ފުރަތަމަ ޞަފްޙާ
ލިޔުން
ދީނީ ލިޔުން
ފަތުވާ
ޢާއްމު ލިޔުން
ފޮތް
އޯޑިއޯ
އޯޑިއޯ ދަރުސް
އޯޑިއޯ
ހަޤީޤީ ވާހަކަ
ވީޑިއޯ
ވީޑިއޯ ދަރުސް
ވީޑިއޯ
މުނިފޫހިފިލުވުން
މަދަޙަ ޘަނާ
ޅެން
މައިޓޯންސް
މުޞައްނިފު
ޚަބަރު
ސުވާލާއި ޖަވާބު
މިޔަންމާގައި ބުދުދީނުގެ މީހުން މުސްލިމުންނާއިދެކޮޅަށް ހިންގަމުންދާ ޤަތުލުޢާއްމު
14 ޖޫން 2012 - 16:00
- ރާއްޖެއިސްލާމް ނިއުސް ޓީމް
މިޔަންމާގެ ބައިމަދު މުސްލިމުންނާއި ދެކޮޅަށް ހައްދުފަހަނަޅާފައިވާ ބުދުދީނުގެ މީހުން މިހާރު ހިންގަމުންދާ ޤަތުލުޢާއްމުތަކުގައި މިހާތަނަށް 10 މުސްލިމުން މަރާލާފައިވެއެވެ. ބުދުދީނުގެ އަންހެނަކު މުސްލިމުން މަރާލިކަމަށްބުނެ މުސްލިމުންގެ އަވަށްތަކަށް އަރައި ހިންގަމުންގެންދާ ޖަރީމާތަކުގައި މުސްލިމުން މެރުމުގެ އިތުރުން މުސްލިމުންގެ އެތައް ގެތަކެއްގައި ބުދުދީނުގެ މީހުން މިހާރުދަނީ ހުޅުޖަހަމުންނެވެ.
އޯއައިސީ ގެ ސެކްރެޓަރީ ޖެނެރަލް ޑރ. އަކްމަލުއްދީން އިޙްސާން އޮގްލޯ ވިދާޅުވީ މިޔަންމާގެ ރެކިން ސްޓޭޓްގެ ބައިިމަދު ރޮހިންޖްޔާ ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެޤައުމުގެ ހައްދުފަހަނަޅާފައިވާ ބުދުދީނުގެ ޖަމާއަތްތަކުން ޖިސްމާނީގޮތުން އަނިޔާކޮށް މީހުންމަރައި މިސްކިތްތައްތަޅައި ގެދޮރުގައި ހުޅުޖަހައި ވަޒަނުން ބޭރުކުރަމުން ގެންދާތާ އެތައް އަހަރެއްވެއްޖެކަމަށާ މުސްލިމުންނާއި ދެކޮޅަށް ހިންގާ މިޖަރީމާތައް މިހާރު ކުރިޔަށްވުރެ ބޮޑުވެފައިވާކަމަށެވެ.
މިޖަރީމާތަކަށް ކެތްނުކުރެވިގެން މިޔަންމާގެ ބައިމަދު މުސްލިމުން މިހާރުގެންދަނީ އަވަށްޓެރި އިސްލާމީ ޤައުމެއް ކަމަށްވާ ބަންގްލަދޭޝް ގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެޤައުމަށްވަދެ ޙިމާޔަތް ހޯދަމުންނެވެ. ނަމަވެސް ބަންގްލަދޭޝްއިން މިމީހުންނަށް އެކަށީގެންވާ އެހީތެރިކަން ފޯރުނުކޮށްދޭކަަމަށްވެއެވެ.
އދ. ބުނާގޮތުން މިޔަންމާއާއި ބަންގްލަދޭޝްއާ ގުޅުނު ހިސާބުގައި ދިރިއުޅޭ ރޮހިންޖްޔާ ދަރިކޮޅުގެ މުސްލިމުންނަކީ މިޔަންމާއިން އެޤައުމުގެ ރައްޔިތުންގެ ގޮތުގައި ބަލައިނުގަންނަބައެކެވެ. މިކަމުގެ ސަބަބުން ރޮހިންޖްޔާ މިސްލިމުންނަކީ ހުރިހާ ހައްޤުތަކަކުން މަޙްރޫމް ކޮށްލެވިފައިވާ އަދި ދުނިޔޭގައި އެންމެ ފަގީރު އަދި އެންމެ ނިކަމެތި ޙާލުގައި ދިރިއުޅެމުންދާ ބައިމަދު ޖަމާއަތްތަކުގެ ތެރޭގައި ހިމެނޭ ޖަމާއަތެއް ކަމަށްވެސް އދ. ން ސިފަކުރެއެވެ.
This text will be replaced
ޑައުންލޯޑްކުރެއްވުމަށް
If you cannot open directly, please Right-Click and Select 'Save Link As..'
ޝައިޚް އިލިޔާސްގެ ދަރުސް ހުކުރު ދުވަހުގެ ރޭ
ކުޑަކުދިންނަށް ޚާއްޞަ ދަރުސެއް މާދަމާ ހަވީރު
އިންޑިއާއަށް ކުރަމުންދާ ވިއްސާރައިގައި 138 މީހުން މަރުވެއްޖެ
ޖެނެޓް ޖެކްސަން އިސްލާމްވެ މިއުޒިކާއި ދުރަށް
ޖިންނިއެއްގެ އުނދަގޫ ޖެހިގެން 3500 މީހުން މަސައްކަތް ހުއްޓާލައިފި
ނަފުސުހޭލައްވާލަދޭށޭ އަންނަނީ ރަމަޟާންކަރީމް – 3
އީމާންކަން ގިނަވެ މަދުވުން
ފާފަ ފުއްސެވޭ ކަންކަން
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންގެ 4 މީހުން މިއަދު މަރާލައިފި
އިޒްރޭލު އުފެއްދުމަށްޓަކައި އެތަކެއް ޢަރަބި ސްޓޭޓްތަކެއް ފަނާކޮށްލިން : އިޒްރޭލްގެ ރިޓަޔާރޑް ޖެނެރަލް
ކޮންމެމީހަކަށް އަތްލެވިގެން ނުވާނެއެވެ.