އަފްޣާނިސްތާނުގައި ޗިނޫކް މަރުކާގެ މަތިންދާބޯޓެއް ވައްޓާލައިފި

ރާއްޖެއިސްލާމް ނިއުސް ޓީމް - 03 އޮކްޓޯބަރ 2012 - 15:45

އަފްޣާނިސްތާނުގައި ނޭޓޯސިފައިން ދަތުރުކުރަމުންދިޔަ ޗިނޫކް މަރުކާގެ ހެލިކޮޕްޓަރެއް އިއްޔެ ވައްޓާލައިފިއެވެ.

އަފްޣާނިސްތާނުގެ އަރްޣަންދާބި ޑިސްޓްރިކްޓްގައި ހަނގުރާމަވެރިން ދިން ޙަމަލާގައި ވެއްޓުނު މި ބޯޓުން ދަތުރުކުރި އެންމެ މަރުވެފައިވާކަމަށް ހަނގުރާމަވެރިންގެ ބައެއް ވެބްސައިޓުތަކުގައި ހާމަކޮށްފައިވެއެވެ. އަދި ބޯޓު ވެއްޓުމުގެ ކުރިން ބޯޓުގައި އަލިފާން ރޯވިކަމަށާއި ބޯޓުން ދަތުރުކުރި އެއްވެސް މީހަކު ސަލާމަތް ނުވާކަމަށްވެސް ހާމަކޮށްފައިވެއެވެ.

މަންޒަރު ލޮލުން ދުށް އެހިސާބުގަނޑުގެ މީހުން ބުނެފައިވަނީ ބޯޓު ވެއްޓުމާއެކު ސަރުކާރު ސިފައިން އެހިސާބުގަނޑު  ބަންދުކޮށްފައިވާކަމަށެވެ.

އަފްޣާނިސްތާނުގައި ހަނގުރާމަކުރާ ނޭޓޯ ސިފައިންނާ ދެކޮޅަށް ޠާލިބާނުން ފަށައިގެންއުޅޭ އައު ސްޓްރެޓެޖީ ސަބަބުން ނޭޓޯ ސިފައިންގެ ހިތްވަރު މުޅިން ގެއްލި ނޭޓޯ ސިފައިން ނަފްސާނީ ގޮތުން ބަލިކަށިވެއްޖެ ކަމަށް އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އެންޑަސް ފޯގް ރަސްމޯސަން އިއްޔެ އެއްބަސްވެފައިވެއެވެ.

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް