އޮމާން އަށާއި އީރާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ރާއްޖެއިސްލާމް ނިއުސް ޓީމް - 11 މެއި 2013 - 13:46

ރިކްޓަރ މިންގަނޑުން 6.2 ގެ ބާރުމިނުގައި އީރާނަށް ބިންހެލުމެއް އައިތާ މާގިނަ އިރެއް ނުވަނީސް ގަލްފުގެ ޤައުމެއްކަމަށްވާ އޮމާންއަށް ރިކްޓާ މިންގަނޑުން 6.3 ގެ ބާރުމިނުގައި މިއަދު ބިން ހެލުމެއް އަތުވެއްޖެއެވެ.

އީރާނަށް އައި ބިންހެލުމުގައި ގިނަ ބަޔަކަށް ތަފާތު ޒަޚަމްތައް ލިބި އަދި ގިނަ ޢިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރޮއިޓާސްއިން ޚަބަރުދެއެވެ. ފާސް ނިއުސް އޭޖެންސީއަށް ދިން އިންޓަވިއުއެއްގައި އީރާނުގެ ރެޑްކްރެސެންޓްގެ އިސް އޮފިޝަލް މުޙައްމަދު މުޒައްފަރު ބުނެފައިވަނީ އީރާނަށް އައި ބިންހެލުމުގައި 11 މީހަކަށް ތަފާތު ޒަޚަމްތައްވެފައިވާކަމަށާއި އަދި ފަސް އަވަށަކަށް ވަރަށްބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށެވެ. އެގޮތުން ވަރަށް ގިނަ ގެ ތައް ބިމާއި ހަމަވެފައިވާކަމަށް ބުނެފައިވެއެވެ.

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް