އިސްލާމީ ދުނިޔޭގެ ޚަބަރުތައް: ދިވެހި ނޫސްވެރިންނާއި ޢަރަބި މުފައްކިރުންގެ ތަފާތު

އަލްއަޚް އަޙްމަދު ޢަލީ - 05 ނޮވެމްބަރު 2015 - 09:46

މިފަހަކަށްއައިސް ދިވެހި ނޫސްތަކާއި ޢަރަބި އިސްލާމީ ދުނިޔޭގައި ނެރޭ ނޫސްތަކާ އަޅައި ކިޔާލާއިރު ދިވެހި ނޫސްތަކުގައި އިސްލާމީ ދުނިޔޭގެ ޚަބަރުތައް ގެނެސްދޭ ގޮތާއި އިސްލާމީ ޚަބަރު ފަތުރާ އިތުބާރު ހުރި ވަޞީލަތްތަކުން ގެނެސްދޭ ޚަބަރުތަކާއި އެއްވެސް ވަރަކަށް ދިމަލެއް ނުވެއެވެ.  

މިހެން ދަންނަވަން ޖެހެނީ ޢަރަބި ދުނިޔޭގެ ޙާލަތު ދިރާސާ ކުރާ ބައެއް މުފައްކިރުންގެ ރައުޔުތަކާއި މަޝްހޫރު ޢަރަބި ނޫސްތަކުގައި ހުންނަ ޚަބަރުތަކާއި ދިވެހި ނޫސްތަކުގައި ހުންނަ ވާހަކަތަކާއި އެއްވެސް ވަރެއްގެ ގުޅުމެއް ހުރިކަން ފެންނަން ނެތުމާއި ދިވެހި ގިނަ ޚަބަރުތަކުން  އިސްލާމް ދީނާ ދެކޮޅަށް ޚަބަރު ފެތުރުމުގައި މަޝްހޫރު އެމެރިކާއާއި ހުޅަނގުގެ ބައެއް ނޫސް އެޖެންސީތަކުން ގެނެސްދޭ ޚަބަރުތަކާއި ދާދި އެއްގޮތް ކަންތައްތަކެއް ހުރިކަމަށް ފާހަގަ ކުރެވޭތީއެވެ.  

ތިޔަ ކިޔުންތެރިންނަށް އަޅުގަނޑު ހާމަކޮށް މިދެނީ މިއަދު ދިވެހި އޮންލައިން ނޫހެއް ކިޔަމުން ދަނިކޮށް އަޅުގަނޑުގެ ލޮލުގައި އަޅައިގަތް ޚަބަރަކަށެވެ. މިޚަބަރު ކިޔާލާފައި ޢަރަބި އިސްލާމީ ދުނިޔޭގެ ވާހަކަތައް ހުރިނެތް ގޮތްތަށް ބަލާލިއިރު މިޚަބަރުވަނީ އެހެން ވާދީއެއްގައެވެ. މުޢުތަބަރު ނޫސްތައް އެޖޭންސީތައް މިއުޅެނީ މުޅިން އެހެން ވާދީއެއްގައެވެ. އަޅުގަނޑު މިދެއްކި ވާހަކަތަކުގެ ހެކި ދެއްކުމުގެ ގޮތުން ދިވެހި ނޫހެއްގައި އައިސްފައިވާ ޚަބަރަކާއި މިޚަބަރާއި ގުޅޭގޮތުން ޢަރަބި ދުނިޔޭގެ ސިޔާސީ މުފައްކިރުންގެ ރައުޔުތަކާއި ބައެއް ޢަރަބި ނޫސްތަކުގައި ހުރި ވާހަކަތަކާއި ދެމެދުގައި ވަރަށްބޮޑަށް ތަފާތުވެފައިވާ މިންވަރު ފާހަގަ ކޮށްލާނަމެވެ.

ދިވެހި އޮންލައިން ނޫހެއްގައި އައިސްފާ ޚަބަރު:

"ޖަބްހަތުއްނުސްރާ ޖަމާއަތަކީ ޢިރާގާއި ސޫރިޔާގެ ބާޒާރުތަކުގައާއި މަގުތަކުގައި ބޮންގޮއްވައި އަމިއްލައަށް މަރުވެގެން އެދެގައުމުގެ އާންމުންނަށް ހަމަލާދީ އަންހެނުންނާއި ކުޑަކުދިން މެރުމުގައި ހައްދު ފަހަނަޅާފައިވާ ޖަމާޢަތެކެވެ. މީގެއިތުރުން ޖަބްހަތުއްނުސްރާ ޖަމާޢަތަކީ ދުނިޔޭގެ މުސްލިމް ޒުވާނުން އެމީހުންގެ އެއްބަޔަކު އަނެއްބަޔަކާ ދެކޮޅަށް ކުރާ ބަދަލުހިފުމުގެ ހަނގުރާމައަށް މުސްލިމުން ޒުވާނުން ވެއްދުމަށްޓަކައި ޖިހާދުގެ ނަމުގައި ވަރުގަދަ ޕްރޮޕަގެންޑާ ފަތުރަމުން ގެންދާ ބައެކެވެ. މިޖަމާޢަތުން އިސްރާއިލާ ދެކޮޅަށް އަޑުއުފުލާފައެއް އަދި އިންޒާރެއްވެސް ދީފައެއްނުވެ އެވެ. މިޖަމާޢަތަކީވެސް މިޖަމާޢަތުގެ ފިކުރާ އިދިކޮޅު އަދި މިޖަމާޢަތާ ދުޝްމަން ކޮންމެ ބަޔަކީ ކާފަރުންކަމަށް ހަދާ ތަކްފީރީ ވިސްނުމުގެ ޖަމާއަތެކެވެ."

މިޚަބަރާއި ގުޅޭގޮތުން ޢަރަބި މުފައްކިރެއްގެ ރައުޔު :

ޖަބްހަތުއްނުޞްރާއާއި ގުޅޭގޮތުން ލުބްނާނުގެ ސިޔާސީ ޕާޓީއެއް ކަމަށްވާ  ޕްރޮގްރެސިވް ސޯޝަލް ޕާޓީގެ ކުރީގެ ޒަޢީމް އަދި ޢަރަބި ދުނިޔޭގެ ސިޔާސީ ޙާލަތު ދިރާސާ ކުރައްވާ ވަލީދު ޖަންބަލާޠް ބީބީސީ އަރަބިކްގެ "އަލް މަޝްހަދު" ޕްރޮގްރާމަށް މިއަހަރުގެ މާޗު މަހުގައި ދީފައިވާ އިންޓަރވިއުގައި ބުނެފައިވަނީ "ޖަބްހަތު ނުޞްރާއިންވަނީ ސޫރިޔާގެ އިދްލިބު ހިފާފައެވެ. އަދި ހުޅަނގުންނާއި ޢަރަބި ޤައުމުތަކުން ޖަބްހަތު ނުޞްރާ ސިފަ ކުރަނީ ޓެރަރިސްޓުންގެ ގޮތުގައެވެ. މިކަމާ އަހުރެން ވަރަށް ބޮޑަށް ހައިރާން ވަމެވެ. ޖަބްހަތުއްނުޞްރާގައި ޙަރާކާތްތެރިވަނީ މަޖުބޫރުވެފައިވާ ސޫރިޔާގެ ގިނަ ރައްޔިތުން ތަކެކެވެ. އެއީ ބައްޝާރު ސަރުކާރުގެ ޓެރަރިޒމްގެ ޢަމަލުތަކުގެ ސަބަބުން  ނުޞްރާ ފްރޮންޓާއި ގުޅެން މަޖްބޫރުވެފައިވާ ރައްޔިތުންތަކެކެވެ. މިއަދު އެމީހުންނަށް އަހަރެމެން ގޮވަންވީ ޚާއިނުންގެ ނަމުން ހެއްޔެވެ؟ ނުވަތަ ޓެރަރިސްޓުންގެ ނަމުން ހެއްޔެވެ؟ ދުވަހަކުވެސް އެހެނެއް ނުވާނެއެވެ!  ނުޞްރާ ފްރޮންޓަކީ ޓެރަރިސްޓު ޖަމާޢަތެކޭ އަހުރެން ނުބުނާނަމެވެ. ނަމަވެސް ދިވެހި ނޫސްވެރިޔާވަނީ ހަޤީޤަތާ ޚިލާފު އެތައް ތުހުމަތުތަކެއް ޖަބްހާގެ ބޮލުގައި އަޅުވާފައެވެ. ކިޔުންތެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވާލަމެވެ. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުން ވަލީދް ޖަންބަލާޠަކީ ދަރްޒީ ދީނަށް ނިސްބަތްވާމީހެކެވެ.

މަޝްހޫރު ނޫސް އޭޖެންސީ އަލް ޖަޒީރާގެ ޕުރޮގްރާމަކުން ފާހަގަ ކޮށްލެވުނު ނުކުތާއެއް އަދިވެސް ދަންނަވާލަމެވެ.
އަލް ޖަޒީރާ ޢަރަބިކްގެ މަޝްހޫރު "ބިލާ ޙުދޫދު" ޕްރޮގްރާމްގެ ޕްރެޒެންޓަރު އަޙްމަދު މަންޞޫރު އޭނާ ހުށަހަޅައިދޭ ބިލާ ޙުދޫ މި ޕްރޮގްރާމް ސޫރީޔާގެ އުތުރު ސަރަޙައްދަކުން ލައިވްކޮށް ގެނެސްދެމުން ބުނެފައިވެއެވެ. "މިއަދުގެ ޚާއްޞަ ޕޮރޮގްރާމް އަހަރެން މިހުށަހަޅަނީ ބައްޝާރުގެ އަތްދަށުން ޖަބްހަތުއްނުޞްރާއިން މިނިވަންކޮށް މިހާރު ޖަބްހާގެ ބާރުގެ ދަށުގައިވާ ސަރަޙައްދަކުންނެވެ. މިޕްރޮގްރާމުގައި އަހަރެން ގެނެސްދޭނީ ޖަބްހާއިން ހައްޔަރު ކޮށްފައިވާ ބައްޝާރުގެ ޕައިލެއްޓެއްކަމަށްވާ ޢަލީ ޢައްބޫދައި ކުރެވޭ ޚާއްޞަ އިންޓަވިއުއެކެވެ. 45 ވަރަކަށް މިނިޓް ދިގު މިއިންޓަވިއު ނިއްމާލަމުން ޖަބްހާ އިން އޭނައާއި މެދުގައި މުޢާމަލާތުކޮށްފައިވަނީ ވަރަށް ރަނގަޅަށް ކަން އޭނާގެ ޢާއިލާއަށާއި މުޅި ދުނިޔޭގެ އެކި ކަންކޮޅުތަކަށް އޭނާވަނީ އަލްޖަޒީރާ ޗެނަލް މެދުވެރިކޮށް ހާމަކޮށްފައެވެ.
 
ނަމަވެސް ދިވެހި ނޫސްވެރިޔާ ސިފަކޮށްފައިވަނީ ޖަބްހާގެ މުޖާހިދުންނަކީ މީހުންމަރާ ބައެއްގެ ގޮތުގައެވެ. ދިވެހި ނޫސްވެރިޔާ ސިފައިކޮށްފައިވާ މިފަދަ ނުރައްކާތެރި ޖަމާޢަތެއްކަމަށް ބުނާ ޖަމާޢަތްތަކާއި މެދުގައި ޢަރަބި އިސްލާމީ ދުނިޔޭގެ މުފައްކިރުންނާއި ރިޕޯޓަރުން ދައްކާފައި ހުރި ވާހަކަތަކާއި ލިޔެފައި ހުރި ޚަބަރުތަކާއި ގެނެސްދީފައިވާ ޕްރޮގްރާމްތަކުން މުޅި އިންޓަރނެޓް އެވަނީ ފުރިފައެވެ. ނިކަމެތި އަޅުގަނޑަށް ހާމަ މިކޮށްލެވުނީ މީގެއިން ވަރަށްވެސް ކުޑަ މިންވަރެކެވެ.

ﷲގެ މަގުގައި ސޫރިޔާގެ ބިމުގައި ޖިހާދު ކުރެވޭކަމާއި އަނިޔާވެރި ބައްޝާރާއި އެމެރިކާ އަދި ރަޝާއާއި އީރާނާއި ރާފިޟީ ޙިޒްބުއްލާތްގެ އަނިޔާގެ ޝިކާރަޔަކަށްވެފައި ތިބި ނިކަމެތި މުސްލިމުންނަކީ ޓެރަރިސްޓުންކަމަށް ދިވެހި ނޫސްވެރިޔާ ސިފަކޮށްފައިވާތީ މިކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރަމުން މާތް ﷲ ދެއްވި އަތާއި ދުލާއި ގަލަމުގެ މިނިވަންކަން އެންމެ ރަގަޅު ގޮތުގައި ހިފައި ﷲ އަށް ތައުބާވުމަށް ނަޞޭޙަތް ތެރިވަމުން މިލިޔުން ކުރުކޮށްލީއެވެ.

އަލްއަޚް އަޙްމަދު ޢަލީގެ ބައެއް އެހެނިހެން ޕޯސްޓުތައް