ޒަހްރާން އައްލޫޝް ޝަހީދު ވެއްޖެ

ރާއްޖެއިސްލާމް ނިއުސް ޓީމް - 26 ޑިސެމްބަރު 2015 - 13:27

ސީރިޔާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެންމެ ވަރުގަދަ އެއް މުޖާހިދު ކަމަށްވާ ޒަހްރާން އައްލޫޝް ޝަހީދު ވެއްޖެ އެވެ.

 

ޖައިޝުލް އިސްލާމްގެ އެންމެ އިސްވެރިޔާ ޖެނެރަލް އައްލޫޝް ޝަހީދުވެފައިވަނީ  އެ ޖަމާޢަތުގެ އޮފީހަށް ބުރާސްފަތި ދުވަހު ދިން ވައިގެ ޙަމަލާއެއްގައިކަމަށާއި މި ޙަމަލާގައި އިތުރު ބަޔަކުވެސް ޝަހީދުވިކަމަށް ވެއެވެ. ޒަހްރާން އައްލޫޝް ޝަހީދުވުމާއިގުޅިގެން ސީރިއާ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރާ 16 ޖަމާއަތެއް ގުޅިގެންވަނީ ބަޔާނެއް ނެރެ އައްލޫޝް އަށް ތަޢުޒިޔާ ކިޔާފައެވެ.

 

ޖައިޝުލް އިސްލާމް ޖަމާޢަތަކީ މިވަގުތު ސީރިއާ ސަރުކާރާއިދެކޮޅަށް ހަނގުރާމަ ކުރަމުންދާ އެންމެ ވަރުގަދަ އެއް ޖަމާޢަތެވެ.ޒަހްރާން އަލޫޝް އިސްވެ ހުރެގެން އާމީ އޮފް އިސްލާމް ވުޖޫދަށް ގެނައީ 2011 ވަނަ އަހަރު އެވެ. އަދި 2012 ވަނަ އަހަރު ދިމިޝްގުގައި ހުންނަ ނެޝަނަލް ސެކުއިރިޓީ ހެޑްކުއާޓާސް އަށް ދިން ހަމަލާއެއްގެ ޒިންމާ އެ ޖަމާއަތުން ނެގުމުން އެޖަމާއަތުގެ ނުފޫޒު ވަރުގަދަވެގެން ދިޔަ އެވެ.

 

ޒަހްރާން އައްލޫޝް ޝަހީދުވުމާއި ގުޅިގެން އެޖަމާޢަތުން މިހާރުވަނީ އައު ވެރިއަކު އައްޔަނު ކޮށްފައެވެ.

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް