ކިސަޑު ފެނުގައި ދިރިއުޅޭ ކުނި އެތީސްޓު ފަނި

އަލްއަޚް އަޙްމަދު ޢަލީ - 27 ސެޕްޓެމްބަރ 2015 - 11:24

ކިސަޑުގެ ތެރޭގައި އުޅޭ ފަންޏެއްގެ މަޢުލޫމާތު ހޯދުމަކީ ފަހަރެއްގައި މުހިއްމު ކަމަކަށް ނުވެދާނެއެވެ. ނަމަވެސް އެފަދަ ފަންޏެއްގެ އުނދަގޫ އިސްލާމީ މުޖްތަމަޢަށް ފޯރައި މި މުޖްތަމަޢުގައި ތިބި އިސްލާމީ ޢަޤީދާއާއި އުޞޫލުތައް ނޭނގޭ އިސްލާމީ ރިވެތި ތަރުބިއްޔަތު ލިބިފައި ނެތް މީހުންގެ ގަޔަށް ކަށި ހަރާ ކަމުގައިވާނަމަ މި ފަންޏާއި މެދު ސަމާލުވާން އެބަ ޖެހެއެވެ. 

ނަމުގައި ދީނެއް ޤަބޫލު ނުކުރާކަމަށް ދަޢުވާ ކުރިޔަސް މި އެތީސްޓު ފަނި އިސްލާމް ދީން ނޫން އެހެން ހުރިހައި ދީނަކަށް ފުރިހަމައަށް ތަބާވެ ބޯލަނބައެވެ. އަދި އެހެން ހުރިހާ ދީނެއް ބަހައްޓާފައި އިސްލާމް ދީނަށް ނިސްބަތްކޮށް މަލާމާތް ކުރަމުން ދެއެވެ. މިފަދައިން މިކަން ހިނގަނީ ފަހަރުގައި މިސޮރުމެންގެ ސިކުނޑި ކުނިވެ ތަޣައްޔަރު ވުމުގެ ސަބަބުން އެވަޤުތު ޖެހުނު އެއްޗެއްގައި އުނގުޅި ހޭކިލަން ބޭނުންވަނީ ކަމަށްވުން އެކަށީގެންވެއެވެ. މިމަންޒަރު އަޅުގަނޑުމެންވަނީ މިރާއްޖެއިންވެސް ދެކިފައެވެ. ނަމަވެސް މިލިޔުމުގައި މިކަމުގެ ތަފްޞީލަށް ދާކަށް އަޅުގަނޑު ނެތީމެވެ.

މި ކުނި އެތީސްޓު ފަނީގެ ގަލަމާއި ދުލާއި ފިކުރު 24 ގަޑިއިރުމެ ހިނގަމުންދަނީ އިސްލާމްދީނަށް ފުރައްސާރަ ކުރުމުގައެވެ. ރާއްޖޭގައި އުޅޭ މިފަދަ ފަނިތައް ކައިހަދަނީ ދުނިޔޭގެ އެތަންމިތާގައި އުޅޭ މިބާވަތުގައި މައި ފަނީގެ ހަށިގަނޑުގެ ބޭރު ތޮށައްޔެވެ. މިކައިގެން އެމީހުން ހަދާފައި ހުންނަ ލިޔުންތަކާއި ޕޯސްޓުތައް ދިވެހި ބަހަށް ތަރުޖަމާ ކޮށްލެވޭ ވަރުގެ ކުޑަ ހަކަތަކޮޅެއް މިސޮރުމެންނަށް ލިބެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މައިފަނިތަކާއި ރާއްޖޭގައި އުޅޭ ކުދި ފަނީގެވެސް މައިގަނޑު އަމާޒަކީ އިސްލާމްދީނާއި މިދީނުގެ އަހުލުވެރިންނެވެ. މިހެންވުމުގެ އެންމެ ބޮޑު ސަބަބަކީ އިސްލާމުން ދެކެ މިބައިމީހުން ގަންނަ ބިރެވެ.

މިބާވަތުގެ އެތީސްޓު ފަންޏަކީ އަދާޔާ ޚިލާފަށް ފިނޑި ބާވަތެއްގެ އެއްޗެކެވެ. މިސޮރުމެންގެ އަތް ކީބޯޑާއި ފޯނުގެ ކީތަކުގެ މަތީގައި ބޭއްވުމުން މިއަތާއި ސިކުނޑީގެ ކުނި ވަހުން މާޙައުލާއި ސޯޝަލްމީޑިއާ ތަޣައްޔަރު ވެގެން ދެއެވެ. މިނޫންގޮތަކަށް މިސޮރުމެންގެ އަޞްލު ސޫރަ އެހެން މީހުންނަށް ހާމަކުރަން ފަސްޖެހި ފިނޑިވެގެން ދެއެވެ. އެއީވެސް ނަސީބެއްތާއެވެ. އެހެން ނޫންނަމަ މިމީހުން މަގުމައްޗަށް ނުކުމެ އުޅޭއިރު ދުވާ ވަހުން ނޯއްދަމާލަންވެސް ނުކެރުނީހެވެ.

ހަމަ އެފަދައިން މި ރީތި ހިތްގައިމު އިސްލާމީ ފަސްގަނޑަށް މިފަދަ ކުނި ފަނި ފަޚްސާއެއް ވަދެއްޖެ ކަމުގައިވާނަމަ އަހަރެމެން ނަގާނީ ސެލްޓެކްސް ފުޅިއެކެވެ. އޭގެން އަސަރު ނުކޮށްފިނަމަ އެވަޤުތު އަތުގައި ޖެހުނު ކޮންމެ އެއްޗަކުން ޖަހައި މިފަނީގެ އުނދަގުލުން މިމާހައުލު ރައްކާތެރި ކުރަން އަހަރެމެން ތިބީ އަތުކުރި އޮޅާލައިގެންކަން ވަރަށް ރަނގަޅަށް މިސޮރުމެން ދަނެއެވެ.

ކުނި އެތީސްޓު ފަންޏެވެ! ކަލޭމެންނާއި ޢިލްމީ ގޮތުން ވާހަކަ ދެއްކުމުގެ އެއްވެސް މާނައެއް މަޤްޞަދެއް ނެތެވެ. ކުނިވެ ފުޅަ އަޅާފައި ހުރި އެއްޗެއް ސާފު ކުރުމަކީ މިއަދު އަދި އަމުދުން ވަރަށް ފަސޭހަ ކަމެކެވެ. ތަފާތު އެކިއެކި ކެމިކަލްތައް އަހަރެމެންގެ ތެރޭގައި މިހާރު އެބަ ހުއްޓެވެ. އެކަން ކަލޭމެންނަށް ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެކަމުގެ ފަންނުވެރިންނާއި ޢިލްމުވެރިން ކަލޭމެން ސާފު ކުރަން އަބަދުވެސް ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ މަސައްކަތަކީ ހުއްޓާ ނުލާ އާޚިރަތާއި ޖެހެންދެން ކުރިއަށް ދާނެ މަސައްކަތެއްކަން ކަލޭމެންގެ ތިޔަ ހުރި ކުރަފި ސިކުނޑިތަކަށް ނުވިސްނުނަސް ވަރިހަމައެވެ. ކަލޭމެންނަކީ ވަކި ދީނަކަށް ނިސްބަތް ނުވާ ބައެއްކަމަށް ކިތަންމެ ވަރަކަށް ދެއްކިޔަސް ކަލޭމެންގެ ދީނެއް އެބައޮތެވެ. އެއީ އަމިއްލަ އެދުމެވެ.

އަލްއަޚް އަޙްމަދު ޢަލީ ގެ ބައެއް އެހެނިހެން ޕޯސްޓުތައް