އިސްލާމީ ތާރީޚް

ތަރުޖަމާ: އިނާޒް ޢަދުނާން ޢީދު ދުވަހު ރަސްގެފާނުގެ ގަނޑުވަރަށް ވަޑައިގަތުމަށްޓަކައި ޝައިޚް ޢިއްޒުއްދީން ބިން ޢަބްދުއްސަލާމް ނުކުމެވަޑައިގެންނެވިއެވެ. އޭނާއަށް އެތަނުން ފެނިވަޑައިގަތީ ސިފައިންގެ ލަޝްކަރުތައް ރަސްގެފާނު ނަޖްމުއްދީންގެ (1) ކުރިފުޅުމަތީގައި ސަފުހަދައިގެން ނުހަނު އަދަބުވެރިކަމާއެކު ކޮޅަށް ތިބީތީއެވެ. އަދި ޚުދް ރަސްގެފާނުވެސް ޒީނަތްތެރިވެވަޑައިގެން ޤައުމުގެ ކުރިމަތީގައި އިށީނދެވަޑައިގެން އިންނެވީތީއެވެ. އަދި ވަޒީރުންނާއި އަމީރުން ރަސްގެފާނަށް ކުރުނީސްކުރަމުން ގެންދިޔައީތީއެވެ.  މިމަންޒަރު ފެނިވަޑައިގަތުމުން ޝެއިޚް ޢިއްޒުއްދީން ބާރު އަޑުފުޅުން ރަސްގެފާނާ މުޚާޠަބުކޮށް ވިދާޅުވިއެވެ. [އޭ އައްޔޫބެވެ! ﷲ ތަޢާލާ ޤިޔާމަތްދުވަހު، […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން   އޭނާ ވާހަކަ ކިޔައިދޭން ފެށިއެވެ. [އަހަރެންނަކީ މުރޫގެ ވިޔަފާރިވެރިޔަކީމެވެ. އަހަރެންގެ ބޭބެ އަޙުމަދަކީވެސް ވިޔަފާރިވެރިއެކެވެ. އެއްފަހަރަކު އަހަރަމެން ދެ އަޚުން ބަޣުދާދަށް ދަތުރެއް ކުރުމަށް ގަސްތުކުރީމެވެ. އެއީ ބަޣުދާދުން މުދާގަނެގެން ގެނެސް ރަށަށް ވިއްކުމަށެވެ. އަހަރެންގެ އަތުގައި އެއްހާސް ދީނާރުއޮތެވެ. އަހަރެން އެދީނާރުތައް ކީސާއަކަށް އަޅައި ބަންދުކުރުމަށްފަހު ރައްކާކުރުމަށްޓަކައި ބޭބެ އާއި ހަވާލުކުރީމެވެ. އޭރު ޤާފިލާއެއް ބަޣްދާދަށް ފުރަނީއެވެ. އަހަރަމެންވެސް އެޤާފިލާގައި ބައިވެރިވީމެވެ. ދަތުރުކުރަމުން އައިސް ބަޣުދާދާ ވަރަށް ކައިރިވެފައިވަނިކޮށް ކުއްލިއަކަށް […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން އިބްނު ހުބައިރާ ބަލިމީހާގެ ކައިރީގައި އިށީނެވެ. ބަލިމީހާ އޭނާގެ ވާހަކަ ފެށިއެވެ. އަހަރެންނަކީ ޚުރާސާނުގެ މީހަކީމެވެ.  ނަމަކީ އަޙްމަދެވެ. އަހުރެންނަކީ މުރޫ އޭ ކިޔުނު ރަށުގެ މަޝްހޫރު ވިޔަފާރިވެރިޔަކީމެވެ. އަހަރެންގެ ކޮއްކޮ މަޙްމޫދަކީވެސް އަހަރެން ފަދަ ވިޔަފާރިވެރިއެކެވެ. ގާތްގަނޑަކަށް މީގެ އެއްއަހަރު ކުރިން އަހަރެންނާ އަހަރެންގެ ކޮއްކޮ އާ ދެމީހުން ބަޣުދާދަށް ދަތުރެއްކުރުމަށް ގަސްތުކުރީމެވެ. އެއީ ބަޣްދާދުން ވިޔަފާރި މުދާ ގަނެގެން ގެނެސް މުރޫ ގައި ވިއްކުމަށެވެ. އޭރު ބަޣުދާދަށް ފުރަން ތައްޔާރުވެފައި […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން   ދެން އިބްނު ހުބައިރާ އަށް ވަޒީރުކަން ލިބުނު ގޮތް އަޑުއައްސަވާށެވެ! އޭނާ އުފަންވީ ވަރަށްވެސް ދެރަ ނިކަމެތި ފަޤީރު ޢާއިލައަކަށެވެ.  އެއީ އައްދޫރު ނަމަކަށް ކިޔުނު ރަށުގެ އަހުލުވެރި ބައެކެވެ. ޢާއިލާގެ މީހުންނަކީ އާދައިގެ ދަނޑުވެރިންނެވެ. ދަނޑު ހައްދައިގެން ލިބޭ އެއްޗަކުން އުފަލާއެކު ދުވަސްތައް ވޭތުކުރަމުން ގެންދިޔައެވެ. ޢާއިލާގެ އެއްވެސް މީހަކަށް ޢިލްމު ޙާޞިލްކުރާނެ ވަގުތެއްނުލިބެއެވެ. ނުވަތަ އެފަދަ ޝައުޤުވެރިކަމެއްވެސް ނެތް ކަހަލައެވެ. ނަމަވެސް ޔަޙްޔާ ބިން މުޙައްމަދު ބިން ހުބައިރާގެ […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން މީހަކަށް މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން ލިބިއްޖެއޭ ބުނެފިނަމަ ތިބާ އެކަން ޤަބޫލުކުރައްވާނަންތޯއެވެ؟ ފަހަރުގައި ތިބާ އެކަން ޤަބޫލުނުކުރައްވައިފާނެއެވެ. އަދި އެވަޒީރުކަމުގެ އަގުހެޔޮކަމާމެދު ޢަޖައިބުވެލައްވައިފާނެއެވެ. އެކަމަކު ހަމަ ޙަޤީޤަތުގައިވެސް މީހަކަށް މޭބިސްކަދުރު ކޯޅިއެއްގެ ބަދަލުގައި ވަޒީރުކަން ވަނީ ލިބިފައެވެ. ނަމަވެސް އެއީ ތިޔަ ހީފުޅުކުރެއްވިހާ ފަސޭހަކޮށެއްނޫނެވެ. އެއީ ކެތްތެރިކަމާއި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި އޯގާތެރިކަމާއި ތަޤުވާވެރިކަން ފަދަ މަތިވެރި ސިފަތަކަކުން ވީ ޤުރުބާނީއެއްގެ އާޚިރު ނަތީޖާއެވެ. މިދެންނެވި ވަޒީރުގެ ނަމަކީ ޢަޥްނުއްދީން އަބުލް މުޡައްފަރު […]
އިތުރަށް ވިދާޅުވޭ
  ތަރުޖަމާ:އިނާޒް ޢަދުނާން އުމަވީ ޚަލީފާ ޢުމަރު ބިން ޢަބްދުލްޢަޒީޒު (ރަޙިމަހުﷲ) އެއްދުވަހަކު ބާޒާރުގެ ކަންތައް ބެއްލުވުމުގެ ގޮތުން ބާޒާރުމަތީ ބުރުޖައްސަވަމުން ގެންދެވިއެވެ. އެވަގުތު ރޮނގުދަމާފައި ހުރި ފޮށައެއް އޮޅައިގެން ހުރި މީހަކު އެކަލޭގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. [އޭ އަމީރުލް މުއުމިނީންއެވެ! އަނިޔާލިބިފައިވާ މީހެއްވާނަމަ ކަލޭގެފާނުގެ އަރިހަށް އައުމަށް ކަލޭގެފާނު އަމުރުކުރެއްވީމުނޫންތޯއެވެ؟] ޢުމަރު ވިދާޅުވިއެވެ. [އާނއެކެވެ!] އެމީހާ ދެންނެވިއެވެ. [އަޅުގަނޑަކީ ވަރަށް ދުރު ހިސާބަކުން ކަލެގެފާނުގެ އަރިހަށް އައިސްހުރި މަޡްލޫމަކީމެވެ.] ޢުމަރު ބިން ޢަބްދުލްޢަޒީޒު ސުވާލުކުރެއްވިއެވެ. […]
އިތުރަށް ވިދާޅުވޭ
ޢަބްދުﷲ ބިން ޢަލީ ޢައްބާސީ ދިމިޝްޤު ފަތަޙަކުރުމަށްފަހު އެންމެ ގަޑިއިރެއްގެ ތެރޭގައި އެއްވެސް ޙައްޤަކާނުލައި އެތައް ބައެއްގެ ލޭ އޮހޮރުވާލިއެވެ. އަދި އުމަވީ ޚިލާފަތުގެ އެންމެ ބޮޑު މިސްކިތަށް އޭނާ ސަވާރުވެ އިން އަހާއެކު ވަދެ އޭނާގެ ވަޒީރުންނާއެކު މަޖިލިސްކުރިއެވެ. އަދި ފަޚުރުވެރިކަމާއެކު ސުވާލުކުރިއެވެ. [އަހަރެންނާ ކުރިމަތިލައި މުޤާބަލާކުރަން ކެރޭނެ އެއްވެސް މީހަކު މިހާރު އެބަހުރިހެއްޔެވެ؟] ޖަވާބު ލިބުނެވެ. [ނޫނެކެވެ!] އޭނާ އަނެއްކާވެސް ސުވާލުކުރިއެވެ. [ތިމަންގެ މައްޗަށް އިޢުތިރާޟުކުރުމުގެ ހިތްވަރު ހުރި މީހަކު ހުރިކަން ކަލޭމެންނަށް އެނގޭ […]
އިތުރަށް ވިދާޅުވޭ
މިއީ ކިތައް އިނގިލިކަން ބުނެދީބަލާށެވެ! قاضي اياس بن معاوية ގެ ބުއްދިވެރިކަމާ ވިސްނުންތޫނުކަމުގެ ވާހަކަ ހަތަރުފަރާތަށް ފެތުރި މަޝްހޫރުވެގެންވެއެވެ. ޝަރީޢަތުގެ ގޮނޑިކޮޅުގައި އިށީންނެވުމަށްފަހު އެކަލޭގެފާނު ކުރައްވާ ފައިޞަލާތަކުން މީސްތަކުން ޙައިރާންކޮށްލައެވެ. އެކަލޭގެފާނުގެ ވަރަށް ގިނަ ފައިޞަލާތަކެއްގެ ވާހަކަ ތާރީޚުގެ ފަތްފުށްތަކުގައި ބަޔާންވެގެންވެއެވެ.  އެނގިވަޑައިގަންނަވާނެ ފަދައިން މަޝްހޫރު މޮޅެތި މީހުންނަށް ޢިއްޒަތްކޮށް ތަޢުރީފުކުރާ ވަރަށް ގިނަ މީހުން ތިބޭފަދައިން އެފަދަ މީހުންދެކެ ރުޅިއަންނަ ޙަސަދަވެރީންގެ ބޮޑު ޖަމާއަތެއްވެސް އޮވެއެވެ. އެގޮތުގެމަތީން އެއްވެސް ޙައްޤަކާނުލައި قاضي اياس بن […]
އިތުރަށް ވިދާޅުވޭ
ޚަލީފާ ޢުމަރު ބުނު ޢަބްދުޢަޒީޒު ޚަލީފާކަމުގެ މަސްއޫލިއްޔަތާ ޙަވާލުވެވަޑައިގަތުމަށްފަހު މީސްތަކުންނާއިގެން އިމާމުވެ ނަމާދުކުރެއްވުމަށްފަހު އެންމެ ފުރަތަމަ ކުރެއްވި އެއްކަމަކީ އެކަލޭގެފާނުގެ ކުރިން ހުންނެވި ޚަލީފާ ސުލައިމާން ބިން ޢަބްދުލްމަލިކުގެ ދުވަސްވަރު މީސްތަކުންގެ މައްޗަށް އަނިޔާވެރިވެ އުޅުނު، ޚިޔާނާތްތެރި، ޣައްދާރު ވަޒީރުންތައް މަޤާމުން ވަކިކުރެއްވުމެވެ. އެކަލޭގެފާނު، އެވަޒީރުންތައް އެކަލޭގެފާނުގެ އަރިހަށް ގެންނެވިއެވެ. އޭގެ ތެރޭގަހުރި شريك بن عرضاء އަށް ވިދާޅުވިއެވެ. [އޭ އަނިޔާވެރިޔާއެވެ! ތިމަންގެ ކުރިމަތިން ދުރަށް ދާށެވެ! މީހުންނަށް ކާންބޯންނުދީ ބޭތިއްބުމަށްފަހު އެބައިމީހުން ގަދަ އަތްވަށްނެރެ […]
އިތުރަށް ވިދާޅުވޭ
ލިޔުނީ: އަލްއަޚް އާދަމް ޙަސަނުލް ބަޞަރީ އަކީ އެކަލޭގެފާނުގެ ޒަމާނުގައި އުޅުއްވި ނަންހުރި ޢިލްމުވެރިއެކެވެ. އަދި ޞާލިޙު ތަޤުވާވެރިއެކެވެ. މަރުގެ ވޭނާއި ނަރަކައިގެ ޢަޒާބުގެ މަތިން ހަނދުމަކުރެއްވުމުގެ ސަބަބުން އެކަލޭގެފާނު ހިނިފުޅުވަޑުވާ އުޅުއްވީ ވަރަށްވެސް މަދުންނެވެ. އެއްދުވަހަކު އެކަލޭގެފާނު ކޮންމެވެސް ތަނަކަށް ވަޑައިގަންނަވަނިކޮށް ހީނ މަޖާކުރުމުގައި މަޝްޣޫލުވެގެންވާ ޒުވާނެއް ފެނިވަޑައިގެންނެވިއެވެ. ޙަސަނުލް ބަޞަރީ، އެޒުވާނާ އާއި ސުވާލުކުރެއްވިއެވެ. [އޭ ޒުވާނާއެވެ! ތިބާ މިހާރު ޞިރާތު މަގު ހުރަސްކުރީ ހެއްޔެވެ؟ ތިބާ ދާނީ ސުވަރުގެއަށްކަން ނުވަތަ ނަރަކައަށްކަން ތިބާ […]
އިތުރަށް ވިދާޅުވޭ