ފްރާންސް ސިފައިންގެ 6 މީހުން މިއަދު މަރާލައިފި
09 ޖޫން 2012 - 16:45 - ރާއްޖެއިސްލާމް ނިއުސް ޓީމް

އަފްޣާނިސްތާނުގައި ހަނގުރާމަވެރިން ދިން ޙަމަލާއެއްގައި ފްރާންސް ސިފައިންގެ 6 މީހުން މިއަދު މަރާލައިފިއެވެ.

އަފްޣާނިސްތާނުގެ އިރުމަތީގައިވާ ކަޕީސާ ޕްރޮވިންސްގައި ހަނގުރާމަވެރިންދިން މި ވަރުގަދަ ޙަމަލާގައި ބޭނުންކޮށްފައިވަނީ ގޮވާތަކެތިކަމަށާއި ފްރާންސްގެ މި މީހުންތައް މަރުވިކަން އަފްޣާން ފުލުހުންވަނީ ކަށަވަރުކޮށްދީފައެވެ. ފްރާންސް ސިފައިންގެ 6 މީހުން މަރުވުމުގެ އިތުރުން މަދުވެގެން 3 މީހުން ވަރަށްބޮޑަށް ޒަޚަމްވެފައިވާކަމަށް ޚަބަރުލިބެއެވެ.