ބަޑި ޖަހައި އިސްރާއީލުގެ 2 ޓެރަރިސްޓުން މަރާލައިފި

ރާއްޖެއިސްލާމް ނިއުސް ޓީމް - 02 ޖަނަވަރީ 2016 - 10:47

އިސްރާއީލްގެ ބާއެއްގެ ތެރެއަށް މީހަކު ބަޑިން ހަމަލާދީ އިސްރާއީލުގެ ދެ ޓެރަރިސްޓުން މަރާލައިފިއެވެ. އަދި އިތުރު ދިހަ މީހަކު ވަނީ ވަޒަން އެރުމުގެ ސަބަބުން ޒަހަމް ވެފައެވެ.

ތެލްއަވީވްގައި ހުރި ބާ އެއްގައި ވަރަށް ގިނަ ބަޔަކު ޖަމާވެފައިވާ ވަގުތެއްގައި  ދިން މި ޙަމަލާގައި ވަރަށް ގިނަ ބަޔަކު ޒަޚަމްވެފައިވާ އިރު އޭގެތެރެއިން ފަސް މީހެއްގެ ހާލު ވަރަށް ސީރިއަސްކަމަށް އިސްރާއީލްގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ބަޑިޖެހި މީހާ ވަނީ ބަޑިޖެހުމަށް ފަހު ފިލާފައެވެ. އެމީހާ ހޯދުމަށް އިސްރާއީލުގެ ސިފައިންނާއި ފުލުހުންވަނީ ވަރަށްބޮޑު އޮޕަރޭޝަނެއް ފަށާފައެވެ. އެގޮތުން ތެލްއަވީވްގެ ބޮޑު ސަރަހައްދެއް ވަނީ ބަންދުކޮށްފައެވެ. ޙަމަލާ ދީފައި ވަނީ ކޮން ގައުމަކަށް ނިސްބަތްވާ ކޮން ދީނެއްގެ މީހެއް ކަމެއް އަދި އެނގިފައެއް ނުވެއެވެ.

ހަމަލާ އާއި ގުޅިގެން އިސްރާއީލުގެ ޢާއްމުންވަނީ ވަރަށްބޮޑު ބިރުވެރިކަމެއްގެ ތެރޭގައެވެ. ތެލްއަވީވްގެ މޭޔަރު ބުނީ ތެލްއަވީވްގެ ހުރިހާ ރައްޔިތުންވެސް އެލާޓްގައި ތިބުމަށް އެދޭ ކަމަށެވެ.

"ބަޑި އޮޓޯއަށް ލާފައި އެންމެނާއި ދިމާއަށް ބަޑިޖެހީ. ވަކި މީހަކަށް ބަޑި އަމާޒުކޮށް ވަކި މީހަކު މަރާލާކަށް ނޫން އެމީހާ މަސައްކަތް ކުރީކީ" އެވަގުތު ބާ ގައި އިން މީހަކު ބުނެފައިވެއެވެ.

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް