އިސްލާމީ ތާރީޚް

އިސްލާމްވެ ވަޑައިގަތިމަށްފަހު ޢުމައިރު ރަޟިޔަﷲ ޢަންހު އިސްލާމީ ޢިލްމުތައް ޙާޞިލްކުރައްވައިިގެން އެކަލޭގެފާނުގެ ހިތްޕުޅު އީމާންކަމުގެ ނޫރުން އަލިކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅަށް އައި މިއުފާވެރި ދުވަސްތަކުގެ ސަބަބުން މައްކާ އާއި މައްކާގެ މީހުންގެ މަތިން އެކަލޭގެފާނު ހަނދުމަނެތިގެން ދިޔައެވެ. އަނެއްކޮޅުން ޞަފްވާނު ބިން އުމައްޔަތު އެއްވެސް ކެތްތެރިކަމެއްނެތި ޢުމައިރު ބިން ވަހްބުގެ ޚަބަރަކަށް އިންތިޒާރު ކުރަމުން ގެންދިޔައެވެ. އޭނާ ހުރީ [އުފާވެރި] ޚަބަރެއް ލިބޭނޭކަމަށް ވަރަށް އުއްމީދު ކޮށްގެންނެވެ. އެދުވަސްވަރު އޭނާ ޤުރައިޝުންގެ މަޖުލިސްތަކުގެ ކައިރިން ދާންޖެހޭ […]
އިތުރަށް ވިދާޅުވޭ
ޢުމައިރު އަށް މަދީނާއަށް ދެވުމާއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ހޯދުމުގެ މަސައްކަތް ފެށިއެވެ. އެންމެފަހުން މަސްޖިދުއްނަބަވީގެ ކައިރިއަށް އައިސް ސަވާރީން ފޭބިއެވެ. އަދި މިސްކިތާ ދިމާޔަށް ހިނގައިގަތެވެ. އޭރު ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ބައެއް ޞަޙާބީންނާ އެކު މަސްޖިދުއްނަބަވީގެ ދޮރުކޮޅު ކައިރީ އިށީނދެވަޑައިގެން އިންނެވިއެވެ. އެބޭކަލުން ދައްކަވަމުން ގެންދެވީ ބަދަރުގައި ޤަތުލުވެ، ހައްޔަރުވީ ޤުރައިޝުންގެ ވާހަކައެވެ. އަދި ﷲ ތަޢާލާގެ ފަޟުލާއި ރަޙުމަތުން މުހާޖިރުންނާއި އަންޞާރުން ބަދުރުގެ މައިދާނުގައި ހިތްވަރާއި ފަންވަރު ދެއްކެވިގޮތާ […]
އިތުރަށް ވިދާޅުވޭ
ޢުމައިރު ބުނު ވަހްބު ބަދުރުގެ މައިދާނުން ނަފްސު ސަލާމްކޮށްގެން އެނބުރި މައްކާ އަށް އައުމުގައި ކާމިޔާބު ހޯދިއެވެ. ނަމަވެސް އޭނާގެ ދަރިފުޅު މުސްލިމުންގެ އަތްދަށުގައި ހައްޔަރުވިއެވެ. ޢުމައިރު ބިން ވަހްބު އެންމެ ކަންބޮޑުވީ މުސްލިމުން އޭނާގެ ކުށްތަކުގެ ބަދަލު އޭނާގެ ޒުވާން ދަރިފުޅުގެ ކިބައިން ހިފައިފާނެތީއެވެ. އެހެނީ އެދަރިފުޅުގެ ބައްޕަ އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ އަޞްޙާބުންނަށް މެދުކެނޑުމެއް ނެތި ދުއްތުރާތައް ކުރަމުން ގެންދިޔަ މީހެކެވެ. އެއްދުވަހެއްގެ ހެނދުނުގެ ވަގުތު ކަޢުބާގެ ވަށައިގެން […]
އިތުރަށް ވިދާޅުވޭ
ހަތަރުވަނަ ފައިދާ   އަހަރެންނަށް ފެނުނު ބައެއް މީހުން ހީކޮށްގެން އުޅުނީ ޢިއްޒަތާއި އިޙުތިރާމް ލިބޭނީ ތިމާމެންގެ ވަށައިގެން ޖާހިލު ޢާންމުން އެއްކުރެވުނު މިންވަރެއްގެ މައްޗަށްކަމަށެވެ. އަނެއްބައި މީހުން ދެކޭގޮތުގައި ހައިބަތާއި މަތިވެރިކަމާއި ޖާހު ލިބޭނީ މުދަލާއި ފައިސާ އާއި ދަރިންނާއި ކާފަދަރިން ގިނަވެގެންނެވެ. ބައެއްމީހުން ވިސްނާގޮތުގައި މަޝްހޫރުކަމާއި ފަޚުވެރިކަން ލިބޭނީ ނިކަމެތިން ވެއްޔާއި މޮޑެ، ލޭގައި އުނގުޅައި، އެމީހުންގެ މުދާ ފޭރިގެންނެވެ. އަދި ބައެއްމީހުން ވިސްނައިގެން އުޅެނީ ޝާނާއި ޝައުކަތުގެ ސިއްރު ވަނީ ތިމާގެ މުދާ […]
އިތުރަށް ވިދާޅުވޭ
ޙާތިމް އަޞައްމު ޚުރާސާނީ، އެކަލޭގެފާނުގެ ދުވަސްވަރުގެ ޡާހިރީ ޢިލްމުތައް (ތަފްސީރު، ޙަދީޘް، ޤިރާއަތު، ތަޖުވީދު އަދި ފަލްސަފާ ފަދަ ޢިލްމުތައް) މަތީ ދަރަޖަޔަކަށް ޙާޞިލްކުރެއްވުމަށްފަހު، އުގަންނައިދެއްވުމުގެ މަސައްކަތް ފެއްޓެވުުގެ ބަދަލުގައި ޢިލްމުގެ ފޮނިކަމާއި މީރުކަން އިތުރަށް އިޙުސާސްކުރެއްވުމަށްޓަކައި އެޒަމާނުގެ ބޮޑު ޢިލްމުވެރިޔެއްކަމުގައިވާ ޝަޤީޤް ބަލްޚީގެ އަރިހަށް ވަޑައިގެންނެވިއެވެ. ޝަޤީޤް ބަލްޚީގެ އަރިހުން ތެދުވެރިކަމާއި ޒާހިދުކަމާއި ކެތްތެރިކަމާއި އަނެކާއަށް އިސްކަންދިނުމާއި ތަވާޟުޢުވެރިކަމާއި ވަފާތެރިކަމާއި ޙިލްމުވެރިކަމާއި މަޢާފުކުރުމާއި ރިވެތި ބަސްބުނުމާއި ސަލާމް ފެތުރުން ފަދަ ރިވެތި އަޚްލާޤުގެ ދަރުސްތައް ޙާޞިލްކުރެއްވުމުގައި […]
އިތުރަށް ވިދާޅުވޭ
حجاج بن يوسف الثقفي ޢިރާޤުގެ ގަވަރުނަރުކަމުގައި ހުރި ދުވަސްވަރު ވަރަށް ގިނަ ބަޣާވާތްތަކެއް ސަރުކާރާއި ދެކޮޅަށް ކުރެވިފައިވެއެވެ. ނަމަވެސް ޙައްޖާޖު ގެންދިޔައީ އެހުރިހާ ބަޣާވާތެއްވެސް ވަރަށް ހަރުކަށިކަމާއެކު ފުނޑުފުނޑުކުރަމުންނެވެ. އެއްފަހަރަކު އެފަދަ ބާޣީ ޤައުމެއްގެ މައްޗަށް އޭނާއަށް ކާމިޔާބު ލިބުނެވެ. ޙައްޖާޖު އޭނާގެ ސިފައިންނަށް އަމުރުކުރީ އެހުރިހާ އެންމެން ޤަތުލުކޮށްލުމަށެވެ. ޙައްޖާޖުގެ އަމުރު އައުމާއެކު ޖައްލާދުން ޤަތުލުކުރުމުގެ މަސައްކަތް ފަށައިގަތެވެ. ޤަތުލުކުރަމުން ގޮސް ބާކީ އެންމެ އަޢުރާބީއެއް ހުއްޓައި ނަމާދު ވަގުތުވެއްޖެއެވެ. ޙައްޖާޖު، އޭނާގެ އިތުބާރުކުރެވޭ […]
އިތުރަށް ވިދާޅުވޭ
ދެންއޮތީ ރޫމުގެ ޤައިސަރުގެ ދަރުބާރަށް އެކަލޭގެފާނު ވަޑައިގަންނަވަން ޖެހުނު ގޮތުގެ ވާހަކައެވެ. މިޙާދިޘާ ހިނގާފައިވަނީ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގެ ދުވަސްވަރުއެވެ. ހިޖުރައިން ނަވާރަ ވަނަ އަހަރު އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު، އިސްލާމީ މުޖާހިދުންގެ ލަޝްކަރެއް ރޫމީންނާއި ހަނގުރާމަކުރެއްވުމަށްޓަކައި މަދީނާއިން ފުރުވައިލެއްވިއެވެ. މި ލަޝްކަރުގައި ޢަބްދުﷲ ބިން ޚުޛާފާ ރަޟިޔަﷲ ޢަންހު ވެސް ހިމެނިވަޑައިގަންނަވައެވެ. މި ލަޝްކަރުގެ ހުރިހާ ޚަބަރުތަކެއް ރޫމުގެ ރަސްގެފާނަށް ބަރާބަރަށް ލިބެމުން ދިޔައެވެ. މުސްލިމު މުޖާހިދުންގެ ހިތްވަރުގަދަކަމާއި، ތެދުވެރިކަމާއި، […]
އިތުރަށް ވިދާޅުވޭ
ދުވަސްވަރަކީ އުމަވީންގެ ވެރިކަންނިމި ޢައްބާސީންގެ ވެރިކަން ފެށުނު ދުވަސްވަރެވެ. ޢައްބާސީންގެ ކަނޑީގެ މިޔައިން ސަލާމަތްވުމަށްޓަކައި ބަނޫ އުމައްޔާގެ އެންމެހާ ބޮޑު ބޮޑެތީން ގެންދިޔައީ އަމިއްލަ ނަފްސައިގެން ފިލޭތޯ މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން ޢައްބާސީން ގެންދިޔައީ އުމަވީން ހޯދުމަށްޓަކައި ހުރިހާ ތަނެއް ބަލައި ހޯދަމުންނެވެ.  އިބްރާހީމް ބިން ސުލައިމާން ބިން ޢަބްދުލްމަލިކުވެސް ހިމެނުނީ ބަނޫއުމައްޔާގެ ފިލައިގެން އުޅޭ ސަރުދާރުންގެ ތެރޭގައެވެ. އެންމެފަހުން ޢައްބާސީންގެ ފުރަތަމަ ޚަލީފާ އަބޫ ޢަބްދުﷲ ސައްފާޙުގެ އަރިސް މީހުން ޚަލީފާގެ އަރިހުގައި އިބްރާހިމްއަށް ޝަފާޢަތްތެރިވިއެވެ. ޚަލީފާ […]
އިތުރަށް ވިދާޅުވޭ
ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ އަންހު، ކިސްރާގެ ދަރުބާރުން ނުކުމެވަޑައިގެން ހިންގަވައިގެންނެވިއެވެ. އެބައިމީހުން އެކަލޭގެފާނަށް ދެން ހަދާނެގޮތެއް އެނގިވަޑައިގެންނުވާ ޙާލުކޮޅެއްގައެވެ. އެމީހުން އެކަލޭގެފާނު ޤަތުލުކޮށްލާނެކަމެއް ނުވަތަ އެނބުރި ދިއުމަށް ދޫކޮށްލާނެކަމެއް އެކަލޭގެފާނަކަށް އެނގިވަޑައެއްނުގަންނަވައެވެ. އެކަލޭގެފާނު ކިސްރާގެ ދަރުބާރުން ނުކުމެވަޑައިގެން ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަތްކޮޅު ފޯރުކޮށްދިނުމަށްފަހު އެބައިމީހުން އަހުރެންނާ މެދު ކޮންމެ ފަދަ ގޮތަކަށް ކަންތައްކުރި ނަމަވެސް އަހަރެންގެ އެއްވެސް ފަރުވާލެއްނެތެވެ.]  ދެން ޖަމަލުކޮޅަށް ސަވާރުވެވަޑައިގެން މަދީނާއަށް ދަތުރުފުޅު […]
އިތުރަށް ވިދާޅުވޭ
އިމާމް ސުފިޔާން ބިން ޢުޔައިނާ (ރަޙިމަހުﷲ) އަކީ އެކަލޭގެފާނުގެ ޒަމާނުގެ މަޝްހޫރު ޙަދީޘް ޢިލްމުވެރިއެކެވެ. އެހެންކަމުން އިސްލާމީ ދުނިޔޭގެ އެކިކަންކޮޅުތަކުން ޢިލްމު އުނގެނުމަށްޓަކައި ވަރަށް ގިނަ ޢަދަދަކަށް އެކަލޭގެފާނުގެ އަރިހަށް ދަރިވަރުން އާދެއެވެ.  މިގޮތުގެ މަތީން އެއްފަހަރަކު އައި (ރަށްފުށުގެ) ޢައުރާބީއަކު ވަރަށް ގިނަ ދުވަސްތަކެއް ވާންދެން އެކަލޭގެފާނުގެ އަރިހުގައި ޢިލްމު ޙާޞިލްކުރަން އުޅުނެވެ. ދުވަސްތަކަކަށް ފަހު ސުފިޔާންގެ އަރިހުން ވަކިވެގެން އޭނާގެ ވަޠަނަށް އެނބުރި ދިއުމަށް އަޢުރާބީ ގަސްތުކުރިއެވެ. އެހިނދު އިމާމް ސުފިޔާން، އަޢުރާބީ އާއި […]
އިތުރަށް ވިދާޅުވޭ