އެޑްމިންގެ ލިޔުންތައް

ކަށުނަމާދުގައި ބައިވެރިވުމަކީ އަޅުގަނޑުމެންގެ އާދައެކެވެ. އެއީ މައްޔިތާއަށްޓަކައި އޭނާގެ ޢާއިލާގެ މީހުންނާއި ރަޙުމަތްތެރިން އަދާކޮށްދޭންޖެހޭ ޙައްޤެކެވެ. މި އަޅުކަމުގެ ސަބަބެއްކަމުގައި ބެލެވެނީ ދުނިޔެއާ ވަކިވެގެންދިޔަ އަޚާއަށް ޢިއްޒަތާއި އިޙުތިރާމާއެކު އެންމެފަހުގެ އަލްވަދާޢުކިޔުމެވެ. އަދި އޭނާގެ ވެރި ރައްބާއި ބައްދަލުކުރާ ވަގުތު ދިރިތިބީންގެ ހެޔޮދުޢާ އޭނާ އާއި އެކުގައިވުމެވެ.   ކަށުނަމާދަށްފަހު ޤަބުރުސްތާނަށް ޢާންމުކޮށް ގޮސްއުޅެނީ މައްޔިތާ އާއި އޭނާގެ ޢާއިލާއާ ގާތްގުޅުމެއް އޮންނަ މީސްމީހުންނެވެ. އެމީހުން ސަންދޯކުގައި ކޮނޑުއަޅައެވެ. ތިމާމެންގެ އަޚާ ކަށްވަޅަށް ތިރިކުރެއެވެ. އޭނާގެ ޤަބުރަށް ފަސްއަޅައެވެ. […]
އިތުރަށް ވިދާޅުވޭ
އެއްޒަމާނެއްގައި އުޅުއްވި ރަސްކަލެއްގެ އަރިހުގައި ވަރަށް ހެޔޮލަފާ އަދި ބުއްދިވެރި ވަޒީރަކު އުޅުއްވިއެވެ. ރަސްގެފާނުގެ ޚިދުމަތުގައި ދުވަސްގަނޑަކު އުޅުއްވުމަށްފަހު ވަރަށް ކުއްލިގޮތަކަށް ވަޒީފާ ދޫކޮށްލައްވައި، ﷲ އަށް އަޅުކަންކުރެއްވުމާއިގެން ވަޒީރު މަޝްޣޫލުވެވަޑައިގެންނެވިއެވެ. އެއްދުވަހަކު ރަސްގެފާނު، ވަޒީރުގެ އަރިހަށް ވަޑައިގެން ސުވާލުކުރެއްވިއެވެ. ތިބާ ވަޒީރުކަން ދޫކޮށްލެއްވީ ކީއްވެގެން ހެއްޔެވެ؟ ވަޒީރު ވިދާޅުވިއެވެ. އަޅުގަނޑު ޝާހީ ވަޒީފާ ދޫކޮށްލީ ފަސްކަމެއްގެ ސަބަބުންނެވެ. ރަސްގެފާނު ސުވާލުކުރެއްވިއެވެ. އެ ފަސްކަމަކީ ކޮބައިތޯއެވެ؟ ވަޒީރު ޖަވާބުދެއްވިއެވެ. އަޑުއައްސަވާށެވެ! ފުރަތަމަ ސަބަބަކީ ދަރުބާރުގައި މަނިކުފާނު އިށީނދެވަޑައިގެން […]
އިތުރަށް ވިދާޅުވޭ
ހުޅަނގުގެ ތަހުޒީބުގައި ޢަލީމްވަންތަ ޤަދީރުވަންތަ އިލާހަށް ބިރުވެތިވުމަށް އެއްވެސް ޖާގައެއްނުވެއެވެ. ވަޙީ އާއި ނުބުއްވަތުގެ ހިދާޔަތަށް އެއްވެސް ބުރަދަނެއް ނުވެއެވެ. މަރުވުމަށްފަހު އެހެން ޙަޔާތެއްވާކަމުގެ އެއްވެސް ތަޞައްވުރެއްނުވެއެވެ. ދުނިޔޭގައި ކުރާ ޢަމަލުތަކުގެ ޙިސާބުދައްކަންޖެހޭނެކަމުގެ އެއްވެސް އިޙުސާސެއްނުވެއެވެ. އިންސާނާގެ ޒާތީ ޒިންމާގެ އެއްވެސް ސުވާލެއް ނުވެއެވެ. ޙަޔާތުގެ ހައިވާނީ މަޤުޞަދަށްވުރެ މަތިވެރި އެހެން މަޤުޞަދަކާއި ހަދަފެއްނުވެއެވެ. އެއީ ޚާލިޞް މާއްދީ ތަހުޒީބެކެވެ. އިސްލާމީ ތަހުޒީބު އެކަންތައްތަކެއްގެ މައްޗަށް ބިނާވެގެންވާ ކަލާނގެއަށް ބިރުވެތިވުމާއި އީމާންތެރިކާމާއި ތެދުވެރިކަމާއި ޙައްޤުބަސްބުނުމާއި އަމާނާތްތެރިކަމާއި ހެޔޮކަމާއި […]
އިތުރަށް ވިދާޅުވޭ
ހަތަރުވަނަ ފައިދާ   އަހަރެންނަށް ފެނުނު ބައެއް މީހުން ހީކޮށްގެން އުޅުނީ ޢިއްޒަތާއި އިޙުތިރާމް ލިބޭނީ ތިމާމެންގެ ވަށައިގެން ޖާހިލު ޢާންމުން އެއްކުރެވުނު މިންވަރެއްގެ މައްޗަށްކަމަށެވެ. އަނެއްބައި މީހުން ދެކޭގޮތުގައި ހައިބަތާއި މަތިވެރިކަމާއި ޖާހު ލިބޭނީ މުދަލާއި ފައިސާ އާއި ދަރިންނާއި ކާފަދަރިން ގިނަވެގެންނެވެ. ބައެއްމީހުން ވިސްނާގޮތުގައި މަޝްހޫރުކަމާއި ފަޚުވެރިކަން ލިބޭނީ ނިކަމެތިން ވެއްޔާއި މޮޑެ، ލޭގައި އުނގުޅައި، އެމީހުންގެ މުދާ ފޭރިގެންނެވެ. އަދި ބައެއްމީހުން ވިސްނައިގެން އުޅެނީ ޝާނާއި ޝައުކަތުގެ ސިއްރު ވަނީ ތިމާގެ މުދާ […]
އިތުރަށް ވިދާޅުވޭ
ޙާތިމް އަޞައްމު ޚުރާސާނީ، އެކަލޭގެފާނުގެ ދުވަސްވަރުގެ ޡާހިރީ ޢިލްމުތައް (ތަފްސީރު، ޙަދީޘް، ޤިރާއަތު، ތަޖުވީދު އަދި ފަލްސަފާ ފަދަ ޢިލްމުތައް) މަތީ ދަރަޖަޔަކަށް ޙާޞިލްކުރެއްވުމަށްފަހު، އުގަންނައިދެއްވުމުގެ މަސައްކަތް ފެއްޓެވުުގެ ބަދަލުގައި ޢިލްމުގެ ފޮނިކަމާއި މީރުކަން އިތުރަށް އިޙުސާސްކުރެއްވުމަށްޓަކައި އެޒަމާނުގެ ބޮޑު ޢިލްމުވެރިޔެއްކަމުގައިވާ ޝަޤީޤް ބަލްޚީގެ އަރިހަށް ވަޑައިގެންނެވިއެވެ. ޝަޤީޤް ބަލްޚީގެ އަރިހުން ތެދުވެރިކަމާއި ޒާހިދުކަމާއި ކެތްތެރިކަމާއި އަނެކާއަށް އިސްކަންދިނުމާއި ތަވާޟުޢުވެރިކަމާއި ވަފާތެރިކަމާއި ޙިލްމުވެރިކަމާއި މަޢާފުކުރުމާއި ރިވެތި ބަސްބުނުމާއި ސަލާމް ފެތުރުން ފަދަ ރިވެތި އަޚްލާޤުގެ ދަރުސްތައް ޙާޞިލްކުރެއްވުމުގައި […]
އިތުރަށް ވިދާޅުވޭ
އެއްޒަމާނެއްގައި އުޅުއްވި ރަސްކަލެކެވެ. މި ރަސްގެފާނުގެ ވިސްނުންފުޅަށް އަންނަ ކޮންމެ ސުވާލަކަށްވެސް ޖަވާދިނުމަކީ އަރިހުގައި އުޅޭ މީހުންނަށް މަޖުބޫރުކަމެވެ. ޖަވާބުނުދެވިއްޖެނަމަ ރަސްގެފާނުގެ އަމުރަށް އެމީހަކު ޤަތުލުކުރައްވައެވެ. ނޫނީ ޖަލަށް ލައްވައެވެ. ނުވަތަ އެހެންވެސް ބޮޑު އަދަބެއް ދެއްވައެވެ. ރަސްގެފާނުގެ ބޮޑު ވަޒީރަކީ ވަރަށް ވިސްނުންތޫނު ބުއްދިވެރިއެކެވެ. ރަސްގެފާނު ކުރައްވާ ދެކޮޅުނުޖެހޭ، މޮޔަ ކަންތައްތައްވެސް ވަޒީރު ގެންދެވީ އޭނާގެ ތަދުބީރުތައް ބޭނުންކުރައްވައިގެން ޢާންމު ރައްޔިތުންނަށް ވަންހަނާކުރައްވަމުންނެވެ. އެކަމަކު ކިހައި ދުވަހެއް ވާންދެންތޯއެވެ؟ އެންމެފަހުން ވަޒީރުވެސް ރަސްގެފާނުގެ ޝިކާރައިގެ ދަލުގައި […]
އިތުރަށް ވިދާޅުވޭ
އެރެއަށްފަހު އަހަރެންގެ މުޅި ދިރިއުޅުން ބަދަލުވިއެވެ. އަހަރެންނަށް އަލްޙަމްރާގެ ގަނޑުވަރުތައް ފެންނަ ކޮންމެ ފަހަރަކު ނުވަތަ ޣަރުނާޠާގެ ދިގު މުންނާރުތައް ފެންނަ ކޮންމެ ހިނދަކު އަހަރެންގެ ހިތުގެ ޙާލަތު ތަޣައްޔަރުވެގެންދެއެވެ. ބައެއްފަހަރު އެގަނޑުވަރުތަކާއި މެދު އޮންނަ ލޯބި އިތުރުވެގެންދެއެވެ. އަނެއްބައި ފަހަރު އެގަނޑުވަރުތަކާއި މެދު ނަފްރަތު އުފެދެއެވެ. އަހަރެން އެތައްފަހަރަކު އެގަނޑުވަރުތަކުގެ ވަށައިގެން ބުރުޖަހަމެވެ. އެގަނޑުވަރުތަކާއި މުޚާޠަބުކުރަމެވެ. [އޭ އަލްޙަމްރާއެވެ! އޭ މުސްލިމުންގެ މަތިވެރިކަމުގެ އަމީނެވެ! ތިބާ ބިނާކުރި މީހުންގެ މަތީން ތިބާ ހަނދާން އެބަހުރި ހެއްޔެވެ؟ […]
އިތުރަށް ވިދާޅުވޭ
އެންމެފަހުން ބައްޕަ ކުރިއަށް ޖެހި ލޯތްބާއި އެކު އަހަރެންގެ އަތުގައި ހިފުމަށްފަހު ބުނަންފެށިއެވެ. [އަހަރެންގެ ލޯބިވާ ދަރިފުޅާއެވެ! ދަރިފުޅުގެ ޢުމުރުން މިހާރު 10 އަހަރު ވީއެވެ. ދަރިފުޅު މިހާރު ތިޔަ ކުރިމަތިލަނީ ޒުވާންކަމުގެ ދުވަސްތަކާއެވެ. މިއޮތް ހުރިހާ ދުވަހު ދަރިފުޅަށް ސިއްރުކޮށްގެން އުޅުނު ކަންތައް މިއަދު ދަރިފުޅަަށް އަންގަން ބައްޕަ ބޭނުމެވެ. ދަރިފުޅަށް މި ސިއްރު، ސިއްރެއްގެ ގޮތުގައި ހިފެހެއްޓިދާނެ ހެއްޔެވެ؟ ދަރިފުޅާއެވެ! މި ސިއްރު ފުރިހަމަޔަށް ފޮރުވާށެވެ! ތިބާގެ މަންމައަށާއި ގާތްތިމާގެ މީހުންނަށާއި އެކުވެރީންނަށްވެސް ވަންހަނާކުރާށެވެ! […]
އިތުރަށް ވިދާޅުވޭ
އޭރު އަހަރެންނަކީ ކުޑަކުއްޖަކީމެވެ. ގޭތެރޭގައި ހިނގަމުންދާ ކަންތައްތަކެއް އަހަރެންނަކަށް ނޭގެއެވެ. އަހަރެންނަށް، އަހަރެންގެ ލޯބިވާ ބައްޕަ ފެންނަ ކޮންމެ ފަހަރަކުވެސް ބައްޕަ ހުންނަނީ ނުލާހިކު ކަންބޮޑުވެ ހާސްވެފައެވެ. ހަދާނެގޮތް ހުސްވެފައެވެ. އަބަދުވެސް ކޮންމެވެސް ފުން ވިސްނުމެއްގެ ތެރެއަށް ގެއްލިފައެވެ. ބައްޕަގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެފައިވާ ތަން ފެންނާނީ މަދު ފަހަރަކުއެވެ. ކޮންމެ ދުވަހަކުވެސް ބައްޕަގެ މޫނުމަތީން ފެންނަނީ މަރުގެ އަސަރުތަކެވެ. ކޮންމެ ދުވަހަކުވެސް މަދަރުސާއިން ގެއަށް އާދެވުމާއެކު މަދަރުސާގައި ދަސްކުރި އިންޖީލުގެ އާޔަތްތައް އަހަރެން، ބައްޕައަށް […]
އިތުރަށް ވިދާޅުވޭ
ޝާމްކަރައިގެ މަޝްހޫރު ޢިލްމުވެރިޔާ ޝެއިޚް ޠަންޠާވީ އޭނާގެ ހަނދާނުގެ ޞަފްޙާތަކުގައި މި ވާހަކަ ބަޔާންކުރައްވާފައިވެއެވެ. އެވާހަކަ ވަނީ މިފަދައިންނެވެ. އެއްދުވަސްވަރެއްގައި އުޅުނު ވަރަށްވެސް ހެޔޮލަފާ ޞާލިޙް ފިރިހެން ކުއްޖެކެވެ. އޭނާގެ ކިބައިގައި ﷲ އަށް ބިރުވެތިވުމާއި ތަޤުވާވެރިކަމުގެ ސިފަ އެކުލެވިގެންވެއެވެ. އެކަމަކު އިލްމު ޙާޞިލްކުރުމުގެ މާބޮޑު ޝައުޤުވެރިކަމެއް އޭނާގެ ކިބަޔަކު ނުހުރެއެވެ. އޭނާ ކިޔަވަން ގޮސް އުޅުނީ ދީނީ މަދަރުސާއަކަށެވެ. އޭނާއަކީ އުސްތާޒު ބުނާގޮތަކަށް ޢަމަލުކުރާ ކުއްޖެކެވެ. އެދުވަސްވަރަށް ފުދޭ މިންވަރަށް އެދަރިވަރަށް ޢިލްމު ޙާޞިލްކުރެވިއްޖެކަން އުސްތާޒަށް […]
އިތުރަށް ވިދާޅުވޭ