ދުބާއީގައި ތާޖު މަހަލްއެއް ބިނާކުރަނީ

ރާއްޖެއިސްލާމް ނިއުސް ޓީމް - 04 އޮކްޓޯބަރ 2012 - 08:00

ދުބާއީގެ ކުންފުންޏެއް ކަމުގައިވާ ލިންކު ގްލޯބަލް ގުރޫޕްގެ ފަރާތުން 1 ބިލިޔަން ޑޮލަރުގެ އަގުހުރި "ތާޖު ޢަރަބިޔާ" ގެ ނަންދެވިފައިވާ ތާޖު މަހަލްއާ ވައްތަރުކޮށް ބިނާކުރެވޭ 300 ކޮޓަރީގެ ފަސްތަރީގެ ހޮޓަލެއް އެޅުމަށް ނިންމައިފިވިއެވެ.

އެކުވެރި ޢަރަބި އިމާރާތުގެ "ފެލްކަން ސިޓީ އޮފް ވޮންޑާސް"ގައި ޢިމާރާތްކުރާ މި ހޮޓަލުގައި ތާޖު މަހަލްގެ ސީދާ ކޮޕީއެއް ބިނާކުރުމާއެކު، އިންޑިޔާގެ މުގަލް ސިވިލައިޒޭޝަންގެ ޒަމާނުގެ އާކިޓެޗްރ އާއި ޑިޒައިންނަށް ބިނާކުރެވޭ ހަތް ބިލްޑިންވެސް ހިމެނެއެވެ. އެތަންތާނގައި ދިރިއުޅޭ ގޭބިސީތަކާއި، ވިޔަފާރި މަރުކަޒުތައް ހިމެނޭއިރު، "ތާޖު ޢަރަބިޔާ" އަކީ އަކައިވެނީގެ މާމުއި ހަނދުގެ ދުވަސްތައް ހޭދަކޮށްލަން ދާ މައްޒިލެއްގެ ގޮތުގައި ހެދުމަށްވެސްވަނީ ނިންމާފައެވެ.

"އަހަރުމެންގެ އަމާޒަކީ 2014 ވަނަ އަހަރުގެ ކުރިން މި ޢިމާރާތް ނިންމުން" އެކުންފުނީގެ ޑިރެކްޓަރ އަޖުން މެހްރާ ވިދާޅުވިއެވެ. "މިހާރު އިންފްރާސްޓްރަކްޗާރ ތައްޔާރުކޮށް ނިމިއްޖެ. ދެން ކުރިޔަށް ދާނީ ޢިމާރާތްކޮށްދޭ ކުންފުނިތަކާއެކު ކުރެވޭ މަޝްވަރާތައް" އޭނާ ވިދާޅުވިއެވެ.

މި މަޝްރޫޢުގައި މަސްކަތް ކުރާތާ ދެތިން އަހަރުވެދާނެކަމަށާއި، މި މަޝްރޫޢުގެ ދަށުން ތާޖުމަހަލް އާއި ބެހޭ ތަފްޞީލީ ދިރާސާއެއްވެސް ކުރެވިފައިވާ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ތާޖު ޢަރަބިޔާގެ ނަންދެވިފައިވާ މި ޢިމާރާތް އަސްލު ތާޖު މަހަލްއަށްވުރެ ތިންގުނަ ބިޔަވާނެކަމުގައިވެސް އޭނާ ހާމަކުރެއްވިއެވެ. އެތަން ޢިމާރާތްކުރުމަށް 2.3 މިލިޔަން އަކަފޫޓުގެ ބިމެއް ބޭނުކުރެވޭނެކަމާއި، އެހިސާބުގައިނޑުގެ ފެހިކަން ގަދަކުރުމަށް ގަސްތަކާއި ބަގީޗާތައްވެސް ތައްޔާރުކުރެވޭނޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް