މުޞީބާތުގެ ވަގުތުގައި ކިޔާނެ ދުޢާއެއް
13 ޖޫން 2012 - 14:04 - ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

ރާއްޖެއިސްލާމް ސުވާލާއި ޖަވާބު ސެކްޝަނުން

ސުވާލު:

މުޞީބާތުގެ ވަގުތުގައި ކިޔާނެ ދުޢާއެއް އޭގެމާނަ އާއިއެކު ބުނެދެވިދާނެތޯއެވެ؟

ޖަވާބު:

މުޞީބާތެއް ޖެހުމުން ކުރާ ދުޢާ

إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ، اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْرًا مِنْهَا

މާނަ: ހަމަކަށަވަރުން އަހަރެމެން މިލްކުވެ ވޮޑިގެންވަނީ މާތް ﷲ އަށެވެ. އަދި ހަމަކަށަވަރުން އަހަރެމެން އެނބުރި ދާހުށީވެސް މާތް ﷲ ގެ ޙަޟްރަތަށެވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް ދިމާވެފައިވާ މުޞީބާތުން ސަލާމަތް ކުރައްވައިފާންދޭވެ. އަދި އެޔަށްވުރެ ހެޔޮ ރަގަޅު ގޮތެއް މިއަޅާ އަށް މެދުވެރި ކުރައްވާފާންދޭވެ.