އެޑްމިންގެ ލިޔުންތައް

  މިދުނިޔެ އަކީ އިމްތިޙާނުގެ ގޯއްޗެކެވެ. މިތާނގައި ކޮންމެ އިންސާނަކަށް ވެސް ތަފާތު އުނދަގޫތަކާއި މުޞީބާތްތަކާ ކުރިމަތިލާން ޖެހޭ ފަދައިން، ގުނައި ޢަދަދުނުކުރެވޭހައި ގިނަގުނަ ނިޢުމަތްތައްވެސް ލިބިގެންވެއެވެ.   ވީމާ ދެނެގަތުން ހުއްޓެވެ! ޙަޤީޤީ އުފާވެރިކަމާ އަސްލު ހިތްހަމަޖެހުން ގުޅިފައިވަނީ ކުރިމަތިވާ ހާލަތްތަކާއި ހާދިސާތަކަކާ ނޫނެވެ. އަދި ކިއެއްތަ! އެކަން ގުޅިފައިވަނީ ތިބާގެ ވިސްނުމާއި ފިކުރާއެވެ. ތިބާގެ ހިތާއި ސިކުނޑި އާއެވެ. އެހެންކަމުން ތިބާއަށް ހާސިލުވާން ނެތް އެއްޗަކާ މެދު ޝަކުވާނުކުރާށެވެ. ހާސިލުވުމަށްފަހު ބީވެގެންދިޔަ އެއްޗަކާ މެދު […]
އިތުރަށް ވިދާޅުވޭ
މީސްތަކުންނަށް އެހީތެރިވެ ހެޔޮ ފޯރުކޮށްދިނުމަކީ ވަރަށްވެސް ދަރުމަ ހުރި ކަމެކެވެ. ނަމަވެސް ނިޔަތް ރަގަޅު ނަމައެވެ.ތިމާ ހެޔޮ ފޯރުކޮށްދިން މީހާގެ ކިބައިން އޭގެ ބަދަލު ލިބުމުގެ ނިޔަތުގައި އެއްވެސް މީހަކަށް އެހީތެރިނުވާށެވެ! އެއްވެސް މީހަކު ތިބާއަށް އެކަމަށް މަޖުބޫރުކުރި ހެއްޔެވެ؟  އެހެނެއްކަމަކު މީސްތަކުންނަށް ހެޔޮ ފޯރުވައި އެހީތެރިވެ އުޅުމަށް އަމުރުކުރައްވި އިލާހުގެ ޙަޟުރަތުން ހެޔޮކަމުގެ ބަދަލުލިބުމަށް އެދޭނަމަ، އެކަލާނގެ މަޚުލޫޤުނަށް ހެޔޮފޯރުކޮށްދީ އުޅޭށެވެ! މުއުމިނުންގެ ސިފައަކީވެސް އެއީ އެވެ. ﷲ ތަޢާލާ، މުއުމުނުންގެ ސިފަ ބަޔާންކުރައްވަމުން ވަޙީކުރައްވާފައިވެއެވެ. […]
އިތުރަށް ވިދާޅުވޭ
އަހަރެންގެ ޙަޔާތުން އަހަރެއް އުނިވީއެވެ. އަހަރެން ”ބޮޑުވީއެއް“ ނޫނެވެ. އަދި ކިއެއްތަ؟ ”ކުޑަވީ“ އެވެ. ނުބުއްވަތުގެ ދައުރާ ދުރުވެ، ކަށްވަޅާ ކައިރިކުރުވީއެވެ. އަމާންކަމުގެ ޒަމާން ފަސްދީ، ފިތުނައިގެ ދުވަސްތަކާ ގާތްވީއެވެ. އަހަރެން ކޭކު ފަޅާކަށް ބޭނުމެއްނޫނެވެ. އެހެނީ ވަގުތުގެ ”ތޫނު ވަޅިން“ އަހަރެންގެ ޢުމުރުގެ އަހަރެއް ”ކޮށައިލައިފިއެވެ.“ އަހަރެން އުއްބައްތި ރޯކުރާކަށްވެސް ނެތީމެވެ. އެހެނީ ވަގުތުގެ ރަޙުމަތްނެތް ”ކޮޅިގަނޑުގެ“ ތެރޭގައި އަހަރެންގެ ޢުމުރުގެ ”ބައްތި“ ނިވެމުން ދަނީއެވެ. އަހަރެންނަށް އުފަލުގެ ނެށުންތަކެއް ނުނެށޭނެއެވެ. އެހެނީ އަހަރެން ކަންބޮޑުވަނީ […]
އިތުރަށް ވިދާޅުވޭ
މިދާކަށްދުވަހު ބަލިވެއުޅޭ އެކުވެރިއަކަށް ގޮވައިލަން ދިޔައީމެވެ. އަހަރެއްހާ ދުވަސްކުރިން އެންމެފަހުން އޭނާއާ ބައްދަލުވިއިރު އެއީ ޖާނުގައި ވަރުހުރި ރީތި ޒުވާނެކެވެ. ކުޅަދާނަ ތަޖުރިބާކާރު ސިވިލް އިންޖިނޭރެކެވެ. ހައިބަތު ހުރި ޝަޚުޞިއްޔަތެއްގެ ވެރިއެކެވެ. އެކަމަކު… މިއަދު، އަރެންނަށް ފެނުނީ ބަލިވެއުޅުމުގެ ސަބަބުން ނިކަމެތިވެ އަނަރޫފަވެފައިވާ ހަށިގަނޑެކެވެ. މޫނުމަތީގައި ވަނީ މާޔޫސްކަމެވެ. ވާހަކަދެއްކުމުގެ ތެރޭގައި އޭނާ ބުންޏެވެ. މިހާރު އަހަރެންގެ ބަރުދަނަކީ ހަތްދިހަކިލޯއެވެ. އަހަރެއްހާ ދުވަހު ބަލިވެ އުޅުމަށްފަހުވެސް ހަތްދިހަ ކިލޯ ބަރުދަނުގައި ހުރިނަމަ، ބަލިވުމުގެ ކުރިން ކިތައް ކިލޯ […]
އިތުރަށް ވިދާޅުވޭ
އިސްލާމްވެ ވަޑައިގަތިމަށްފަހު ޢުމައިރު ރަޟިޔަﷲ ޢަންހު އިސްލާމީ ޢިލްމުތައް ޙާޞިލްކުރައްވައިިގެން އެކަލޭގެފާނުގެ ހިތްޕުޅު އީމާންކަމުގެ ނޫރުން އަލިކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނުގެ ހަޔާތްޕުޅަށް އައި މިއުފާވެރި ދުވަސްތަކުގެ ސަބަބުން މައްކާ އާއި މައްކާގެ މީހުންގެ މަތިން އެކަލޭގެފާނު ހަނދުމަނެތިގެން ދިޔައެވެ. އަނެއްކޮޅުން ޞަފްވާނު ބިން އުމައްޔަތު އެއްވެސް ކެތްތެރިކަމެއްނެތި ޢުމައިރު ބިން ވަހްބުގެ ޚަބަރަކަށް އިންތިޒާރު ކުރަމުން ގެންދިޔައެވެ. އޭނާ ހުރީ [އުފާވެރި] ޚަބަރެއް ލިބޭނޭކަމަށް ވަރަށް އުއްމީދު ކޮށްގެންނެވެ. އެދުވަސްވަރު އޭނާ ޤުރައިޝުންގެ މަޖުލިސްތަކުގެ ކައިރިން ދާންޖެހޭ […]
އިތުރަށް ވިދާޅުވޭ
ޢުމައިރު އަށް މަދީނާއަށް ދެވުމާއެކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ، ހޯދުމުގެ މަސައްކަތް ފެށިއެވެ. އެންމެފަހުން މަސްޖިދުއްނަބަވީގެ ކައިރިއަށް އައިސް ސަވާރީން ފޭބިއެވެ. އަދި މިސްކިތާ ދިމާޔަށް ހިނގައިގަތެވެ. އޭރު ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު ބައެއް ޞަޙާބީންނާ އެކު މަސްޖިދުއްނަބަވީގެ ދޮރުކޮޅު ކައިރީ އިށީނދެވަޑައިގެން އިންނެވިއެވެ. އެބޭކަލުން ދައްކަވަމުން ގެންދެވީ ބަދަރުގައި ޤަތުލުވެ، ހައްޔަރުވީ ޤުރައިޝުންގެ ވާހަކައެވެ. އަދި ﷲ ތަޢާލާގެ ފަޟުލާއި ރަޙުމަތުން މުހާޖިރުންނާއި އަންޞާރުން ބަދުރުގެ މައިދާނުގައި ހިތްވަރާއި ފަންވަރު ދެއްކެވިގޮތާ […]
އިތުރަށް ވިދާޅުވޭ
ޢުމައިރު ބުނު ވަހްބު ބަދުރުގެ މައިދާނުން ނަފްސު ސަލާމްކޮށްގެން އެނބުރި މައްކާ އަށް އައުމުގައި ކާމިޔާބު ހޯދިއެވެ. ނަމަވެސް އޭނާގެ ދަރިފުޅު މުސްލިމުންގެ އަތްދަށުގައި ހައްޔަރުވިއެވެ. ޢުމައިރު ބިން ވަހްބު އެންމެ ކަންބޮޑުވީ މުސްލިމުން އޭނާގެ ކުށްތަކުގެ ބަދަލު އޭނާގެ ޒުވާން ދަރިފުޅުގެ ކިބައިން ހިފައިފާނެތީއެވެ. އެހެނީ އެދަރިފުޅުގެ ބައްޕަ އަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކަލޭގެފާނުގެ އަޞްޙާބުންނަށް މެދުކެނޑުމެއް ނެތި ދުއްތުރާތައް ކުރަމުން ގެންދިޔަ މީހެކެވެ. އެއްދުވަހެއްގެ ހެނދުނުގެ ވަގުތު ކަޢުބާގެ ވަށައިގެން […]
އިތުރަށް ވިދާޅުވޭ
ތަރުޖަމާ : އިނާޒް ޢަދުނާން އިންސާނާއަށް އުނދަގޫ ދޭ ސޫފާސޫފީގެ ތެރެއިން މަދިރިއަކީ ފާހަގަކޮށްލެވޭ ސޫތްޕެކެވެ. މަދިރި، އިންސާނާގެ ގައިން ހަމައެކަނި ލޭ ބޮނީއެއްވެސް ނޫނެވެ. އަދި ކިއެއްތަ! އެކަމުގައި އިންސާނާއަށް އާދަޔާޚިލާފު ތަކުލީފެއްވެސް ދެއެވެ. ލޭބުއިމާ ތަދުކުރުމުގެ އިތުރަށް ނުރައްކާތެރި އެތައް ބަލިތަކެއް އިންސާނާއަށް ޖެއްސުމުގެ މެދުވެރިއަކަށްވެސް މަދިރިވެއެވެ.  އަޅުގަނޑުމެންގެ ޤައުމު ފަދަ ޢާންމު ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ސަމާލުކަންނުދޭ ވެރިންންތަކެއް އުޅޭ ޤައުމެއްގައި އާދައިގެ ރައްޔިތުމީހާއަށް ކުރެވޭނެކަމަކީ ޞިއްޙަތަށް ގެއްލުން ހުރި ދުމާއި ވަސް […]
އިތުރަށް ވިދާޅުވޭ