އިސްލާމީ ތާރީޚް

އަޅުގަނޑުމެންގެ މިފަހަރުގެ ބަޠަލަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމަގެ އަޞްޙާބުންގެ ތެރޭގައި މަތިވެރި ދަރަޖައެއް ލިބިވަޑައިގެންފައިވާ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބުނު ޙުޛާފާ (އައްސަހުމީ) ރަޟިޔަﷲ ޢަންހު އެވެ. އެހެނިހެން އެތަކެއް ހާސް އިންސާނުންނެކޭ އެއްފަދައިން އެކަލޭގެފާނާއި ބެހޭގޮތުން ވެސް، އެއްވެސް އެއްޗެއް ބަޔާންނުކޮށް މާޒީގެ އަނދިރިކަމުގެ ތެރެއަށް ދޫކޮށްލުމުގެ ފުރުޞަތު ތާރީޚަށް ލިބިފައި އޮތެވެ. އެހެން ނަމަވެސް އިސްލާމީ އިންޤިލާބުގެ ސަބަބުން އެދުވަސްވަރުގެ އެންމެ ބޮޑު ދެބާރުގެ ވެރީންކަމުގައިވި ރޫމުކަރައިގެ ވެރި ޤައިޞަރާއި ފާރިސްކަރައިގެ ވެރި […]
އިތުރަށް ވިދާޅުވޭ
އިމާމް އަޙުމަދު ބުނު ޙަންބަލް (ރަޙިމަހުﷲ) އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުންގެ އަރިހުގައި ވަރަށް ގިނަގިނައިން އިމާމް ޝާފިޢީ (ރަޙިމަހުﷲ) ގެ ޢިލްމުވެރިކަމާއި، މާތްކަމާއި، ތަޤުވާވެރިކަމުގެ ވާހަކަ ދައްކަވައެވެ. އެއްދުވަހަކު އިމާމް އަޙުމަދު އެކަލޭގެފާނުގެ ގެކޮޅަށް ޒިޔާރަތްކުރެއްވުމަށް އިމާމް ޝާފިޢީ އަށް ދަޢުވަތު ދެއްވިއެވެ. އިމާމް ޝާފިޢީ، އިމާމް އަޙުމަދުގެ ގެއަށް ވަޑައިގެން، ރޭގަނޑުގެ ކެއުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެއަށްފަހު މެހެމާނުންގެ ކޮޓަރިއަށް ވަދެވަޑައިގެން އަވަހާރަލެއްޕެވުމަށްޓަކައި ތަންމަތީގައި އޮށޯވެވަޑައިގެންނެވިއެވެ.  އަނެއް ދުވަހުގެ ހެނދުނު އިމާމް އަޙުމަދުގެ ދަރިކަނބަލުން އެކަމަނާގެ […]
އިތުރަށް ވިދާޅުވޭ
ޠުފައިލް ރަޟިޔަﷲ އަންހު، ބަޔާންކުރައްވާފައިވެއެވެ. އެއަށްފަހު ރަސޫލުﷲ ޞައްލަﷲ ޢަލައި ވަސައްލަމަގެ އަރިހުގައި ތިމަން ހުރީމެވެ. އެންމެފަހުން ﷲ ތަޢާލާގެ އޯގާވަންތަކަމާއި ފަޟްލަވަންތަކަމުން މައްކާ ފަތަޙަވެއްޖެއެވެ. ތިމަން ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! އެންމެ ރަގަޅުގޮތަކީ عمرو بن حممة ގެ ބުދު ”ޛުލްކިފްލައިން“ މުގުރައިލައި އަންދައިލުމަށްޓަކައި ކަލޭގެފާނު އެތަނަށް އަޅުގަނޑު ފޮނުއްވުމެވެ.] ދެންފަހެ މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ، އެތަނަށް ދިޔުމުގެ ހުއްދަ އަހަރެންނަށް ދެއްވިއެވެ. އަހަރެން، އަހަރެންގެ ޤައުމުގެ ޖަމާޢަތެއްގެ މީހުނާއިގެން […]
އިތުރަށް ވިދާޅުވޭ
ދެން އެތަނުން އަހުރެންގެ ޤައުމަށް ދަތުރު ފެށީމެވެ. ދަތުރުކުރަމުން އައިސް ރަށުގެ ގެތަކާއި ފާރުތައް ފެންނަ ހިސާބަށް އާދެވުނުތަނާ ކުއްލިއަކަށް އަހަރެންގެ ނިތްކުރީން ބައްތިއެއް ފަދައިން ގަދަ އަލިކަމެއް ފާޅުވެއްޖެއެވެ. އަހުރެން ﷲ އަށް ދެންނެވީމެވެ. [އިލާހީ! މި އަލިކަން މިއަޅާގެ މޫނު ފިޔަވައި އެހެން ތަނެއްގައި ލައްވައިފާނދޭވެ! އެހެންނޫނީ ޤައުމުގެ މީހުންނަށް މިއަޅާގެ މޫނު ފެންނުމުން ”ތިޔައީ ކާބަފައިންގެ ދީން ދޫކޮލުމުގެ ސަޒާއޭ! އަލިކަމެއް ނޫނޭ!“ ބުނެފާނެއެވެ.] އަހަރެން މިހެން ދުޢާކުރުމާއެކު އެއަލިކަން އަހަރެންގެ ނިތްކުރިން […]
އިތުރަށް ވިދާޅުވޭ
ޠުފައިލް ބުނު ޢަމްރު ރިވާކުރައްވައެވެ. އަހުރެންނަށް މައްކާއަށް ވަދެވުމާއި އެކު ޤުރައިޝުންގެ ސަރުދާރުންތައް އައިސް އަހުރެން ވަށައިލިއެވެ. އަދި ވަރަށް ހޫނު މަރުޙަބާއެއް ކިޔައި ނުހަނު ޢިއްޒަތާއެކު އަހުރެންނާއި އިސްތިޤުބާލު ކުރިއެވެ. ދެން މައްކާގެ ހުރިހާ ސަރުދާރުންނާއި ޢިއްޒަތްތެރީން އެއްތަނަކަށް ޖަމާވެ، އެމީހުންގެ ކައިރިއަށް އަހުރެން ގެންދިޔުމަށް ފަހު ބުންޏެވެ. [ޠުފައިލެވެ! ތިބާ މިރަށަށް ވަޑައިގެންފީމުއެވެ. މިރަށުގައި އޭނާ އަމިއްލައަށް ނަބީކަމަށް ދަޢުވާކޮށްގެން އުޅޭ މީހަކު އެބަ އުޅެއެވެ. އޭނާ، އަހަރަމެންގެ ޚިޔާލުތައް ވިއްސިވިހާލި ކޮށްލައިފިއެވެ. އަހަރަމެންގެ […]
އިތުރަށް ވިދާޅުވޭ
ޠުފައިލް ބުނު ޢަމްރަކީ ޖާހިލިއްޔަ ޒަމާނުގައި ދައުސް ވަންހައިގެ ޢިއްޒަތްތެރި ޝަރަފުވެރި ސަރުދާރުންގެ ތެރެއިން އަރައި ހުންނެވި ސަރުދާރެކެވެ. އަދި އެކަލޭގެފާނު ހިމެނިވަޑައިގަންނަވަނީ ޢަރަބީންގެ ހިތްވަރުގަދަ ކެރޭ ފަހުލަވާނުންގެ ތެރެއިންނެވެ. އަދި އެކަލޭގެފާނަކީ ބޭނުމެއް ޖެހިގެން އައި އެއްވެސް މީހަކަށް އެކަލޭގެފާނުގެ ގޭގެ ދޮރު ފަހަރެއްގައިވެސް ބަންދު ކުރައްވާފައި ނުވާ ދީލަތި ހިތްޕުޅު ތަނަވަސް ބޭކަލެކެވެ. ބަނޑުހައިވެފައިވާ މީހާއަށް ކާންދެއްވައެވެ. ބިރުގެންފައިވާ މީހާއަށް ތަސައްލީ ދެއްވައެވެ. ރައްކާތެރިކަމަށް އެދިގެން އަންނަ މީހާއަށް އެކަލޭގެފާނުގެ ގެއިން ރައްކާތެރިކަން ދެއްވައެވެ. […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ: އިނާޒް ޢަދުނާން އެއްފަހަރަކު އަބޫބަކްރުއްޞިއްދީޤު ރަޟިޔަﷲ ޢަންހުގެ އަރިހަށް ވަގަކު ގެނެވުނެވެ. އޭނާ ވައްކަންކުރިކަން ސާބިތުވުމުން އޭނާގެ އަތް ކެނޑުމަށް އަބޫބަކްރުގެފާނު ޙުކުމްކުރެއްވިއެވެ. އެކަލޭގެފާނަކީ ނުހަނު ހިތްޕުޅުހެޔޮ އޯގާތެރި ބޭކަލެކެވެ. އެހިނދު ވަގުކަލޭގެ ދެންނެވިއެވެ. [އޭ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޚަލީފާއެވެ! ތިމަންގެ މައްޗަށް ރަޙުމްކުރައްވައި މާފުކުރައްވާށެވެ. ތިމަން މީގެކުރިން ދުވަހަކުވެސް ވައްކަމެއްކޮށްފައެއްނުވާނެއެވެ.] އަބޫބަކްރުއްޞިއްދީޤު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. (( كَذَبْتَ وَالَّذِي نَفْسِي بِيَدِهِ! مَا غَافَصَ اللهُ مُؤْمِنًا بِأَوَّلِ ذَنْبٍ […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން މިޙާދިޘާއަށް މާގިނަ ދުވަސްތަކެއް ފާއިތުނުވަނީސް އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު  ޝާމްކަރައަށް ޒިޔާރަތެއް ކޮށްލެއްވިއެވެ. އެދަތުރުފުޅުގެ މަޤްޞަދަކީ އެސަރަޙައްދުގެ ޙާލަތު ދެނެވަޑައިގަތުމެވެ. އެދުވަސްވަރު ޙިމްޞުގެ މީހުންނަކީވެސް ކޫފާގެ އަހުލުވެރީން ފަދައިން ސަރުކާރުގެ ވެރީންގެ ޝަކުވާކުރުމުގައި ކުރިއަރައި ގޮސްފައި ތިބި ބައެކެވެ. އެހެންކަމުން އެދުވަސްވަރު ޙިމްޞުގެ ނަމަކަށް “ކުޥައިފާ” (ކުޑަ ކޫފާ) އޭ ކިޔައި އުޅުނެވެ. ޢުމަރު ރަޟިޔަﷲ ޢަންހު، ޙިމްޞަށް ވަޑައިގަތުމުން ރަށުގެ އަހުލުވެރީން އެކަލޭގެފާނަށް ސަލާމް ދެންނެވުމަށްޓަކައި ޙާޟިރުވިއެވެ. […]
އިތުރަށް ވިދާޅުވޭ
  ތަރުޖަމާ: އިނާޒް ޢަދުނާން މުސްލިމުންގެ ޚަލީފާއަކަށް ޢުމަރު ބުނު ޚައްޠާބު ރަޟިޔަﷲ ޢަންހު އިންތިޚާބުކުރެވުމުން އެކަލޭގެފާނުގެ އަރިހަށް ސަޢީދު ބިން ޢާމިރު ރަޟިޔަﷲ ޢަންހު ވަޑައިގެން ވިދާޅުވިއެވެ. [އޭ ޢުމަރެވެ! އަޅުގަނޑު، ކަލޭގެފާނަށް ވަޞިއްޔަތްކުރަމެވެ! މީސްތަކުންގެ މުޢާމަލާތްތަކުގައި ﷲ ތަޢާލާ އަށް ބިރުވެތިވެ ވަޑައިގަންނަވާށެވެ! ނަމަވެސް ﷲ ތަޢާލާގެ ޙައްޤެއްގައި ފަހަރެއްގައިވެސް މީސްތަކުންނަށް ބިރުނުގަންނާށެވެ! އަދި ކަލޭގެފާނުގެ ބަސްފުޅާއި ޢަމަލުފުޅު ސީދާ ކުރައްވާށެވެ! އެހެނީ އިންސާނާއަށް ބުނެވޭ އެންމެ ހެޔޮ ބަހަކީ އެމީހެއްގެ ޢަމަލުން އެބަސް […]
އިތުރަށް ވިދާޅުވޭ
 ތަރުޖަމާ: އިނާޒް ޢަދުނާން ސަޢީދު ބިން ޢާމިރު އަލްޖުމަޙީ އަކީވެސް ޤުރައިޝީ ސަރުދާރުންގެ ދަޢުވަތަށް އިޖާބަދީ މައްކާގެ އުސް ފަރާތުގައިވާ “ތަންޢީމް” އޭ ކިޔުނު މަޤާމަށް ދިޔުމަށްޓަކައި ނުކުތް އެތައް ސަތޭކަ މީހުންގެ ތެރޭގައި ހިމެނޭ ޒުވާނެކެވެ. އެބައިމީހުންގެ ބޭނުމަކަށްވެފައި އޮތީ ޤުރައިޝުންގެ މީހުން މަކަރާއި ޙީލަތުން ހައްޔަރުކޮށްފައިވާ، މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞަޙާބީއެއްކަމުގައިވާ ޚުބައިބު ބިން ޢަދިއްޔު ރަޟިޔަﷲ ޢަންހު  ޝަހީދުކުރާ މަންޒަރު ބެލުމެވެ. ސަޢީދަކީ ހަށިގަނޑުގައި ބާރުހުރި ޒުވާނެކެވެ. އެހެންކަމުން މީސްތަކުންގެ […]
އިތުރަށް ވިދާޅުވޭ