނެކަކު ނުވެސް އެނގެއެވެ.  حارس ބޭނުންވެގެން އުޅެނީ عدي ގެ ފަރާތުން ކުރީގައި ހިނގާފައިވާ ކަމެއްގެ ބަދަލުހިފުމަށެވެ. ނަމަވެސް ހަނގުރާމަ […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން إمام أبو حنيفة نعمان بن ثابت (رحمة الله عليه) އެއްދުވަހަކު މިސްކިތުގައި އިންނަވަނިކޮށް، ޚަވާރިޖުންގެ ޖަމާޢަތެއްގެ މީހުން ކަނޑިއުރައިން ދަމައިގަނެގެން މިސްކިތަށް ވަނެވެ. އަދި އިމާމްގެ އަރިހަށް އައިސް އެކަލޭގެފާނު ވަށައިލިއެވެ. ދެން އެކަލޭގެފާނާއި އެމީހުންނާ ދެމެދު ދެކެވުނު ވާހަކަތައް ތިރީގައިމިވަނީއެވެ. ޚަވާރިޖުން: އޭ އަބޫޙަނީފާއެވެ! އަހަރަމެން، ތިބާ އާއި ދެ ސުވާލެއް ކުރަމެވެ. ތިބާ އެ ދެ ސުވާލަށް ޖަވާބުދީފިނަމަ ރަގަޅަވެ. އެހެންނޫންނަމަ އަހަރަމެން، ތިބާ ޤަތުލުކޮށްލާނަމެވެ. އަބޫޙަނީފާ: […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ޢުމަރު ބިން ޢަބްދުލްޢަޒީޒު (ރަޙިމަހުﷲ) އަކީ މުސްލިމް ވެރީންނަށް ހުރި ވަރަށްވެސް ފުރިހަމަ ނަމޫނާއެކެވެ. އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ ކޮންމެ ޙާދިޘާއަކުންވެސް ވިސްނައި ފިކުރުކޮށްފި މީހަކަށް އެތަކެއް ފިލާވަޅުތަކެއް ލިއްބައިދޭނެއެވެ. އެކަލޭގެފާނު ވެރިކަންކުރެއްވީ ﷲ ތަޢާލާއަށް ބިރުވެތިވެވަޑައިގެން ހުންނަވައެވެ. ރައްޔަތުންގެ މުދަލުން އެއްވެސް އެއްޗެއްގައި އެކަލޭގެފާނު ނާޖާއިޒުގޮތެއްގައި ޖެހިވަޑައިގެންފައެއްނުވެއެވެ. އަދި އެކަލޭގެފާނުގެ އަނބިދަރީންނާއި ޢާއިލާއަކަށްވެސް ރައްޔަތުންގެ މުދަލުން ޒައްރެއްގެ މިންވަރުވެސް ނުޙައްޤުން ދެއްވާފައެއްނުވެއެވެ. އިބްނު ޢަބްދުލް ޙަކީމް އޭނާގެ ފޮތް ”سيرت عمر بن […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ބައްޕަގެ ފައިޞަލާ، ދަރިފުޅާ ދެކޮޅަށް… ޤާޟީ ޝުރައިޙަކީ ތާބިޢީ ބޭކަލެކެވެ. އިސްލާމީ އުންމަތުގެ އެންމެ ހެޔޮވެގެންވީ ޤަރުނުގައި ޢަދުލާ އިންޞާފުން ޙުކުމްކުރެއްވުމުގެ އެންމެ ފުރިހަމަ ނަމޫނާ ދައްކަވާފައިވާ ޤާޟީއެކެވެ. އޭރުގެ މުސްލިމުންގެ މެދުގައި އަމާންކަމާއި ތަނަވަސްކަމާއި ހަމަހަމަކަން ދެމިއޮތުމުގެ ސިއްރަކީ މިފަދަ ބޭކަލުންގެ ތެދުވެރި އިޚްލާޞްތެރި މަސައްކަތްޕުޅެވެ. އެއްދުވަހަކު ޝުރައިޙުގެ ދަރިކަލުން ދެންނެވިއެވެ. ”ބައްޕާއެވެ! މިއަދު އަޅުގަނޑާ މިވެނި ބަޔަކާ ދެމެދު ކަމެއްގައި ދެބަސްވުމެއް ހިނގައިފިއެވެ. މި މައްސަލަ ނިމޭނީ އަޅުގަނޑާ އެއްކޮޅަށްނަމަ […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ސާލިމް ބިން ޢަބްދުﷲ ބިން ޢުމަރަކީ ތާބިޢީބޭކަލެކެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރުގެފާނުގެ ކާފަ ދަރިކަލެކެވެ. ޢިލްމުވެރިކަމާ ޒާހިދުކަމާއި ތަޤްވާވެރިކަމުގައި އަރައިހުންނެވި ބޭކަލެކެވެ. އަދި އެކަލޭގެފާނުގެ ކާފާފުޅު عمر رضي الله عنه ފަދައިން، އެއްވެސް ޖެހިލުމެއްނެތި، ފާޅުގައި ޙައްޤުބަސް ވިދާޅުވުމުގައިވެސް ނަމޫނާއެކެވެ. އެއީ ކިތަންމެ ނުރައްކާތެރި ޙާލަތެއްކަމުގައިވީނަމަވެސް ޙައްޤުބަސް ވިދާޅުވުމުގައި އެކަލޭގެފާނު އެއްގޮތަކަށްވެސް ފަހަތަށް ޖެހިވަޑައިގެންފައެއްނުވެއެވެ. އެއްފަހަރަކު މުސްލިމުންގެ ކޮންމެވެސް ބޭނުމަކަށްޓަކައި ޙައްޖާޖު ބިން ޔޫސުފުގެ ކައިރިޔަށް އެކަލޭގެފާނު ވަޑައިގަތެވެ. ޙައްޖާޖު، […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން   އެއްފަހަރަކު ކަލަކު ވޮޑިގެންވާކަން ޤަބޫލުނުކުރާ މުލްޙިދުންގެ ބަޔަކާ، އިމާމް އަބޫ ޙަނީފާ އާއި ބައްދަލުވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެބައިމީހުންނާ ސުވާލުކުރެއްވިއެވެ. ”ބިޔަ ރާޅުތައް ނަގަމުންދާ ގަދަ ކަނޑެއްގެ މެދުގައި ހުރި މުދަލާއި ސާމާނުން ބަރާކޮށްފައިވާ ނަވެކެވެ. ހަތަރުފަރާތުން ގަދަވައި އެނަވަށް ޖެހެމުން ދިޔައެވެ. ނަމަވެސް ވަރަށް މަޑުމައިތިރިކަމާއެކު އޭގެ މަންޒިލާ ދިމާއަށް އެނައު ދަތުރުކުރަމުން ދެއެވެ. އެއްވެސް ކަހަލަ ޚަލަލެއް ހަމަނުޖެހުމެއް އަދި މިސްރާބުން ކަސިޔާރުވުމެއްވެސް ނެތިއެވެ. ނަމަވެސް އެނަވުގައި އެދުއްވާނެ އަދި […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ޙައްޖާޖު ބިން ޔޫސުފަކީ އިސްލާމީ ތާރީޚު ދުށް އެންމެ ހިތްހަރު އަނިޔާވެރި ވެރީންގެ ތެރޭގައި ހިމެނުނު އެކަކެވެ. އޭނާގެ ކަނޑީގެ މިޔައިން ސަލާމަތްވޭތޯ ރަޙްމަތްތެރީންނާ ދުޝްމަނުން އެއްވަރަކަށް ދުޢާކުރަމުން ގެންދިޔައެވެ. ނަމަވެސް ޙައްޖާޖުގެ އަނިޔާވެރިކަމާއި ދެކޮޅަށް ކެރިގެން ކުރިމަތިލައްވައި އެކަންތައް ހުއްޓުވަން މަސައްކަތްކުރެއްވި މަދު ބޭކަލުންތަކެއް ތިއްބެވިއެވެ. އޭގެ ތެރެއިން އެއް ބޭކަލަކީ ޙަސަނުލް ބަޞަރީ (ރަޙިމަހުﷲ) އެވެ. އެކަލޭގެފާނު، ޙައްޖާޖުގެ ނުބައި ޢަމަލުތަކާއި ވަރުގަދަޔަކަށް ދެކޮޅުހެއްދެވިއެވެ. އަދި އޭނާގެ ކުރިމަތީގައި އެއްވެސް […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން ހެޔޮޙާލަތުގައި ރައްދުކުރައްވާށެވެ! މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު ބުނު އަލް ޚައްޠާބު ރަޟިޔަﷲ ޢަންހު، އެއްދުވަހަކު ބަދަވީއެއްގެ އަތުން އަހެއް ބައްލަވައިގެންނެވިއެވެ. އަހުގެ އަގުދެއްކެވުމަށްފަހު އަހަށް ސަވާރުވެވަޑައިގެން ދުއްވައިލެއްވިއެވެ. ކުޑަތަންކޮޅަކަށް ވަޑައިގެންނެވުނު ތަނާ އެއްކަލަ އަސް ކޮރުޖަހަން ފެށިއެވެ. އެކަލޭގެފާނު އަވަސްއަވަހަށް އަސް އަނބުރައިލެއްވުމަށްފަހު، އަސް ވިއްކި މީހާގެ ކައިރިއަށް ވަޑައިގެން ވިދާޅުވިއެވެ. ”މިއަސް އަނބުރާ ގެންދާށެވެ. މިއީ ކޮރު އަހެކެވެ.“ ބަދަވީ މީހާ ދެންނެވިއެވެ. ”މުއުމިނުންގެ އަމީރެވެ! އަޅުގަނޑު ތިޔަ އަހަކާ […]
އިތުރަށް ވިދާޅުވޭ