

މުޝްރިކުންނާ އެހީތެރިވުމާއި އެމީހުންނާ ގުޅިގެން އުޅުން(2)

08 ޖޫން 2012 - 07:00 - އަބޫ ސ، ޢާން
ބަޔާންވެދިޔަ ގިނައާޔަތްތަކަށް ނަޡަރު ހިންގާލުމުން އެއިން ފާހަގަވެގެންދާ ކަމެއް އެބައޮތެވެ. އެއީ އެއާޔަތްތަކުގައި ﷲ މުޚާޠަބުކުރައްވާފައިވަނީ އީމާންކަމުގެ އަހުލުވެރިންނާއެވެ. އީމާންކަމުގެ އަހުލުވެރިންނާ މުޚާޠަބުކުރައްވާފައިވުމުން އެއިން އެނގިހާމަވެގެންދަނީ ކަމުގެ މުހިއްމުކަމެވެ. ކަމުގެ ޚުޠޫރަތްތެރިކަމެވެ. އީމާންވުމަށް ފަހުގައި މުޝްރިކުންނާ އެހީތެރިވުމާއި އެމީހުންނާ ގުޅިގެން އުޅުމަކީ އެއްގޮތަކަށްވެސް ކުރުން ހެޔޮވާވަރުގެ ކަމެއް ނޫންކަމުގައެވެ. އިބްނި ޢައްބާސް ވިދާޅުވެފައިވަނީ އާޔަތެއްގައި يَا أَيُّهَا الَّذِينَ آمَنُوا މިފަދައިން އަތުވެއްޖެނަމަ އެއަންނަނީ ކަމެއްކުރުމަށް އަމުރެކެވެ. ނުވަތަ ކަމަކުން ދުރުވެގަތުމަށް އަމުރެކެވެ. يَا أَيُّهَا الَّذِينَ آمَنُوا މިފަދައިން އައިސްފައިވާ ބަޔާންވެދިޔަ ހުރިހާ އާޔަތްތަކުން އަޅުގަނޑުމެންނަށް ފެނިގެންދަނީ ކަމަކުން ދުރުވެގަތުމަށް އަމުރުއައިސްފައިވާތަނެވެ. އެއީ އީމާންވުމަށްފަހު މުޝްރިކުން ނުވަތަ ކާފަރުން ތިމާމެންގެ އެކުވެރިންކަމުގައި ނުބެލުމުގެ އަމުރެވެ. އީމާންވުމަށްފަހު މަދީނާއަށް ހިޖުރަނިކޮށް މުސްލިމުންގެ ތެރެއިން ބަޔަކު މައްކާގައި މަޑުކުރެއްވިއެވެ. މިގޮތަށް ތިއްބާ މައްކާގެ މުޝްރިކުން މުސްލިމުންނާ ދެކޮޅަށް ކުރި ބަދުރު ހަނގުރާމައިގައި މުސްލިމުންނާ ދެކޮޅަށް ނިކުތުމަށް މަޖްބޫރުކުރިއެވެ. މުޝްރިކުންނާއެކު މުސްލިމުންނާދެކޮޅަށް ބަދުރުހަނގުރާމައިގައި މުސްލިމުންނިކުތެވެ. އަދި ހަނގުރާމައިގައި ޤަތުލުވެސްވިއެވެ. މިމީހުންނާބެހޭގޮތުން މިއާޔަތާއި އަދިމިނޫނަސް އެހެން އާޔަތްތައް ބާވައިލެއްވުނެވެ.
إِنَّ الَّذِينَ تَوَفَّاهُمُ الْمَلَائِكَةُ ظَالِمِي أَنفُسِهِمْ قَالُوا فِيمَ كُنتُمْ قَالُوا كُنَّا مُسْتَضْعَفِينَ فِي الْأَرْضِ قَالُوا أَلَمْ تَكُنْ أَرْضُ اللَّـهِ وَاسِعَةً فَتُهَاجِرُوا فِيهَا فَأُولَـٰئِكَ مَأْوَاهُمْ جَهَنَّمُ وَسَاءَتْ مَصِيرًا﴿٩٧﴾ إِلَّا الْمُسْتَضْعَفِينَ مِنَ الرِّجَالِ وَالنِّسَاءِ وَالْوِلْدَانِ لَا يَسْتَطِيعُونَ حِيلَةً وَلَا يَهْتَدُونَ سَبِيلًا﴿٩٨﴾﴿النساء:,98 97﴾ މާނައީ: " ހަމަކަށަވަރުން އެއުރެންގެ نفس ތަކަށް އަނިޔާވެރިވެގެން ތިބޭ حال ގައި، ملائكة ން، އެއުރެންގެ މަރު ހިއްޕަވާ މީހުންނަށް ވިދާޅުވާނެތެވެ. ތިޔަބައިމީހުން އުޅުނީ ކޮންގޮތެއްގައިހޭ؟ އެއުރެން ދަންނަވާނެތެވެ. ތިމަންމެންވީ، ބިމުގައި ނިކަމެތިކަން ލިބިގެންވީ ބަޔަކު ކަމުގައެވެ. އެބޭކަލުން ވިދާޅުވާނެތެވެ. ތިޔަބައިމީހުން، އެ ބިމުގައި هجرة ކުރުމަށް اللَّه ގެ ބިން ތަނަވަސްވެގެންނުވޭހޭ؟ ފަހެ (قيامة ދުވަހުން) އެއުރެން ތިބެނިވި ތަނަކީ ނަރަކަޔެވެ. އެއީ، ނުބައިވެގެންވާ ނިމިދިޔުމެކެވެ. (هجرة ކުރާނެ) ގޮތެއްގެ ކުޅަދާނަކަން ލިބިގެންނުވާ، އަދި، (هجرة ޔަށް) ދާނެމަގެއް ފެނިފައިނުވާ ނިކަމެތި ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މެނުވީއެވެ. "
އެހެންވެގެން މިއާޔަތުގެ( يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا الْيَهُودَ وَالنَّصَارَىٰ أَوْلِيَاءَ بَعْضُهُمْ أَوْلِيَاءُ بَعْضٍ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ إِنَّ اللَّـهَ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿المائدة: ٥١﴾ މާނައީ: " އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން يهودى ންނާއި، نصارى އިން (އެއީ) އެކުވެރިން ކަމުގައި ނުބަލާށެވެ! އެއުރެންގެ ތެރެއިން އެއްބަޔަކީ އަނެއްބަޔެއްގެ އެކުވެރިންނެވެ. ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. ހަމަކަށަވަރުން، އަނިޔާވެރި ބަޔަކަށް اللَّه ތެދުމަގެއް ނުދައްކަވާނެތެވެ. ") ތަފްސީރުގައި އިބްނި ޖަރީރު ލިޔުއްވާފައިވެއެވެ. " މުއުމިނުން ފިޔަވައި ޔަހޫދީންނާއި ނަޞާރާއިން އެކުވެރިންކަމުގައި ބަލައިފި ކޮންމެމީހަކު ވާހުށީ އެމީހުންގެ ތެރެއިންނެވެ.(އެބަހީ: ޔަހޫދީންނާއި ނަޞާރާއިންގެ ތެރެއިންނެވެ.) ފަހެ ހަމަކަށަވަރުން އެމީހުން(ޔަހޫދީންނާއި ނަޞާރާއިން) އެކުވެރިންކަމުގައި ބަލައި މުއުމިނުންގެ މައްޗަށް އެމީހުންނަށް (ޔަހޫދީންނާއި ނަޞާރާއިންނަށް) ނަޞްރުދޭމީހަކުވާހުށީ އެމީހުންގެ ދީނާއި އެމީހުންގެ މިއްލަތުގެ ތެރެއިންނެވެ...." އަދި މިއާޔަތުގެ وَمَن يَتَوَلَّهُم مِّنكُمْ فَإِنَّهُ مِنْهُمْ " ތިޔަބައިމީހުންގެ ތެރެއިން އެއުރެން އެކުވެރިން ކަމުގައި ބަލައިފިމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެއީ، އެއުރެންގެ ތެރެއިންވާ މީހެކެވެ. " މިތަންކޮޅާމެދު އިބްނު ޙަޒްމު އޭނާގެ "އަލްމުޙައްލާ" ގައި ވިދާޅުވެފައިވަނީ މިބަސްފުޅުގެ މުރާދު އައިސްފައިވަނީ ބޭރުފުށުގެ މާނައިގައެވެ. އެބަހީ އެފަދަމީހަކު ހިމެނޭނީ އެންމެހާ ކާފިރުންގެ ތެރެއިންކަމަށެވެ."
މުޝްރިކުންނާއި އެހީތެރިވުމާއި އެމީހުންނާ ގުޅިގެން އުޅުމުގެ މައްސަލާގައި ބިންބާޒުގެ ފަތުވާ 1/274 ގައި ވެއެވެ. " މުސްލިމުންނާ ދެކޮޅަށް ކާފިރުންނާ ބައިވެރިވެ އެމީހުންނަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ދީފިނަމަ އެމީހަކުވާހުށީ އެމީހުންފަދަ ކާފިރަކަށެވެ. މިކަމަށް މުސްލިމު ޢިލްމުވެރިންވަނީ އިޖްމާޢުވެފައެވެ."
ޝައިޚުލް އިސްލާމް އިބްނި ތައިމިޔާ ވިދާޅުވެފައިވެއެވެ. " ﷲއަށާއި ނަބިއްޔާއަށާއި އެނަބިއްޔާގެ މައްޗަށް ބާވައިލެއްވި ތަކެއްޗަށް އީމާންވުން ، އެމީހުންނާ(އެބަހީ މުޝްރިކުންނާ) ގުޅުން ނުބޭއްވުމަށް ލާޒިމުކުރެއެވެ. އެހެންކަމުން އެމީހުންނާ ގުޅުންއޮތްކަން ސާބިތުވުމުން އީމާންކަން ނެތިގެންދިއުން ވާޖިބުކުރެއެވެ.
"
ބަޔާންވެދިޔައީ މުޝްރިކުންނާ އެހީތެރިވުމާއި އެމީހުންނާ ގުޅިގެން އުޅުމުގެ މަސްއަލާގައި ޢިލްމުވެރި ބޭކަލުންގެ ބަސްފުޅުތަކެވެ. ނަމަވެސް މިއަދު އަޅުގަނޑުމެނެް ސައްތައިންސައްތަ މުސްލިމު ދިވެހިންގެ ގާތުގައި މުޝްރިކުންވަރުގެ ބަޔަކުނެތެވެ. ކަމެއް ދިމާވާއިރަށް އެހީއަށް އެދެނީ އެމީހުންގެ ފަރާތުންނެވެ. މުސްލިމު އަޚާނިކަމެތިކޮށްފައި މުޝްރިކުމީހާ މާތްކުރަނީއެވެ. އަޅުގަނޑުމެންގެ ޢަޤީދާ ވަރުގަދަކުރަން ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަމާއެވެ.
(ނުނިމޭ)

މި ވެބްސައިޓުގައި ހިމެނޭ ލިޔުންތަކާއި ފޮތްތައް ވިޔަފާރީގެ އުޞޫލުން ބޭނުން ކުރެވޭނީ އަޅުގަނޑުމެންގެ ޚާއްޞަ ހުއްދައެއްލިބިގެންނެވެ.
އަފްޣާނިސްތާނުގައި އެމެރިކާ ސިފައިންގެ ދެ މީހުން މަރާލައިފި