ޑްރޯން ޙަމަލާތަކެއްދީ ސޯމާލިއާއިން 29 މީހުން މަރާލައިފި
27 ޖޫން 2012 - 17:26 - ރާއްޖެއިސްލާމް ނިއުސް ޓީމް

ސޯމާލިއާގެ އިރުމަތީގައި އޮންނަ ބަލަދު ކިޔަ ރަށަކަށް އެމެރިކާގެ ޑްރޯން މަތިންދާ ބޯޓުތަކުން ބޮންއަޅައި މަދުވެގެން 29 މީހުން މަރާލައިފިއެވެ.

ޑްރޯން މަތިންދާ ބޯޓުތަކުން މިއަދު ދިން ޙަމަލާތަކުގައި މަރުވި މީހުންގެ އިތުރުން ވަރަށް ގިނަ މީހުން ޒަޚަމްވިކަމަށް އޮފިޝަލުން ޚަބަރުދީފައިވެއެވެ. އެމެރިކާއިން މިއަދު ދީފައިވާ ޙަމަލާތައްވެސް ދީފައިވަނީ ހަނގުރާމަވެރިންނަށްކަމަށް ބުނެއެވެ. ނަމަވެސް މިފަދަ ޙަމަލާތަކުގައި އެބުނާ ހަނގުރާމަވެރިން މަރުވާ ތަނެއް ނުފެނެއެވެ. މުޅީންވެސް މަރުވަނީ އަންހެނުންނާއި ކުޑަކުދިންނެވެ.