އަލްމާނިއްޔަތަށް ބަދަލުވަމުންދާ ބަންގްލަދޭޝް ގެ ހާލަތު

އަލްއަޚް އަޙްމަދު ޢަލީ - 25 ނޮވެމްބަރު 2015 - 23:18

އަވައްޓެރި ބަންގްލާދޭޝްގެ އަކީ ތަފާތު އެކި ދީންތައް އޮންނަ ތަނެއް ކަމުގައިވިޔަސް އެޤައުމުގެ ގިނަމީހުން ތަބާވާ ދީނަކީ އިސްލާމް ދީނެވެ. އެގޮތުން އެޤައުމުގެ އާބާދީގައި 145 މިލިއަނަށްވުރެ ގިނަ މުސްލިމުން އުޅެއެވެ. އެއީ އާބާދީގެ 89  އިންސައްތައެވެ. އަދި ދުނިޔޭގެ ނިސްބަތުން ހަތަރުވަނައަށް އެންމެ މުސްލިމުން ގިނަ ޤައުމަކީވެސް ބަންގަލަދޭޝްއެވެ.  

1971 ގައި ޕާކިސްތާނުގެ ވެރިކަމުގެ ދަށުން ވަކިވިއިރު އިސްލާމީ ޖަމާޢަތްތަކުގެ ތެރެއިން އަހުލުއްސުންނާގެ މަންހަޖު ތަމްޘީލު ކުރާ އެންމެ ބޮޑު ޖަމާޢަތަކީ " ޖަމާޢާ އިސްލާމިއްޔާ" އެވެ.

އައްޝައިޚް އަބޫ ޢައުލާ މަޢުދޫދީގެ މުއައްސިސް ކަމުގެދަށުން އުފެދުނު މިޖަމާޢަތަކީ މުޅި ބަންގްލާދޭޝް ގައި އޮތް އެންމެ ބޮޑު އިސްލާމީ ޙަރަކާތެވެ. ޖަމާޢަތުގެ އަމީރެއްގެ ގޮތުގައި ފުރަތަމަ ޢައްޔަން ކުރެވުނީ ޝައިޚް ޣުލާމުލް އަޢުޡަމް އެވެ. ޤާއިދުންގެ ތެރޭގައި އެވަޤުތު ބަންގްލަދޭޝްގެ މަޝްހޫރު ޢިލްމުވެރިން ތިއްބެވިއެވެ. މިޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ ޒުވާން ޖީލު އިސްލާމީ ގިއުގަނޑުގެ ތެރޭގައި ތަރުބިއްޔަތުކޮށް އެޤައުމުގެ ދީނީ ޢަޤީދާ ޙިމާޔަތްކޮށް ހެޔޮ ވެއްޓެއް ޤާއިމު ކުރުމެވެ.

ދުވަސްވަރަކީ ބަންގްލާދޭޝް ޕާކިސްތާނުގެ ވެރިކަމުގެ ދަށުން މިނިވަންކަން ހޯދުމަށް ހަނގުރާމަ ކުރިދުވަސްކޮޅެވެ. މިހަނގުރާމަށް ޖަމާޢާ އިސްލާމިއްޔާގެ އިސްކޮށް ތިއްބެވި ބޭފުޅުން ތާޢިދު ނުކުރައްވާ ޕާކިސްތާނުގެ ވަރިކަމުގެދަށުން ބަންގްލާދޭޝް ވަކިވާން ސީދާ ދެކޮޅު ހެއްދެވިއެވެ.

އިސްވެ ބުނެވުނު ފަދައިން އިސްލާމީ ޙަރަކާތުގެ މައިގަނޑު މަޤްޞަދަކީ އެޤައުމުގެ އިސްލާމްވަންތަކަން ޙިމާޔަތްކޮށް ރައްކާތެރި ކުރުންކަމަށް ވީހިނދު އެކަން ޙާޞިލްކުރެވެން އޮތީ އިސްލާމީ ބޮޑު ބާރެއް ވެރިކަމުގެ ދަށުގައި ތިބެގެންކަމަށް ވުމާއި ، ކައިރީގައި ޢަދާވާތްތެރިންގެ ގޮތުގައި ތިބި ހިންދޫންނާއި ބުޑިސްޓުންގެ ނުރައްކަލުން ދިފާޢު ވެވެނީ ސަރައްދުގައި އިސްލާމީ ބޮޑު ބާރެއް އޮވެގެންކަމަށް އެބޭފުޅުންނަށް ޤަބޫލު ކުރެވުނެވެ.

ޖަމާޢާ އިސްލާމިއްޔާގެ ޙަރަކާތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފުޅާވެގެން ދިޔައެވެ. މީހުންގެ ތާޢިދު ލިބި އިސްލާމީ ދަޢުވަތުގެ މައްސަކަތް ހަލުވިކަމާއެކު ކުރިޔަށް ދާންފެށިއެވެ. މިމަންޒަރު ބަލަން ޢަދާވާތްރެރިންނަކަށް ނުތިބެވުނުވެ.

އެގޮތުން އެންމެ ކައިރީގައި އޮތް އިންޑިއާގެ ހިންދޫ ސަރުކާރުން ބަންގްލާދޭޝްގައި އޮތް އެންމެބޮޑު އިސްލާމީ ޙަރަކާތް ނެތިކޮށްލުމުގެ މަސައްކަތް ފެށިއެވެ. އަދި ހަމަ އެއާއެކު މާ ދުރުނޫން ހިސާބެއްގައި އޮތް އިސްލާމްދީނާ ޢަދާވާތްތެރި ކޮމިއުނިސްޓް ޗައިނާވެސް މިކަމުގައި އިންޑިޔާއަށް މަދަދު ދޭން ފެށިއެވެ.

މި ހީލަތްތެރި މަކަރުވެރި ރޭވުމުގެ ދަލުގައި ބަންގްލާދޭޝްގައި ވެރިކަން ކުރަމުން އައި ދެ އަންހެނަކު ރަނގަޅަށް ޖެހުނެވެ. މިބޮޑު ދެޤައުމުދެކެ މި ދެއަންހެނުން ގަންނަނީ އަމަށަކު ބިރެއް ނޫނެވެ. މީގެ ތެރެއިންވެސް މިހާރުވެރިޔަކަށް ހުރި ޙަސީނާއޭ ކިޔުނު މީހެއްގެ ކަރަށް މިދެޤައުމުގެ ވެރިން ރަނގަޅަށް ފިތާލައި، ޢަލްމާނީ ކޮމިޔުނިޒަމްގެ ދިޔަ ރަނގަޅަށް ބޯންދިނެވެ.

މިބުއިމުގެ މަސްތުގައި މީނާ ރަނގަޅަށް ޖެހި ޙަސީނާގެ ޙަސީނާކަން ކެނޑި ޤަބީޙާއަކަށް ބަދަލުވެއްޖެއެވެ. އަދި އިސްލާމްދީނާ މުސްލިމްނާއި ދެކޮޅަށް ޢަދާވާތްތެރިކަން އިސްކޮށް އިސްލާމީ ޢިލްމުގެ މައިތަނބުތައް ލުހެލުމުގެ ގޮތުން "ޖަމާޢާ އިސްލާމިއްޔާ" ގެ އިސްކޮށް ތިއްބެވި ބޭފުޅުންގެ ބޮލުގައި މީގެ ސާޅީސް އެތައް އަހަރެއް ކުރިން ހިނގި ޙާދިޘާއަކާއި ގުޅުވައި ބޮޑެތި ތުހުމަތުތައް ކޮށް ގިނަ ޢިލްމުވެރިންނާއި ދާޢީން ހިފައި ހައްޔަރުކުރިއެވެ.

އިންޑިއާއި ޗައިނާ ކުރަހައި ދިން މަގުޗާޓާ އެއްގޮތަށް ތަޙުޤީޤީ ކޮމެޓީއެއް އުފައްދައި އޭގެ މެންބަރުންނަށް ޢަލްމާނީންނާއި ކޮމިޔުނިސްޓު ފިކުރުގެ ލާދީނީ މީހުން ޢައްޔަން ކޮށް އެއަށްފަހު ޝަރުޢީ މަރުޙަލާވެސް މިބައިމީހުންގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުން ކުރިޔަށް ގެންގޮސް ދެން އިވިގެން ދިޔައީ އޭގެ ތެރެއިން ބައެއް ބޭފުޅުން ދަން ޖައްސަން އަނެއްބައި ބޭފުޅުން ޢުމުރަށް ޖަލަށްލާން ޙުކުމް ކުރިއަޑެވެ.

ޙުކުމް ކުރި ބޭބޭފުޅުންގެ ތެރޭގައި ކުރީގައި ޕާލަމެންޓް މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅުންނާއި ކުރީގެ ވަޒީރުންނާއި ދާޢީންނާއި އިސްލާމީ މަޖައްލާތަކުގެ އެޑިޓަރުންނާއި ޖަމްޢިއްޔާތަކުން ރައީސުންވެސް ހިމެނެއެވެ. އަދި އޭގެ ތެރޭގައި ރާބިޠަތުލް ޢާލަމުލް އިސްލާމިއްޔާގެ ބަންގްލާދޭޝް ގޮފީގެ ވެރިޔާވެސް ހިމެނެއެވެ.

ހަމަ މިސިލްސިލާގެ ތެރޭގައި ބަންގްލާދޭޝްގެ ސިޔާސީ ޙަރާކަތްތަކުން ޖަމާޢާ އިސްލާމިއްޔާ އެކަހެރިކޮށް މަރަން ޙުކުމް ކުރި އެޖަމާޢަރުގެ ބޭފުޅުންގެ މައްޗަށް މިސްކިތްތަކުގައި ދުޢާ ކުރުން މަނާކުރިއެވެ. އަދި މީގެ ތެރެއިން ހައިރާން ވާންޖެހޭ އެންމެބޮޑު ކަމަކީ ހައިކޯޓުގެ އިސްތިއުނާފީ މަރްޙަލާގައި ދަށުކޯޓުން ޢުމުރަށް ޖަލަށްލާން ކުރި ބައެއް ޙުކުމްތަކުގެ ޢުޤޫބާތް ބޮޑުކޮށް ބައެއް ބޭފުޅުން ދަންޖެއްސުމަށް ސީދާ ހައިކޯޓުން ޙުކުމް ނެރުމެވެ. ޤާނޫނީ މުފައްކިރުން ވިދާޅުވާގޮތުގައި  މިއީ ދެކުނު އޭޝިޔާގެ  ތާރީޚުގައިވެސް ދުވަހަކުވެސް ބަޔަކު މީހުން އިއްވި ބާވަތެއްގެ ޙުކުމެއް ނޫނެވެ.  

އިސްލާމްދީން ފޮހެލުމަށް ބަންގްލާދޭޝްގައި ކުރެވޭ މަސައްކަތުގެ ތެރެއިން ޢިލްމުވެރިން ޤަތުލުކޮށް ދަންޖެއްސުމާއި އިސްލާމީ ތަޢުލީމުދޭ މަރުކަޒުތަކާއި ސްކޫލު މަދަރުސާތައް ބަންދުކޮށް އެޤައުމުގެ އޮތް އިސްލާމީ އާދަކާދަތަކާއި އިސްލާމީ ޢަޤީދާ ފުނޑުފުނޑު ކޮށްލުމާއި ޒުވާނުންގެ ދީނީ ޢަޤީދާ ފަސާދަކޮށް ކްރިސްޓިއަން މިޝަނަރީންގެ މަސައްކަތައް ފުރިހަމަ މިނިވަންކަމާއި އެކަން ކުރުމުގެ ދޮރު ހުޅުވާލުން ހިމެނެއެވެ.

1961 ގައި މިޝަނަރީންގެ ޙަރަކާތް ފުޅާކޮށް އޭރު ހުރި 13 ފައްޅި މިހާރުވަނީ 500 ފައްޅިއަށް ބަދަލުކޮށްފައެވެ. އޭރު 50 ހާސް ނަޞާރާއިންގެ ޢަދަދު މިހާރުވަނީ ދެމިލިއަނަށް ބަދަލުވެގެން ގޮސްފައެވެ. މިއީ ފާއިތުވި ބައިޤަރުނުގެ ތެރޭގައި މި މުޖުރިމުން ބަންގްލާދޭޝް އިން އިސްލާމް ދީން ފުނޑު ފުނޑު ކުރިގޮތެވެ. މިސިލްސިލާއަކަށް އަދިވެސް ނިމުމެއް ނާދެއެވެ.

ޓެރިރިސްޓުންނާއި ހަނގުރާމަ ކުރުމުގެ ނަމުގައި ހިންދޫންނާއި ހުޅަނގާއި އެމެރިކާ ރުއްސައިގެން ވެރިކަމުގެ ބާރު ދެމެހެއްޓުމުން ގެންދާ ރަނޑާލި މުސްކުޅި އަންހެނާގެ ނުރައްކާތެރިކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. އެގޮތުން މިރަޙުމު ކުޑަ އަންހެނާގެ ސަރުކާރުންވަނީ ޖަމާޢާ އިސްލާމިއްޔާގެ ސެކެޓްރީ ޖެނެރަލް ޢަލީ އަޙްސަން މުޖާހިދާއި ޞަލާޙުއްދީން ޗައުދަރީ މީގެ ތިންދުވަސް ކުރިން ދަންޖައްސައި ޝަހީދުކޮށްލާފައެވެ.

ދުނިޔޭގެ ސިޔާސީ ލީޑަރުންނާއި ހިއުމަން އެކްޓިވިސްޓުންނާއި އެކިއެކި ޙައްޤުތަކުގެ ނަމުގައި ވަކާލާތުކޮށް އަޑުގަދަ ކުރަމުންގެންދާ މީހުން ހައްޔަރުކޮށް ޙުކުމް ކުރުމަކީ ޑިމޮކްރަސީ ފޭރާން ލައިގެން ތިބޭމީހުން ވަރަށް ކަންބޮޑުވާ ކަމެކެވެ. ނަމަވެސް ބަންގްލާދޭޝްގައި ހިނގައިދިޔަ މިކަންތަކާ ގުޅިގެން މުޅި ދުނިޔެ އޮތީ މަސްތުވެފައެވެ. މިއީ އެބައިމީހުން އެކިޔާ ޑިމޮކްރަސީ އެވެ. އަހަރެމެން މި ޑިމޮކްރަސީއަށް ކާފަރު ވަމެވެ.

އަލްއަޚް އަޙްމަދު ޢަލީގެ ބައެއް އެހެނިހެން ޕޯސްޓުތައް