ސައިޓުގެ މަޢުލޫމާތު
24 ފެބްރުއަރީ 2012 - 00:36 - ރާއްޖެއިސްލާމް އެޑްމިން
الحمد لله والصلاة والسلام على رسول الله، وعلى آله وصبحه وسلم وبعد....
ރާއްޖެއިސްލާމް ވެބްސައިޓަކީ ދިވެހިންގެ މެދުގައި ދީނީ ހޭލުންތެރިކަން އުފައްދައި، ޞައްޙަ ދީނީ މަޢުލޫމާތު އިތުބާރުހުރި ޢިލްމުވެރީންގެ އަރިހުން ކިއުންތެރީންނާއި ހަމައަށް ގެނެސްދިނުމުގެ މަޤްޞަދުގައި ހިންގާ ދީނީ އޮންލައިން ނޫހެކެވެ.
މިނޫހުގެ އަސާސީ މަޤުޞަދަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގާ މުހިންމު ދީނީ އިސްލާމީ ޙާދިޘާތަކުގެ މަޢުލޫމާތާއި، ދިވެހި މުޖްތަމަޢުގައި ހިނގާ ދީނީ އޮއިވަރާބެހޭ މަޢުލޫމާތުގެ އިތުރުން އެހެނިހެން ފައިދާ ކުރުވަނިވި ޚަބަރުތައް ތާޒާކަމާއެކު ވީހާވެސް އަވަހަކަށް، ކިއުންތެރިންގެ އިތުބާރުލިބޭފަދަ ގޮތަކަށް ތެދުމަޢުލޫމާތު ފޯރުކޮށްދިނުމެވެ.
ހަމައެފަދައިން، ދިވެހި މުޖްތަމަޢުން ފެންނަ، ސިޔާސީ އިޖްތިމާޢީ އިޤްތިޞާދީ އަދި ގޭތެރޭގެ މާޙައުލާއި އަދިވެސް އެންމެހައި ދާއިރާއެއްގައި ހިނގާ ދީނާ ގުޅުންހުރި، ބޮޑެތި ޙާދިޘާތަކުގެ މަޢުލޫމާތު، ދީނީ ވިސްނުމުގެ ގިއުގަނޑުގެ ތެރެއިން ކިއުންތެރިންނާއި ހަމައަށް ފޯރުކޮށްދިނުމެވެ.
ދީނީ އެކިއެކި މަޢުލޫތަކާއި، ޢާއްމު ލިޔުންތަކާއި ދީނީ ވީޑިއޯ އާއި އޯޑިއޯއާއި ފޮތްތަކާއި އަދިވެސް އެތައް މެޓީރިއަލްއެއް މިސައިޓު ބޭނުންކުރައްވާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެއެވެ. ނަމަވެސް މި ވެބްސައިޓުގައި ހިމެނޭ ލިއުންތަކާއި ފޮތްތައް ވިޔަފާރީގެ އުޞޫލުން ބޭނުން ކުރެވޭނީ އަޅުގަނޑުމެންގެ ޚާއްޞަ ހުއްދައެއްލިބިގެންނެވެ.