ސްކޫލްތަކުގައި އޫރުމަސް ކެއުމަށް މަޖުބޫރު ކުރަން ނިންމައިފި

ރާއްޖެއިސްލާމް ނިއުސް ޓީމް - 22 ޖަނަވަރީ 2016 - 20:59

ވޯލްޑް ބުލެޓިން: އާއްމު ޚިދުމަތްދޭ ހުރިހާ މުއައްސަސާތަކެއްގައި އޫރުމަސް ބޭނުންކުރުމާ މަޖުބޫރުކުރާ ޤަރާރެއް ޑެންމާކުގެ ޓައުނެއްގައި ފާސްކޮށްފިއެވެ.

ރެންޑާރސް ޓައުން ކައުންސިލުން ފާސްކޮށްފައިވާ މިޤަރާރުގައި ވާގޮތުން، ޢާއްމު މުއައްސަސާތަކުންދޭ ކެއުމުގެ ޚިދުމަތްތަކުގައި އެހެނިހެން ކާނާގެ ބާވަތްތަކެކޭ އެއްފަދައިން އޫރުމަސްވެސް ހިމެނުމަށް ކަނޑައަޅާފައިވާއިރު، ޕްރީސްކޫލްތަކުގައިވެސް މި ޤަވާޢިދާއެއްގޮތަށް ޢަމަލު ކުރުމަށްވަނީ ނިންމާފައެވެ.

ޑެންމާރކުގެ ޘަޤާފަތް ދިރުވުމުގެ ނަމުގައި ފާސްކޮށްފައިވާ މިޤަރާރަށް، އެޤައުމުގެ އެންޓި މައިގްރޭޝަން ޕީޕަލްސް ޕާރޓީއިންވަނީ މަރުޙަބާ ކިޔާފައެވެ. މި ޤަރާރުގެ ބޭނުމަކީ ވަކިބަޔަކު ނުކާ އެއްޗެއް އެމީހުންނަށް ކާންދިނުން ނޫންކަމަށާއި، މިއީ ޑެންމާރކުގެ ޘަޤާފަތް ދެމެހެއްޓުމަށް އެޅޭ ފިޔަވަޅެއްކަމުގައި އެޕާޓީއިންވަނީ ބުނެފައެވެ.

އެންޓި މައިގްރޭޝަން ޕީޕަލްސް ޕާޓީއަކީ ޑެންމާރކުގެ ޘަޤާފަތް ދިރުވުމާއި، މުސްލިމުންގެ ތެރޭގައި އޮތް އޫރުމަސް ޙަރާމްކަމަށް ދެކޭ ދެކުމާ ދެކޮޅަށް ޢަމަލުކޮށް، ޑެންމާކުގެ ކުޑަކުދިންނަށް ކެވޭނެ އެއްޗިއްސާއި ނުކެވޭނެ އެއްޗެހި ކަނޑައެޅުމުގައި ދީނީ ވިސްނުން އެއްކިބާ ކުރުމަށް މަސައްކަތްކުރާ ޕާޓީއެއް ކަމުގައިވެސް އެޖަމާޢަތުންވަނީ ހާމަކޮށްފައެވެ.

މުސްލިމުންނަށް އިޙްތިރާމް ކުރުމުގެ ގޮތުން ޢާއްމު ޚިދުމަތްދޭ ތަންތާނގައި އޫރުމަސް ބޭނުންކުރުން ހުއްޓާއިލުމާމެދު ކުރެވޭ ބަހުސަކީ 2013 އިން ފެށިގެން ޑެންމާކުގައި ވަރަށް ހޫނުކޮށް ހިނގާ ބަހުސެކެވެ.

ޑެންމާކަކީ މުސްލިމުންނަށް އެކި ގޮތްގޮތުން ދަތިކުރުމުގެ ފިޔަވަޅު އަޅަމުންދާ ޤައުމެކެވެ. ދީނީ މިނިވަންކަމުގެ ނަމުގައި ހުޅަނގުން ކުރާ ދަޢުވާގެ ޙަޤީޤަތް ލޯމަރައިގެން ހުރި މީހަކަށް ނޫނީ އޮޅިފައި ނުވާނެއެވ.ެ ދިވެހިރާއްޖޭގެ ދީނީ ހަރުކަށި ފިކުރުތަކުގެ ވާހަކަ ރާއްޖޭގެ ބައެއްވެރިން، ޑެންމާރކުގައި ދައްކާފައި ވުމުން، ދިވެހިންގެ ތެރޭގައި ނުތަނަވަސްކަން އުފެދި އެފަދަ ވެރިންނާމެދުގައި ޢާއްމު ރައްޔިތުން ދެކޭގޮތް ފަހަކަށް އައިސްދަނީ ވަރަށްބޮޑަށް ހާމަ ކުރަމުންނެވެ.

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް