ﷲގެ އިޛްނަ ފުޅާލައިގެންމެނުވީ މަރުވުމަކީ އެއްވެސް ނަފްސަކަށް އޮތްކަމެއް ނޫނެވެ.
11 ޖޫން 2012 - 09:30 - އާލް އިމްރާން 145

އާލްއިމްރާން ސޫރަތުގެ 145 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ޥަތަޢާލާ ޥަޙީކުރައްވާފައިވަނީ:

وَمَا كَانَ لِنَفْسٍ أَن تَمُوتَ إِلَّا بِإِذْنِ اللَّـهِ كِتَابًا مُّؤَجَّلًا ۗ وَمَن يُرِ‌دْ ثَوَابَ الدُّنْيَا نُؤْتِهِ مِنْهَا وَمَن يُرِ‌دْ ثَوَابَ الْآخِرَ‌ةِ نُؤْتِهِ مِنْهَا ۚ وَسَنَجْزِي الشَّاكِرِ‌ينَ

މާނައީ: އަދި ﷲ ގެ އިޛްނަ ފުޅާލައިގެންމެނުވީ މަރުވުމަކީ އެއްވެސް ނަފްސަކަށް އޮތްކަމެއް ނޫނެވެ. (އެކަންއޮތީ) ވަގުތު ކަނޑައަޅުއްވައި ލިޔުއްވާފައެވެ. އަދި ދުނިޔޭގެ ثواب އެދޭމީހާ، (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރު ކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި، آخرة ގެ ثواب އެދޭމީހާ (ދަންނާށެވެ!) އެމީހަކަށް ތިމަންރަސްކަލާނގެ އޭގެތެރެއިން މިންވަރުކުރައްވާފައިވާ އެއްޗެއް ދެއްވާހުށީމެވެ. އަދި ޝުކުރުކުރާ މީހުންނަށް ތިމަންރަސްކަލާނގެ ޖަޒާ ދެއްވާހުށީމެވެ.

This text will be replaced


ޑައުންލޯޑްކުރެއްވުމަށް
If you cannot open directly, please Right-Click and Select 'Save Link As..'