އެޑްމިންގެ ލިޔުންތައް

حجاج بن يوسف الثقفي ޢިރާޤުގެ ގަވަރުނަރުކަމުގައި ހުރި ދުވަސްވަރު ވަރަށް ގިނަ ބަޣާވާތްތަކެއް ސަރުކާރާއި ދެކޮޅަށް ކުރެވިފައިވެއެވެ. ނަމަވެސް ޙައްޖާޖު ގެންދިޔައީ އެހުރިހާ ބަޣާވާތެއްވެސް ވަރަށް ހަރުކަށިކަމާއެކު ފުނޑުފުނޑުކުރަމުންނެވެ. އެއްފަހަރަކު އެފަދަ ބާޣީ ޤައުމެއްގެ މައްޗަށް އޭނާއަށް ކާމިޔާބު ލިބުނެވެ. ޙައްޖާޖު އޭނާގެ ސިފައިންނަށް އަމުރުކުރީ އެހުރިހާ އެންމެން ޤަތުލުކޮށްލުމަށެވެ. ޙައްޖާޖުގެ އަމުރު އައުމާއެކު ޖައްލާދުން ޤަތުލުކުރުމުގެ މަސައްކަތް ފަށައިގަތެވެ. ޤަތުލުކުރަމުން ގޮސް ބާކީ އެންމެ އަޢުރާބީއެއް ހުއްޓައި ނަމާދު ވަގުތުވެއްޖެއެވެ. ޙައްޖާޖު، އޭނާގެ އިތުބާރުކުރެވޭ […]
އިތުރަށް ވިދާޅުވޭ
ދެންއޮތީ ރޫމުގެ ޤައިސަރުގެ ދަރުބާރަށް އެކަލޭގެފާނު ވަޑައިގަންނަވަން ޖެހުނު ގޮތުގެ ވާހަކައެވެ. މިޙާދިޘާ ހިނގާފައިވަނީ ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހުގެ ޚަލީފާކަމުގެ ދުވަސްވަރުއެވެ. ހިޖުރައިން ނަވާރަ ވަނަ އަހަރު އަމީރުލްމުއުމިނީން ޢުމަރު ބުނުލް ޚައްޠާބު، އިސްލާމީ މުޖާހިދުންގެ ލަޝްކަރެއް ރޫމީންނާއި ހަނގުރާމަކުރެއްވުމަށްޓަކައި މަދީނާއިން ފުރުވައިލެއްވިއެވެ. މި ލަޝްކަރުގައި ޢަބްދުﷲ ބިން ޚުޛާފާ ރަޟިޔަﷲ ޢަންހު ވެސް ހިމެނިވަޑައިގަންނަވައެވެ. މި ލަޝްކަރުގެ ހުރިހާ ޚަބަރުތަކެއް ރޫމުގެ ރަސްގެފާނަށް ބަރާބަރަށް ލިބެމުން ދިޔައެވެ. މުސްލިމު މުޖާހިދުންގެ ހިތްވަރުގަދަކަމާއި، ތެދުވެރިކަމާއި، […]
އިތުރަށް ވިދާޅުވޭ
ސަޢުދީއަރަބިއްޔާގެ ގެއެއްގައި ޚާދިމާއެއްގެ ގޮތުގައި މަސައްކަތްކުރަން އުޅުނު އިންޑޮނީޝިއާގެ އަންހެނަކު މެރުމަށް ސަޢުދީއަރަބިއްޔާގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި އަންހެންމީހާގެ މައްޗަށް މަރުގެ ޙުކުމް އިއްވާފައި މިވަނީ އޭނާ ޚިދުމަތްކޮށްދޭ ސަޢުދީ ޢާއިލާގެ ޢުމުރުން އެންމެ 4 އަހަރުގެ ތާލާ އައްޝަހްރީ މަރައިލުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވުމާއި ގުޅިގެންނެވެ. އޭނާ މިޖަރީމާ ހިންގާފައިވަނީ ބޮޑުވަޅިއަކުން އަންހެންކުއްޖާގެ ކަރު ބުރިކޮށްލައިގެންނެވެ. މިމައްސަލަ ބެލި ތިން ފަނޑިޔާރުންގެ ބެންޗުން ވަނީ މަރުގެ އަދަބުގެ އިތުރުން އަންހެންމީހާ 8 މަހަށް ޖަލަށްލުމަށާއި […]
އިތުރަށް ވިދާޅުވޭ
ދުވަސްވަރަކީ އުމަވީންގެ ވެރިކަންނިމި ޢައްބާސީންގެ ވެރިކަން ފެށުނު ދުވަސްވަރެވެ. ޢައްބާސީންގެ ކަނޑީގެ މިޔައިން ސަލާމަތްވުމަށްޓަކައި ބަނޫ އުމައްޔާގެ އެންމެހާ ބޮޑު ބޮޑެތީން ގެންދިޔައީ އަމިއްލަ ނަފްސައިގެން ފިލޭތޯ މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން ޢައްބާސީން ގެންދިޔައީ އުމަވީން ހޯދުމަށްޓަކައި ހުރިހާ ތަނެއް ބަލައި ހޯދަމުންނެވެ.  އިބްރާހީމް ބިން ސުލައިމާން ބިން ޢަބްދުލްމަލިކުވެސް ހިމެނުނީ ބަނޫއުމައްޔާގެ ފިލައިގެން އުޅޭ ސަރުދާރުންގެ ތެރޭގައެވެ. އެންމެފަހުން ޢައްބާސީންގެ ފުރަތަމަ ޚަލީފާ އަބޫ ޢަބްދުﷲ ސައްފާޙުގެ އަރިސް މީހުން ޚަލީފާގެ އަރިހުގައި އިބްރާހިމްއަށް ޝަފާޢަތްތެރިވިއެވެ. ޚަލީފާ […]
އިތުރަށް ވިދާޅުވޭ
ޢަބްދުﷲ ބުނު ޙުޛާފާ ރަޟިޔަﷲ އަންހު، ކިސްރާގެ ދަރުބާރުން ނުކުމެވަޑައިގެން ހިންގަވައިގެންނެވިއެވެ. އެބައިމީހުން އެކަލޭގެފާނަށް ދެން ހަދާނެގޮތެއް އެނގިވަޑައިގެންނުވާ ޙާލުކޮޅެއްގައެވެ. އެމީހުން އެކަލޭގެފާނު ޤަތުލުކޮށްލާނެކަމެއް ނުވަތަ އެނބުރި ދިއުމަށް ދޫކޮށްލާނެކަމެއް އެކަލޭގެފާނަކަށް އެނގިވަޑައެއްނުގަންނަވައެވެ. އެކަލޭގެފާނު ކިސްރާގެ ދަރުބާރުން ނުކުމެވަޑައިގެން ވިދާޅުވިއެވެ. [ﷲ ގަންދީ ބުނަމެވެ! މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަތްކޮޅު ފޯރުކޮށްދިނުމަށްފަހު އެބައިމީހުން އަހުރެންނާ މެދު ކޮންމެ ފަދަ ގޮތަކަށް ކަންތައްކުރި ނަމަވެސް އަހަރެންގެ އެއްވެސް ފަރުވާލެއްނެތެވެ.]  ދެން ޖަމަލުކޮޅަށް ސަވާރުވެވަޑައިގެން މަދީނާއަށް ދަތުރުފުޅު […]
އިތުރަށް ވިދާޅުވޭ
އިމާމް ސުފިޔާން ބިން ޢުޔައިނާ (ރަޙިމަހުﷲ) އަކީ އެކަލޭގެފާނުގެ ޒަމާނުގެ މަޝްހޫރު ޙަދީޘް ޢިލްމުވެރިއެކެވެ. އެހެންކަމުން އިސްލާމީ ދުނިޔޭގެ އެކިކަންކޮޅުތަކުން ޢިލްމު އުނގެނުމަށްޓަކައި ވަރަށް ގިނަ ޢަދަދަކަށް އެކަލޭގެފާނުގެ އަރިހަށް ދަރިވަރުން އާދެއެވެ.  މިގޮތުގެ މަތީން އެއްފަހަރަކު އައި (ރަށްފުށުގެ) ޢައުރާބީއަކު ވަރަށް ގިނަ ދުވަސްތަކެއް ވާންދެން އެކަލޭގެފާނުގެ އަރިހުގައި ޢިލްމު ޙާޞިލްކުރަން އުޅުނެވެ. ދުވަސްތަކަކަށް ފަހު ސުފިޔާންގެ އަރިހުން ވަކިވެގެން އޭނާގެ ވަޠަނަށް އެނބުރި ދިއުމަށް އަޢުރާބީ ގަސްތުކުރިއެވެ. އެހިނދު އިމާމް ސުފިޔާން، އަޢުރާބީ އާއި […]
އިތުރަށް ވިދާޅުވޭ
އަޅުގަނޑުމެންގެ މިފަހަރުގެ ބަޠަލަކީ މާތް ނަބިއްޔާ ޞައްލަﷲ ޢަލައި ވަސައްލަމަގެ އަޞްޙާބުންގެ ތެރޭގައި މަތިވެރި ދަރަޖައެއް ލިބިވަޑައިގެންފައިވާ ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބުނު ޙުޛާފާ (އައްސަހުމީ) ރަޟިޔަﷲ ޢަންހު އެވެ. އެހެނިހެން އެތަކެއް ހާސް އިންސާނުންނެކޭ އެއްފަދައިން އެކަލޭގެފާނާއި ބެހޭގޮތުން ވެސް، އެއްވެސް އެއްޗެއް ބަޔާންނުކޮށް މާޒީގެ އަނދިރިކަމުގެ ތެރެއަށް ދޫކޮށްލުމުގެ ފުރުޞަތު ތާރީޚަށް ލިބިފައި އޮތެވެ. އެހެން ނަމަވެސް އިސްލާމީ އިންޤިލާބުގެ ސަބަބުން އެދުވަސްވަރުގެ އެންމެ ބޮޑު ދެބާރުގެ ވެރީންކަމުގައިވި ރޫމުކަރައިގެ ވެރި ޤައިޞަރާއި ފާރިސްކަރައިގެ ވެރި […]
އިތުރަށް ވިދާޅުވޭ
މުދައްރިސް ކުލާހަށް ވަދެ، ޗޯކުބުރިން ބޯޑުގައި ދިގު ރޮނގެއް ދަމައިލިއެވެ. އެއަށްފަހު ދަރިވަރުންނާއި ސުވާލެއްކުރިއެވެ. [މި ރޮނގުގައި އަތްނުލައި، ރޮނގު ކުޑަކޮށްލެވޭނީ ތިޔައިގެ ތެރެއިން ކޮން ކުއްޖަކަށް ހެއްޔެވެ؟]  މުދައްރިސްގެ ސުވާލާއެކު މުޅި ކުލާހަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. ދަރިވަރުންގެ ނަޒަރު އެއް ފަހަރު މުދައްރިސަށް، އަނެއްފަހަރު ބޯޑަށް އަމާޒުވަމުން ދިޔައެވެ. މުދައްރިސް ކުރެއްވި ސުވާލުގެ ޖަވާބު އެއްވެސް ދަރިވަރަކަށް ނޭގުނެވެ. ޙަޤީޤަތުގައިވެސް އެއީ އުނދަގޫ ސުވާލެކެވެ.  ކުލާހަށް ވެރިވެފައި އޮތް ހަމަހިމޭންކަށް ފޫއަޅުވައިލީ އެކުލާހުގައި އިން […]
އިތުރަށް ވިދާޅުވޭ
އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް ފަހުގެ މުޝްރިކުން ދަންނައެވެ! ފަހެ އެބައިމީހުން ކުރީގެ މުޝްރިކުންނަށް ވުރެ ޝިރުކުގައި ދެގޮތަކުން އިތުރުކުރިއެވެ. އެއްގޮތަކީ ފަހުގެ ބައެއްމީހުން ރުބޫބިއްޔަތުގައި ޝިރުކުކުރެއެވެ. ދެވަނައީ އެމީހުން ތަނަވަސްކަމާއި، ދަތި ޙާލުގައިވެސް ޝިރުކުކުރެއެވެ. މިބައިމީހުންގެ ގާތުގައި އުޅޭ މީހުންނަށާއި، އެމީހުންގެ ކަންތައް ފެންނަ މީހުންނަށް މިކަން ރަގަޅަށް އެނގޭނެއެވެ. އެގޮތުން މިޞުރުގައިވާ ޙުސައިން ރަޟިޔަﷲ ޢަންހު އާއި، ބަދަވީގެ […]
އިތުރަށް ވިދާޅުވޭ
އިމާމް އަޙުމަދު ބުނު ޙަންބަލް (ރަޙިމަހުﷲ) އެކަލޭގެފާނުގެ ޢާއިލާގެ ބޭފުޅުންގެ އަރިހުގައި ވަރަށް ގިނަގިނައިން އިމާމް ޝާފިޢީ (ރަޙިމަހުﷲ) ގެ ޢިލްމުވެރިކަމާއި، މާތްކަމާއި، ތަޤުވާވެރިކަމުގެ ވާހަކަ ދައްކަވައެވެ. އެއްދުވަހަކު އިމާމް އަޙުމަދު އެކަލޭގެފާނުގެ ގެކޮޅަށް ޒިޔާރަތްކުރެއްވުމަށް އިމާމް ޝާފިޢީ އަށް ދަޢުވަތު ދެއްވިއެވެ. އިމާމް ޝާފިޢީ، އިމާމް އަޙުމަދުގެ ގެއަށް ވަޑައިގެން، ރޭގަނޑުގެ ކެއުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެއަށްފަހު މެހެމާނުންގެ ކޮޓަރިއަށް ވަދެވަޑައިގެން އަވަހާރަލެއްޕެވުމަށްޓަކައި ތަންމަތީގައި އޮށޯވެވަޑައިގެންނެވިއެވެ.  އަނެއް ދުވަހުގެ ހެނދުނު އިމާމް އަޙުމަދުގެ ދަރިކަނބަލުން އެކަމަނާގެ […]
އިތުރަށް ވިދާޅުވޭ