ފުރަތަމަ ޞަފްޙާ
ލިޔުން
ދީނީ ލިޔުން
ފަތުވާ
ޢާއްމު ލިޔުން
ފޮތް
އޯޑިއޯ
އޯޑިއޯ ދަރުސް
އޯޑިއޯ
ހަޤީޤީ ވާހަކަ
ވީޑިއޯ
ވީޑިއޯ ދަރުސް
ވީޑިއޯ
މުނިފޫހިފިލުވުން
މަދަޙަ ޘަނާ
ޅެން
މައިޓޯންސް
މުޞައްނިފު
ޚަބަރު
ސުވާލާއި ޖަވާބު
ޕާޓީތަކަކީ ފިތުނަފަސާދަ އުފެއްދުމަށްޓަކައި ކާފަރުންގެތެރެއިން އައިސްފައިވާ ނިޒާމެއް: ޝައިޚް ޢަބްދުﷲ
30 މެއި 2012 - 21:30
- ރާއްޖެއިސްލާމް ނިއުސް ޓީމް
"
ޕާޓީތަކުގެ ފަލްސަފާއަކީ ﷲ ފިޔަވައި އަޅުކަންކުރެވޭ މަޢުބޫދުންތަކެއް"
"ކަނު ތަޤުލީދެއް ކުރަމުންމިދާދިއުމަކީ އެއީ ޕާޓީއަކީ އެމީހާގެ އިލާހުކަމުގައި ބަލައިގަނެގެން އުޅޭ އުޅުމެއް"
ޕާޓީތަކަކީ ފިތުނަފަސާދަ އުފެއްދުމަށްޓަކައި ކާފަރުންގެތެރެއިން އައިސްފައިވާ ނިޒާމެއްކަމަށާއި އެފަދަ ނިޒާމުތައް ނައްތާލުމަށްޓަކައި އަޅުގަނޑުމެން މަސައްކަތްކުރަން ޖެހޭކަމަށް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
"ޢިލްމީ ޚަޒާނާ"ގެ 161 ވަނަ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝައިޚް ވިދާޅުވީ ޕާޓީ ނިޒާމުގެތެރެއިން އިސްލާމީ މުޖުތަމަޢު ހަލާކުކޮށް ބައިބައިކުރަމުންދާ ކަންތައްތަކާއިމެދު މުސްލިމުން ސަމާލުވާން އެބަޖެހޭކަމަށެވެ.
"ޕާޓީތަކުގެ ފަލްސަފާއަކީ ﷲ ފިޔަވައި އަޅުކަންކުރެވޭ މަޢުބޫދުންތަކެއް އުފައްދައިގެންއުޅޭ ބައެއް، އެފަދަ މަޢުބޫދުންތަކަކީ ﷲ ފިޔަވައި އެހެން އިލާހުންތަކެއްގެގޮތުގައި ކޮޅަށްޖަހައިގެންއުޅޭ ތަކެތީގެ ގޮތުގައި އަޅުގަނޑު ސިފަކުރަނީ، އަޅުގަނޑުމެންނަށް ފެނިގެންއެބަދޭ ﷲ ސުބުޙާނަހޫޥަތަޢާލާގެ ޙުކުމްފުޅު އެއްފަރާތުގައި އޮއްވައި، އަދި ﷲ ސުބުޙާނަހޫޥަތަޢާލާގެ ދީނުގެ ކަންތައްތައް އެއްފަރާތުގައި އޮއްވައި، އެއަށްވުރެ މާ އަހަންމިއްޔަތުކަމެއްދޭ މާ މުޤައްދަސް އެއްޗެއްގެގޮތުގައި ތިމާގެ ޕާޓީގެ މެނިފެސްޓޯ، ތިމާގެ ޕާޓީގެ ޒަޢީމުގެ ބަސް ނުވަތަ ތިމާގެ ޕާޓީގެ ވިސްނުން ނުވަތަ ފިކުރު، މިކަންތައްތައް އަޅުގަނޑުމެން ޤިޔާމަތްދުވަހުން ﷲ ސުބުޙާނަހޫޥަތަޢާލާގެ ދަރުބާރުގައި އެއްވެސް މީހަކު އަނެއްމީހަކަށްޓަކައި ވަކާލާތު ނުކުރެވޭ ހާލަތެއްގައި އަދި އެއްވެސް މީހަކު އަނެއްމީހެއްގެ ޢަޒާބުން ލުއިކޮށްދެވޭނެ ފުރުޞަތު ނެތް ހާލަތެއްގައި ތިމާގެ ނުބައި ކަންތައްތައް ބޮލުއަޅައި، ކެރޭނޭފަދަ މީހަކު ޕާޓީތަކުގައި އެބަތިބިތޯ؟ އަދި އެފަދަ މީހަކު ހުރިކަމުގައިވިޔަސް އެމީހަކަށް އެކަން ކުރެވޭނެތޯ ﷲ ސުބުޙާނަހޫޥަތަޢާލާގެ ދަރުބާރުގައި، އެއީ ވިސްނަންޖެހޭ ކަމެއް" ޝައިޚް ޢަބްދު ވިދާޅުވިއެވެ.
ޝައިޚް ޢަބްދުﷲ އިތުރަށް ވިދާޅުވީ ތިމާގެ ޖާނާއި ތިމާގެ ވަގުތު ﷲ ގެ ދީނަށް ނުދޭވަރަށް، ﷲގެ ނަބިއްޔެއްގެ ފަހަތުގައި ތިމަ ނަޞްރު ނުދޭވަރަށް ޕާޓީއެއްގެ ފަހަތުގައި، ތިމާގެ ލީޑަރުގެފަހަތުގައި ނުކުމެ ބުނާ ކޮންމެތަނަކަށްގޮސް، ބުނާ ކޮންމެވާހަކައެއް ދައްކައި، އަދި މުސްލިމު އަނެއް އަޚުންނާއިމެދު ހިތަށްއެރި ވާހަކައެއް ދައްކަމުންދާއިރު، އެއްވެސް ކަހަލަ ވިސްނުމެއް ނެތި ލޯމަރާލައިގެން ކަނު ތަޤުލީދެއް ކުރަމުންމިދާދިއުމަކީ ޝައްކެއްވެސް ނެތްގޮތުގައި އެއީ ޕާޓީއަކީ އެމީހާގެ އިލާހުކަމުގައި ބަލައިގަނެގެން އުޅޭ އުޅުމެއްކަމަށެވެ.
"ޢިލްމީ ޚަޒާނާ" ޕްރޮގްރާމަކީ ޖަމްޢިއްޔަތުއްސަލަފާއި ސަންއެފްއެމް ގުޅިގެން ކޮންމެ ހޯމަދުވަހެއްގެރޭ ގެނެސްދޭ ލައިވް ޕްރޮގްރާމެވެ.
This text will be replaced
ޑައުންލޯޑްކުރެއްވުމަށް
If you cannot open directly, please Right-Click and Select 'Save Link As..'
ޝިރްކު އަދި ކުފުރުގެ ވައްތަރުތައް.
އިންސާނެއްގެ ޙަޔާތުގައި ވަޤުތުގެ މުޙިންމުކަން
ސިޓީ
އަޒަރުބައިޖާންގެ އެންމެ ދުވަސްދީ މިސްކިތް ހުޅުވައިފި
އަޅުގަނޑުމެން އުޅޭނޭ އިންތަކެއް ﷲ ވަނީ ކަނޑައަޅުއްވާ ދެއްވާފައި: އައްޝައިޚް އަޙްމަދު ސަމީރު
ކަހަފް ސޫރަތުގެ މާތްކަން
ނަމާދުގައި ހުންނައިރު އެހެންޚިޔާލުތައް އަންނަނަމަ ހަދާނެގޮތެއް ބުނެދެއްވާ؟
ކުޑަކުދިންނަށް ޖިންސީގޯނާ ކުރާމީހުންނަށް އޮތް އަދަބު
ޝަހީދުވާ މީހުންނަކީ ކޮބާ؟
އޮކްލަހޮމާ ނަގޫރޯޅީގެ ސަބަބުން ދެ ބިލިއަން ޑޮލަރުގެ ގެއްލުން
ޤުއަންޓަނާމޯބޭ ޖަލުގެ ޤައިދީންނަށްޓަކައި އެނޮނިމަސް ތެދުވެއްޖެ