މަގުމަތީގެ އެކްސިޑެންޓުތަކުގައި 3971 މީހުން މަރު.
17 ޖޫން 2012 - 17:30 - ރާއްޖެއިސްލާމް ނިއުސް ޓީމް

ހަތަރު އަހަރުގެތެރޭގައި ޔޫ.އޭ.އީ (ޢަރަބި ޢިމާރާތް) ގައި ހިނގި މަގުމަތީގެ އެކްސިޑެންޓުތަކުގައި 3971 މީހުން މަރުވެފައިވާކަމަށް އެޤައުމުގެ އިންޓީރިއާ މިނިސްޓަރާއި ހަވާލާދީ ޢިމާރާތުގެ ނޫހަކުން ހާމަކޮށްފިއެވެ.

މަގުމަތީގެ އެކްސިޑެންޓްތައް އެންމެ ގިނައިން ހިނގާކަމަށް ރެކޯޑުކުރެވިފައިވާ ޢިމާރާތުގައި 2006 ން 2009 އަށް 37،000 (ތިރީސް ހަތްހާސް) އެކްސިޑެންޓް ރެކޯޑްކުރެވިފައިވެއެވެ. މިމުއްދަތުގެތެރޭގައި ހިނގާފައިވާ އެކްސިޑެންޓުތަކުގެތެރޭގައި 45،500 މީހުންނަށް އެކިވަރުގެ ޒަޚަމްތައްވެފައިވާކަމަށްވެސް ރެކޯޑުކުރެވިފައިވެއެވެ. އޭގެތެރޭގައި ޢިމާރާތުގެ 11،280 މީހުން ހިމެނެއެވެ.

އެކްސިޑެންޓްތައް އެންމެގިނައިން ހިނގަން މެދުވެރިވާ ސަބަބަކީ ކޮންޓްރޯލު ނުކުރެވޭވަރަށް ބާރަށް ދުއްވުމާއި ފަރުވާކުޑަވުންކަމުގައި އެތާނގެ އިންޓީރިއާ މިނިސްޓަރު ހާމަކޮށްފައިވެއެވެ. އަދި ރަތްލައިޓު ޖެހިފައި އިންދާ ދިއުމާއި މަގުގެ ނުބައިފަޅިން ދުއްވުންވެސް ފާހަގަކޮށްފައިވެއެވެ.