ޕީސް ފައުންޑޭޝަންގެ ދަރުސް އަންނަ ހުކުރު ދުވަހުގެރޭ

ރާއްޖެއިސްލާމް ނިއުސް ޓީމް - 03 އޮކްޓޯބަރ 2012 - 16:00

ޕީސް ފައުންޑޭޝަންގެ ފަރާތުން ބާއްވާ ވަރަށް ޚާއްޞަ ދަރުސެއް އަންނަ ހުކުރު ދުވަހުގެރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

ޕީސް ފައުންޑޭޝަންގެ ފަރާތުން ރާއްޖެއިސްލާމަށް ދެއްވި ބަސްދީގަތުމެއްގައި ފައުންޑޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވިގޮތުގައި މި ދަރުސަކީ ކުރިން އެ ޖަމްޢިއްޔާގެ ފަރާތުން ބާއްވަން މަސައްކަތްކުރި ދަރުސެއް ކަމަށާއި އެފަހަރު ދަރުސް ކެންސަލް ކުރީ ވިއްސާރަވުމުގެ ސަބަބުން ކަމަށެވެ.

އައްޝައިޚް މުޙައްމަދު އިބްރާހީމް ދެއްވާގޮތަށް ހަމަޖެހިފައިވާ މިދަރުސް އޮންނާނީ ހުކުރު ދުވަހުގެރޭ ވިލިނގިލީ ބޯޅަ ދަނޑުގައެވެ. މިދަދރުސުގައި ސުވާލާއި ޖަވާބު ސެޝަނެއްވެސް އޮންނާނެކަމަށް ޚަބަރު ލިބިފައިވެއެވެ. އެޮގޮތުން ފޯނުގެ ޒަރީޢާއިންނާއި އެސް.އެމް.އެސްގެ ޒަރީޢާއިން ވެސް މީހުންނަށް ސުވާލު ހުށައެޅޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ. ސުވާލު ކުރެއްވުމަށް ގުޅުއްވާނީ 3349600 އަށެވެ. އެސް.އެމް.އެސް ގެ ޒަރީޢާއިން ސުވާލުފޮނުއްވާނީ  pf ޖައްސަވާފައި ހުސްތަންކޮޅެއް ދޫކޮށްލެއްވުމަށްފަހު ސުވާލު ލިޔުއްވާފައި 2960 އަށެވެ.

މި ދަރުސަށް ވީހާވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ފައުންޑޭޝަންގެ ވަރަށްބޮޑު އެދުމެކެވެ.

ރާއްޖެއިސްލާމް ނިއުސް ޓީމްގެ ބައެއް އެހެނިހެން ޕޯސްޓުތައް