އެމެރިކާއަށް ކުރިމަތިވި ނަގޫރޯޅިތަކާއި ފެންބޮޑުވުމުގެ ޙާދިސާތަކުގައި 20 މީހުން މަރުވެއްޖެ

ރާއްޖެއިސްލާމް ނިއުސް ޓީމް - 28 ޑިސެމްބަރު 2015 - 11:12

އެމެރިކާގެ ދެކުނުގެ ސްޓޭޓްތަކަށް ކުރިމަތިވި ނަގޫރޯޅިތަކާއި ފެންބޮޑުވުމުގެ ޙާދިސާތަކުގައި މަދުވެގެން 20 މީހުން މަރުވެ އެތައް ބަޔަކު ގެއްލިފައިވާކަމަށް އެމެރިކާގެ މަސްއޫލުވެރިން ބުނެފިއެވެ.

ބުދަ ދުވަހު އެމެރިކާއަށް މިކުރިމަތިވި ހާދިސާގައި ދެކުނުގެ 6 ސްޓޭޓަކަށްވަނީ ނަގޫރޯޅި އަރާފައެވެ. ނަގޫރޯޅި އެރި ސްޓޭޓްތަކުގެ ތެރޭގައި އާކެންސޯ، ޓެނިސީ، މިސިސިޕީ، އަލަބާމާ އަދި ކެންޓަކީ ހިމެނެ އެވެ. އެންމެ ގިނައިން މީހުން މަރުވެފއިވަނީ މިސިސިޕީ އިންނެވެ.

އެމެރިކާގެ މަސްއޫލުވެރިން ހާމަކޮށްފައިވާގޮތުގައި މި ޙާދިސާތަކުގައި 400 އަށް ވުރެ ގިނަ ހަލާކުވެފައިވާކަމަށާއި އަދ60 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާކަމަށެވެ. އަދި ބައެއް މީހުން ގެއްލިފައިވާކަމަށްވެސް ހާމަކޮށްފައިވެއެވެ. އެމެރިކާގެ މޫސުމާބެހޭ އިދާރާއިންވަނީ އުތުރުގެ ބައެއް ސްޓޭޓްތަކަށް ކުރިއަށްއޮތް 48 ގަޑިއިރު ތެރޭގައި ސްނޯގެ ތޫފާނެއް އަތުވެދާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

މިވިއްސާރައާއެކު ބްރަޒިލް، އާޖެންޓީނާ، ޗިލީ އަދި އުރުގުއޭއާއި ޕެރަގުއޭގައިވަނީ ފެންބޮޑުވެފައެވެ. އަދި ކެނެޑާއަށްވެސް ސްނޯގެ ތޫފާން އަތުވެދާނެކަމުގެ އިންޒާރު އެގައުމުގެ މޫސުމާބެހޭ ފަރާތްތަކުންވަނީ ދީފައެވެ.

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް