ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާމީހުން ފުރަން ފަށައިފި

ރާއްޖެއިސްލާމް ނިއުސް ޓީމް - 29 އޯގަސްޓް 2015 - 10:02

ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި  މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް ދާމީހުން ފުރަން ފަށައިފި އެވެ.

ފުރަތަމަ ގްރޫޕްގައި 286 މީހުން އިއްޔެ ހެނދުނު ފުރާފައިވެއެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ދިހަ މީހަކު ވެސް ހިމެނެ އެވެ. އެ މީހުން ފުރީ މި އަހަރު ދިވެހި ހައްޖުވެރިން ގެންދިއުމަށް ހަމަޖައްސާފައިވާ މެގަ މޯލްޑިވްސްގެ ފްލައިޓެއްގަ އެވެ. ޙައްޖު ގްރޫޕުގެ ދެވަނަ ގްރޫޕުވެސް މިހާރުވަނީ ފުރާފައެވެ.

ޙައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި އަހަރު 1300 މީހުން ހައްޖަށް ދާގޮތަށްވަނީ ހަމަޖެހިފައެވެ.

މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހާ ހަމައަށް ޙައްޖުވެރިން ގޮވައިގެން ކުރާ ދަތުރުތައް ކުރާނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުން ސީދާ ސައުދީ އަރަބިއްޔާގެ ޖިއްދާގެ ކިންގު އަބްދުލްއަޒީޒު އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް