ބަނގުރާބޯމީހުން ކިޔައިނުދޭ ވާހަކަތައް

އަލްއަޚް ބަދީޢު - 11 މެއި 2013 - 16:00

ދިވެހި ޒުވާނުންގެ ދެބައިކުޅަ އެއްބަޔަކީ މަސްތުވާ ތަކެތީގައި ބީހެމުންދާ ޒުވާނުންކަމަށް ބުނާއަޑު މީގެ ވިއްސަކަށް އަހަރު ކުރީންވެސް ހުންނާނީ މިރާއްޖެއިން އަޑުއިވިފައެވެ. އެކަމަކު ކުރީން ގެންގުޅޭ މަސްތުވާތަކެތީގެ ތެރޭގައި ބަނގުރާ ގެންގުޅެފައި ހުންނަނީ ވަރަށް މަދުން ކަމުގައި ފާހަގަ ކުރެވެއެވެ. ޚާއްޞަކޮށް ދިވެހި ޒުވާނުންނަށް އޭރު ފަސޭހައިން ލިބެނީ ޑްރަގްގެ ހިކި ސާމާނުތަކާއި އާތްވެވެ.

ބަނގުރާ އޭރަކު އަދި އަތްފޯރާ ހިސާބަކަށް އައިސްފާވާކަމަކަށް ރިޕޯޓް ތަކަކުން ނުދައްކައެވެ. ކޮންމެއަކަސް މިހާރަކު ބަނގުރަލެއް ޢާއްމުވެގެން މިއުޅޭ މިންވަރަކީ ވިޔަފާރިގެއަކުން މުއްދަތު ހަމަވެ އެކްސްޕެއާ ވާތީ ނުއަގުގައި މުދަލެއް ހުސްކުރަން ސޭލް އަޅުވާފައި ހުންނަވަރަށް ވުރެވެސް މަތީ މިންވަރަކަށެވެ. ބަނގުރާބޯ މީހުންވެސް ބަނގުރާ ބުއިމަކީ ރަނގަޅު މީހަކު ކުރާނެ ކަމެއްކަމުގައި ފިޠުރީ ގޮތުން ނުމެ ދެކޭމެއެވެ. ދެން ކަށީގައި ހިފީމާ ކުރެވެނީ އެވެ. އަނެއް ބަޔަކު ގޮތް ދައްކާލަން ބޮނީއެވެ. ތިރީގައި މިލިޔެލަނީ ބަނގުރަލާއި ގުޅިފައިވާ ވަރަށް ނުރައްކާތެރި ބިރުވެރި ކަންކަމުގެ ތެރެއިންބައެއް ކަންކަމެވެ. ނަމަވެސް މިއިން ކަމެއް ބަނގުރާ ބޯމީހުންނަށް އެނގި ހުރެމެ ނުކިޔައިދޭތަނުގައި އެހެންމީހުން މީގެތެރެއަށް ވައްދާ އެއްކަހަލަ މީހުންނަށް ހެދުމަށް މަސައްކަތް ކުރެތެވެ. ޙާލަކުން މީހަކު ނޫނީ މާރާމާރީއަކީވެސް ބަނގުރަލުގެ ސަބަބުން ގިނަވާކަމެއް ކަމުގައި ރޭޑިއޯ ޚިޠޯބު ކަހަލަ ވާހަކަ އަކުންވެސް ތިބޭނީ ނުބުނާށެވެ.

ނަފްސަށް ކުރާ އަސަރު:

1-ބޮޑު ފާފައަކަށް އަރައިގަނެވިފައި.
2-މީހާ ގެ ރުޅި ހިސާބަށް ވުރެ މަތި ވޭ.
3-މޫނު މަތީގެ ރީތި ކަން ގެއްލި ނުތަވަސްކަން ވެރިވޭ.
4-ރުޅި ގަދަވެ ހަމައިން ނެއްޓުމުގެ އާދަ ހަމައިގަ ހުންނަ އިރުވެސް އަށަގަނޭ.
5-ހަނދާން ބަލިވުން.
6-ޖިންސީ ބާރު ދަށް ވުން.
7-އުމުރުން ދުވަސްވީ ވަރަކަށް ޖިންސީ ބާރު ނިކަމެތިވެ ގެއްލުން ވުން.
8-ނާރުތަކުގެ ބާރު ދެރަވުން.
9-މީހުންނާއި މެދު ޝައްކާއި ވަހުމު ގިނަ ވުން.
10-އަމިއްލަ ޒިއްމާތަށް އިންތިޒާމުން ނެއްޓި ބޮއްސުން ލުން.
11-ހުރިހާ އެންމެންނަކީ ވެސް ނުބައި މީހުންކަމާއި ރަނގަޅު މީހަކު ނުހުންނާނެ ކަމުގައި ވިސްނުން.
12-ލަފާ މީހުން ނުލަފާ މީހުންނަށް ހެދުމުގެ ވިސްނުން އުފެދުން.
13- ޞިއްޙީ ބަލިމަޑުކަން.
14-ހަމުގެ ބަލިތަށް
15- ރަހަ ބެލުމުގެ ނިޒާމް ކަންފަތިވުން.
16-ސިކުނޑީގެ ނާރުތަށް ހަލާކުވުން.
17- އެހެން ހުރިހާ ފާފައަކަށް އަރައިގަންނަން ފަސޭހަ ވުން.
18-ދޮގު ހެދުން ޢާއްމު ވުން.
19-އަބުރު ގެއްލުން.
20-އަޚްލާޤެއް ނެތި ޙަޔާތް ކުޑަ ވުން.
21-އޭނާޔަށް އޭނާ ފެނުން.
22-ދީނަކަށް އުޅެން ބޭނުންނުވުން.

* އަނބި/ފިރީންނަށާއި ދަރީންނަށާއި މުޖްތަމަޢުއަށް ކުރާ އަސަރު:

23-އަނބި މީހާޔަށް އަނިޔާކުރުން.
24-އަބަދު ދޮގު ހެދުމާއި އޮޅުވައި ލުން.
25-ދަރީންނާ ހަޑިކޮށް މުއާމަލާތް ކޮށް ދަރީން ގެ ތަރުބިއްޔަތު ހަލާކު ކޮއްލުން.
26-ދޭދޭ ދެމީހުން ދޭތެރެ ޖެއްސުން.
27-މުޖުތަމަޢު ގައި ބަނގުރާ ޢާއްމު ކުރުމަށް މަސައްކަތް ކުރުން.
28-މާރާމާރީ.
29-ގެދޮރާއި ދަނޑު ފަނގު ޚަރާބު ކުރުން.
30-ޢާއިލީ ގުޅުމަށް އިޙްތިރާމްކެނޑުން.
31-މައިން ބަފައިން ކުރިމަތީ ލަދު ޙަޔާތް ނެތި ކަންކަން ކުރުން.
32-ޒުވާބު ކުރުން.
33-ވައްކަން ކުރުމަށް ދެވި ހިފުން.
34-ފޭރުން.
35-އޮރިޔާން ކަމަށް ލޯބި ކުރުން.
36-އަމާނާތް ތެރިކަމެއް ނެތުން.
37-ވަފާތެރިކަންގެއްލި ޚިޔާނާތް އަށަގަތުން.
38-މީހުން ގެ ދިރި އުޅުންތަށް ހަލާކުކުރުން.
39-މުޖުތަމައު ގެ އަމާން ކަން ނަގާލުން.
40-މީހުންނަށް އޮޅުވާލައިގެން ބޭނުންވާ ކަންކަން ޙާސިލް ކުރުން.
41-ބޭރު ފުށުން ޑީސެންޓުވާން މަސައްކަތް ކުރުން.
42-ގޭންގު ފަސާދަ އަށް ލޯބިކުރުން.
43-އެއްޖިންސުގެފަރާތަށްލެނބުން.
44-ލަފާމީހުންގެ އަބުރު ހަޑިކުރާން ރާވައިހިންގުން.
45-މީގެމީހުން މުޅިޤައުމު  ސުންނާފަތިވެ ތަރައްޤީ ނުވެ ހުއްޓުން އެރުން.
46-އިސްލާޙް ކުރަން ބޭނުން ބަޔަކަށް މަދުވެގެން 10ވަރަކަށް އަހަރަށް އެކަން އުދަނގޫވުން. 

އަލްއަޚް ބަދީޢުގެ ބައެއް އެހެނިހެން ޕޯސްޓުތައް