އަފްޣާނިސްތާނަށް އައި ބިންހެލުމުގައި 100 މަރު
12 ޖޫން 2012 - 13:42 - ރާއްޖެއިސްލާމް ނިއުސް ޓީމް
އަފްޣާނިސްތާނަށް މިދިޔަ ހޯމަދުވަހު އައި ބިންހެލުމުގައި މިހާތަނަށް 100 މީހުންމަރުވެފައިވާކަމަށް އޮފިޝަލުން ހާމަކޮށްފިއެވެ.
ރިކްޓަރ މިންގަނޑުން 5.4 ގެ ބާރުމިނުގައި އައި މިބިންހެލުމުގެ އަސަރު އެންމެބޮޑަށް ކޮށްފައިވަނީ އަފްޣާނިސްތާނުގެ އުތުރުގައި އޮންނަ ބަޣްލާން ޕްރޮވިންސަށެވެ. މިޙާދިސާގައި ބިންގަނޑު ކަންޑައިގެން ދިއުމުގެ ސަބަބުން ގާތްގަނޑަކަށް 25 ގެ ބިމުގައި ވަޅުލެވިފައިވެއެވެ. މިބިންހެލުމުގެ އަސަރު ވެރިރަށް ކާބުލްއަށްވެސް ކޮށްފައިވާކަމަށް ރަސްމީ ފަރާތްތަކުން ޚަބަރުދެއެވެ.
ބިންހެލުމުގެ ސަބަބުން ވަޅުލެވިފައިވާ ގެތަކުން މީހުންސަލާމަތްކުރެވޭތޯ ސިފައިން މަސައްކަތްކުރަމުންދާއިރު އެމީހުންނަށް ކުރިމަތިވެފައިވާ އެންމެބޮޑު ހުރަހަކީ ކަމަށް ބޭނުންވަ ސާމާނު ނެތުމެވެ.