މިދުނިޔެ އަކީ އިމްތިޙާނުގެ ގޯއްޗެކެވެ. މިތާނގައި ކޮންމެ އިންސާނަކަށް ވެސް ތަފާތު އުނދަގޫތަކާއި މުޞީބާތްތަކާ ކުރިމަތިލާން ޖެހޭ ފަދައިން، ގުނައި ޢަދަދުނުކުރެވޭހައި ގިނަގުނަ ނިޢުމަތްތައްވެސް ލިބިގެންވެއެވެ.

ވީމާ ދެނެގަތުން ހުއްޓެވެ! ޙަޤީޤީ އުފާވެރިކަމާ އަސްލު ހިތްހަމަޖެހުން ގުޅިފައިވަނީ ކުރިމަތިވާ ހާލަތްތަކާއި ހާދިސާތަކަކާ ނޫނެވެ. އަދި ކިއެއްތަ! އެކަން ގުޅިފައިވަނީ ތިބާގެ ވިސްނުމާއި ފިކުރާއެވެ. ތިބާގެ ހިތާއި ސިކުނޑި އާއެވެ.

އެހެންކަމުން ތިބާއަށް ހާސިލުވާން ނެތް އެއްޗަކާ މެދު ޝަކުވާނުކުރާށެވެ. ހާސިލުވުމަށްފަހު ބީވެގެންދިޔަ އެއްޗަކާ މެދު ހިތާމަނުކުރާށެވެ. ހާސިލުވާން އޮތް އެއްޗެއް ހޯދުމަށް ހިތްވަރާއެކު މަސައްކަތްކުރާށެވެ. އަދި ހާސިލުވެފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވާށެވެ.

ތިބާއަށް ހާސިލުވެފައިނެތް ކަންކަން ގުނުމުގައި މަޝްޣޫލުވެއްޖެ ނަމަ ދުވަހަކުވެސް ހިތްހަމައެއްނުޖެހޭނެއެވެ. ނަމަވެސް ތިބާއަށް ލިބިފައިވާ ނިޢުމަތްތައް ހަނދާންކޮށްފި ނަމަ، އުފާވެރިކަން ހާސިލުވާނެކަން ކަށަވަރެވެ.