ފުރާންސުން ދިން ވައިގެ ހަމަލާއެއްގައި ޢިރާގުން 28 ކުދިން މަރުވެއްޖެ

ރާއްޖެއިސްލާމް ނިއުސް ޓީމް - 28 ނޮވެމްބަރު 2015 - 16:42

އިސްލާމުންނާއި އެންމެ ޢަދާވާތްތެރި އެއްޤައުމުކަމަށްވާ ފުރާންސުން ދިން ވައިގެ ހަމަލާއެއްގައި ޢިރާގުން 28 ކުދިން މަރުވެއްޖެ އެވެ.

ޢިރާޤުގެ ނައިނަވާ ޕްރޮވިންސްގެ އަސްކަރީ ފަރާތްތަކާއި ހަވާލާދީ ބުދަ ދުވަހު ހާމަކޮށްފައިވާގޮތުގައި ފްރާންސް ގެ އެއާފޯސް ބޯޓުތަކުން ދިން ޙަމަލާ އަމާޒުވެފައިވަނީ މޫސަލް ކައިރީ އޮންނަ ޕްރައިމަރީ ސްކޫލެއްކަމަށްވާ ފާޠިމާ ޒަހްރާ ޕްރައިމަރީ ސްކޫލަށް ކަމަށާއި މި ޙަމަލާގައި އެސްކޫލުގައި ކިޔަވަމުންދާ 28 ކުދިން މަރުވުމުގެ އިތުރުން 5 ކުދިން ވަރަށްބޮޑަށް ޒަޚަމްވެފައިވާކަމަށެވެ.

"ފްރާންސްގެ އެއާފޯސް ބޯޓުތަކުންޙަމަލާ ދީފައިވަނީ ފާޠިމާ ޒަހްރާ ޕްރައިމަރީ ސްކޫލަށް، އެއީ ބުދަ ދުވަހު" ބްރިގޭޑިއާ ޖެނެރަލް ތަނޯން ސަބަވީ ހާމަކޮށްފައިވެއެވެ. އޭނާ އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މަރުވި ކުދިންނާއި ޒަޚަމްވި ކުދިން ވަގުތުން ހޮސްޕިޓަލަށް ގެންދެވިފައިވާކަމަށާއި ޒަޚަމްވި ކުދިންނަށް ފަރުވާ ދެމުންދާ ކަމަށެވެ.

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް