عَنْ ابْنِ عَبَّاسٍ قَالَ فَرَضَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ زَكَاةَ الْفِطْرِ طُهْرَةً لِلصَّائِمِ مِنْ اللَّغْوِ وَالرَّفَثِ وَطُعْمَةً لِلْمَسَاكِينِ مَنْ أَدَّاهَا قَبْلَ الصَّلَاةِ فَهِيَ زَكَاةٌ مَقْبُولَةٌ وَمَنْ أَدَّاهَا بَعْدَ الصَّلَاةِ فَهِيَ صَدَقَةٌ مِنْ الصَّدَقَاتِ
( އަބޫ ދާވޫދު :1371 )
މާނައީ " މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބުނު ޢައްބާސްގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ" ސަލާމާއި ޞަވާތްލެއްވި ކީރިތިރަސޫލާ ފިޠުރުޒަކާތް ފަރުޟުކުރެއްވިއެވެ. އެއީ ( ރޯދައަށްހުރި ދުވަސްވަރުގެ ) ޖިންސީ އެދުންތަކާއި،ބޭކާރު ވާހަކަތަކުގެ ( ފާފައިން) ރޯދަވެރިޔާއަށް ލިބުނު ޠާހިރުކަމަކަށްޓަކައެވެ . އަދި އެއީ މީސްކީނުންނަށް ދެވޭ ކާންދިނުމެކެވެ. ( ޢީދު ) ނަމާދުގެކުރިން އެ ޒަކާތް އަދާކޮށްފިމީހާގެ ކިބައިން ޒަކާތުގެ ގޮތުގައި ޤަބޫލުކުރެވޭނެއެވެ. ނަމަވެސް ( ޢީދު ) ނަމާދުގެފަހުން ދީފިމީހާ އެދެނީ ޞަދަޤާތުގެރެއިންވާ ޞަދަޤާތެކެވެ.
عَنْ أَبِي هُرَيْرَةَ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَنْ ذَرَعَهُ الْقَيْءُ فَلَيْسَ عَلَيْهِ قَضَاءٌ وَمَنْ اسْتَقَاءَ عَمْدًا فَلْيَقْضِ ( ތިރުމިޛީ : 653 )
މާނައީ : މާތްﷲ ރުއްސުންލެއްވި އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބިއްޔާ ޙަދީޘް ކުރެއްވިއެވެ" ކަމަކާނުލައި ހޮޑުލެވުނުމީހާގެ މައްޗަށް ރޯދަ ޤަޟާކުރުމެއް ނުވެއެވެ. ޤަޞްތުގައި ހޮޑުލައިފިމީހާ ފަހެ ރޯދަ ޤަޟާކުރާހުށިކަމެވެ"
- عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ شَدَّ مِئْزَرَهُ وَأَحْيَا
لَيْلَهُ وَأَيْقَظَ أَهْلَهُ ( ބުޚާރީ 1884 )
މާނައީ : މާތްﷲ ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ" ސަލާމާއި ޞަލަވާތްލެއްވި އިތުރު ނަބިއްޔާ ޜަމާޟާންމަހުގެ ފަހުދިހަ ވަދެއްޖެނަމަ އެކަލޭގެފާނުންގެ މިއުޒަރު ( އެބަހީ އުނަގަނޑުގައިވާ އެތިފަށް ) ބާރަށް ބަންނަވައެވެ. ( މީގެމާނައަކީ އަޅުކަމުގައި ހިތްވަރުލާ މިމަހުގެ ކުރީކޮޅަށްވުރެވެސް ބޮޑަށް އަޅުކަމުގައި އުޅުއްވަތެވެ.) އަދި ރޭގަނޑު އިޙްޔާކުރައްވައެވެ. އަދި އެކަލޭގެފާނުންގެ އަހުލުވެރިން ހޭލައްވަވައެވެ"
Narrated Abu Huraira (Radi-Allahu 'anhu):
The Prophet (Sallallahu 'Alaihi Wa Sallam) said, "Whoever fasted the month
of Ramadan out of sincere Faith (i.e. belief) and hoping for a reward from
Allah, then all his past sins will be forgiven, and whoever stood for the
prayers in the night of Qadr out of sincere Faith and hoping for a reward
from Allah, then all his previous sins will be forgiven ."
Bukhari Vol. 3 : No. 231 |