

މުސްލިމުންނާއި ޚިލާފުވެ މުޝްރިކުންނާއި ވައްތަރުވާންވީތޯއެވެ؟

09 ޖޫން 2012 - 09:00 - ކިޔުންތެރިއެއް
މާފް ކުރައްވާށެވެ. މިލިޔުމުގެ މަޢުޟޫއުގެ ގޮތުންނެވެ. ހިތާމައަކީ ސައްތައިންސައްތަ މި އިސްލާމީ މުޖުތަމަޢުގެ ދިފާޢުގައި މަސައްކަތްކުރާ އެންމެ ބޮޑު ދެ މުއައްސަސާގެ ޤަވާއިދުތަކުގައި މުޝްރިކުންނާއި ވައްތަރުވުމަށް ބާރު އަޅާ ޤަވޢިާދުތަކެއްވާކަމެވެ. މިލިޔުމުގައި އަޅުގަނޑު އަލި އަޅުވާލަން ގަސްދުކުރަނީ މުޝްރިކުންނާއި ޚިލާފުވެ، ތަފާތުވުމަށް އަޅުގަނޑުމެންގެ މާތް ނަބިއްޔާ صلى الله عليه وسلم އަންގަވާފައިވާ އެންގެވުންތަކުގެ ތެރެއިން ފިރިހެނުންގެ ތުނބުޅި މަތިމަހުގެ ކަންތަކަށެވެ. ސިފައިންނާއި ފުލުހުންގެ ޤަވާއިދަކީ ބައެއްގެ އަތުން ކޮށައިމަށައި އޭގައި އެބަޔަކު ބޭނުން ކުލައެއް ޖައްސައިގެން ތައްޔާރު ކޮށްފައިވާ އެއްޗެކެވެ. މާތް ނަބިއްޔާ صلى الله عليه وسلم އަމުރު ކުރައްވަނީ މުޝްރިކުންނާއި ޚިލާފުވުމަށެވެ. މާތް ނަބިއްޔާ صلى الله عليه وسلم ހަދީޘް ކުރެއްވިއެވެ. عن ابن عمر رضي الله عنه قال : قال رسول صلى الله عليه وسلم : (خالفوا المشركين ، وفروا للحى ، واحفوا الشوارب.) މާނައީ ﷲރުއްސުންލެއްވި އިބްނިޢުމަރުވިދާޅުވަތެވެ. رسول صلى الله عليه وسلمޙަދީޘްފުޅުކުރެއްވިއެވެ. "ތިޔަބައިމީހުން މުޝްރިކުންނާއި ޚިލާފްވާށެވެ. އަދި ތިޔަބައިމީހުންގެ ތުނބުޅިތައް ދޫކޮށްލާށެވެ. އަދި ތިޔަބައިމީހުންގެ މަތިމަސްތައް ތުނިކުރާށެވެ ." އަދިވެސް ހަދީޘް ކުރެއްވިއެވެ. عن أبي هريرة رضي الله عنه قال : قال رسول صلى الله عليه وسلم : (جزوا الشوارب ، وأرخوا للحى ، خالفوا المجوس.) މާނައަކީ އަބޫހުރައިރާ رضي الله عنه ދަންނަވަނީ ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ." ތިޔަބައިމީހުން މަތިމަސްތައް ތުނިކުރާށެވެ. އަދި ތުނބުޅިތައް ދޫކޮށްލާށެވެ. ތިޔަބައިމީހުން މަޖޫސީންނާއި ޚިލާފްވާށެވެ. " އަދިވެސް ހަދީޘް ކުރެއްވިއެވެ. عن بن عمر رضي الله عنه قال : ( ذكر رسول صلى الله عليه وسلم المجوس فقال : إنهم يوفرون سبالهم و يحلقون لحاهم فخالفوهم.) މާނައަކީ ﷲރުއްސުންލެއްވި އިބްނުޢުމަރުވިދާޅުވަތެވެ. "ސަލާމާއިޞަލަވާތްލެއްވި ﷲ ގެ ރަސޫލާ މަޖޫސީންގެ ވާހަކަދައްކަވަމުން ވިދާޅުވިއެވެ ހަމަކަށަވަރުން އެބައިމީހުންނަކީ މަތިމަސް ދޫކޮށް ތުނބުޅިބާލާމީހުންނެވެ. ފަހެތިޔަބައިމީހުން އެބައިމީހުންނާއި ޚިލާފުވާށެވެ "
ދަންނަވަންތޯއެވެ. ސިފައިންނާއި ފުލުހުންގެ ޔުނީފޯރމް ޤަވާއިދުގެ ހާލަތު އިސްވެ ދެންނެވުނު ހަދީޘްތަކުގައިވާ ފަދައިން މާތް ނަބިއްޔާ صلى الله عليه وسلم ޚިލާފެވެ. އެދެ މުއައްސަސާގެ ޔުނީފޯރމް ޤަވާއިދުގައިވެސް ވަނީ ތުނބުޅި ބޭލުމަށެވެ. ބޭނުން މީހަކަށް މަތިމަސް ބެހެއްޓިދާނެއެވެ. މިފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލުން، މިއީ ހިތާމަ ހުރިކަމެކެވެ.
އިސްލާމީ މުޖުތަމައެއްގެ ސަލާމަތާއި އަމަން ބަލަހައްޓާ ބަޔަކަށް މާތްނަބިއްޔާގެ ސުންނަތަކީ މުހިއްމު އެއްޗެކެވެ. އެހެނީ އެމީހުން އެތިބެނީ ﷲ ގެ މަގުގައި ހޭލައެވެ. ﷲ އަށް އިޚްލާސްތެރިވާ ޙާލުގައި ހޭލާ ތިބެ، މުޖުތަމަޢުގެ ޙިމާޔަތަށްޓަކައި މިވަރުގެ މަސައްކަތެއްކުރުމީ ﷲ އަށްޓަކައި ކުރެވޭ ކިހާބޮޑު އަޅުކަމެއް ހެއްޔެވެ؟ ﷲ އާއި ރަސޫލާ صلى الله عليه وسلم ގެ އަމުރުތަކަށް ކިޔަމަންތެރިވުމާއި މެދު ﷲ ގެ ދަރުބާރުގައި ސުވާލު ކުރެވޭނެތީއެވެ. ﷲ ގެ އަމުރުފުޅުތަކަށް ތަބާނުވާބަޔަކު ނާކާމިޔާބުވެދާތީ ބިރުވެތިވާށެވެ. އެދުވަހުގައި އުޛުރު ނުދެއްކޭނެއެވެ.
އަލްއަޙްޒާބު ސޫރަތުގައި الله تعالى ވަޙީކުރައްވަތެވެ. "يَوْمَ تُقَلَّبُ وُجُوهُهُمْ فِي النَّارِ يَقُولُونَ يَا لَيْتَنَا أَطَعْنَا اللَّهَ وَأَطَعْنَا الرَّسُولَا(66) وَقَالُوا رَبَّنَا إِنَّا أَطَعْنَا سَادَتَنَا وَكُبَرَاءَنَا فَأَضَلُّونَا السَّبِيلَا(67) رَبَّنَا آتِهِمْ ضِعْفَيْنِ مِنَ الْعَذَابِ وَالْعَنْهُمْ لَعْنًا كَبِيرًا(68)"، މާނައަކީ:"އެއުރެންގެ މޫނުތައް، ނަރަކައިގައި ފުރޮޅަފުރޮޅައިތިބޭ ދުވަހެވެ. އެއުރެން ބުނާނެތެވެ. ތިމަންމެން الله تعالىއަށް ކިޔަމަންވެ، އަދި (އެކަލާނގެ) ރަސޫލާއަށް ކިޔަމަންވީނަމަ ކިހާރަނގަޅު ހެއްޔެވެ! އަދި އެއުރެން ބުނާނެތެވެ. އަޅަމެންގެ ވެރި ރަސްކަލާކޮ! ހަމަކަށަވަރުން، އަޅަމެންގެ ސާހިބުންނަށާއި، އަޅަމެންގެ ބޮޑުންނަށް، އަޅަމެން ކިޔަމަންވީމުއެވެ. ފަހެ، އެއުރެން އަޅަމެން މަގުފުރެއްދީއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! ޢަޛާބުގެ ތެރެއިން ދެގުނަ، އެއުރެންނަށް ދެއްވާނދޭވެ! އަދި ބޮޑުވެގެންވާ ލަޢުނަތް ލެއްވުމަކުން، އެއުރެންނަށް ލަޢުނަތް ލައްވާނދޭވެ!" އަދިވެސް ހަމަ އެސޫރަތުގައި އައިސްފައިވެއެވެ. "وَمَنْ يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا"، މާނައަކީ:"الله تعالىއަށާއި، އެކަލާނގެ ރަސޫލާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ ނަޞީބު ލިބުމަކުން އެމީހާއަށް ނަޞީބު ލިބިއްޖެއެވެ."
އާދޭހެވެ! އެންމެންވެސް ބޭނުމީ ނަޞީބެވެ. ﷲ ގެ އަޛާބުން ސަލާމަތްވުމެވެ. ﷲ އާއި ރަސޫލާ صلى الله عليه وسلم އަށް ތަބާވެ، ސުންނަތަށް ލޯބޮކޮށް ނަރަކައިން ސަލާމަތްވުމެވެ. އަޅުގަނޑުގެ ދުޢާއަކީ ސިފައިންނާއި ފުލުހުންގެ ވެރިންނަށާއި އެންމެހާ ސިފައިންނާއި ފުލުހުންނަށާއި އެންމެހާ ދިވެހި ރައްޔަތުންނަށް ﷲ ހިދާޔަތުގެ މަގު މިންވަރު ކުރައްވައި އެމަގުން ހިނގުމުގެ ހެޔޮ ތަޢުފީގު ދެއްވުމެވެ. އެތައްއެތައް ސިފައިންނަކާއި ފުލުހުންގެ ހައްޤުތަކަށް އެ ސިފައިންނާއި ފުލުހުންގެ ވެރީން ރައްކާތެރިވުމެވެ. އެއީ އެހައްޤުތަކާއި މެދު ސުވާލުކުރެވޭ ދުވަހު ސުވާލުތަކަށް ޖަވާބުދާރިވުމަށެވެ. ރަސޫލުﷲ صلى الله عليه وسلم އަގުމާތްވި މި އިރުޝާދަށް ތަބާވާށެވެ.
މާތް ރަސޫލާ-صلى الله عليه وسلم-ގެ ޙަދީޘްފުޅެއްގައިވެއެވެ. "كُلُّكُمْ رَاعٍ وَمَسْؤُولٌ عَنْ رَعِيَّتِهِ"، މާނައަކީ:"ކޮންމެ މީހަކީ ބެލެހެއްޓުން ތެރިއެކެވެ. އަދި އޭނާ ބަލަހައްޓަށްޖެހިފައިވާ ބަޔަކާމެދު ސުވާލުކުރެވޭނޭ، ޖަވާބުދާރީވާން ޖެހޭނޭ މީހެކެވެ." ވީމާ، އާޚިރަތް ދުވަހު، އެންމެ އެކަނިވެރިވެ، ނަފްސީ ނަފްސީ އޭ ގޮވާދުވަހު، الله تعالىގެ ދަރުބާރުގައި ހެޔޮގޮތުގައި ޖަވާބުދާރީވެލެއްވުމަށްޓަކައި، ފުރިހަމަގޮތުގައި ޛިންމާދާރުވެލެއްވުމަށް ނަޞީޙަތްތެރިވަމެވެ.

މި ވެބްސައިޓުގައި ހިމެނޭ ލިޔުންތަކާއި ފޮތްތައް ވިޔަފާރީގެ އުޞޫލުން ބޭނުން ކުރެވޭނީ އަޅުގަނޑުމެންގެ ޚާއްޞަ ހުއްދައެއްލިބިގެންނެވެ.
ޑިމޮކްރަސީއާއި ޔަހޫދީންގެ ރޭވުންތަކަށް ސަމާލުވާށެވެ.