އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ)
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް

ފަސްވަނައ:ީ އާޚިރަތްދުވަހަށް އީމާންވުން

އާޚިރަތްދުވަހަށް އީމާންވުމުގެ ތެރޭގައި މަރުވުމަށްފަހުގައި ވާނެ ކަންތައްތަކާއި މެދުގައި ﷲ އާއި އެކަލާނގެ ރަސޫލާ ދެއްވާފައިވާ އެންމެހާ ޚަބަރެއް ތެދުކޮށް ޤަބޫލުކުރުން ހިމެނެއެވެ. މިސާލަކަށް: ޤަބުރުގެ ފިތުނައާއި އެތަނުގެ ޢަޒާބާއި ޘަވާބާއި އަދި ޤިޔާމަތްދުވަހުގެ ބިރުވެރިކަމާއި ގަދަފަދަކަމާއި ޞިރާޠުމަގާއި މީޒާނާއި ހިސާބުބެއްލެވުމާއި ޖަޒާދެއްވުމާއި މީސްތަކުންގެ ކުރިމަތީގައި އެމީހުންގެ ފަތްފެތުރުމާއި އޭގެތެރެއިން ކަނާއަތަށް ފަތްދެވޭ މީހުންނާއި އަނެއްބައެއްގެ ވާތަށް ނުވަތަ ފުރަގަހުން ފަތްލިބޭނެ ކަމުގައި އީމާންވުމެވެ. އަދި އެދުވަހަށް އީމާންވުމުގެ ތެރޭގައި އަހަރެމެންގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙައުޟަށް ވާރިދުވުމާއި މެދުގައި އީމާންވުމާ ސުވަރުގެއާއި ނަރަކައަށް އީމާންވުމާ އަދި މުއުމިނުންނަށް އެމީހުންގެ ވެރިރަސްކަލާނގެ ދީދާރުވެ ފެނުމާއި އެކަލާނގެ އެބައިމީހުންނަށް ބަސް ވަޙީކުރައްވާނެކަމުގައި އީމާންވުން ފަދަ ކީރިތި ޤުރްއާނުގައްޔާއި ރަސޫލާގެ މޫރިތި ސުންނަތުން ޞައްޙަކޮށް ސާބިތުވެފައިވާ އެންމެހާ ކަމެއް ކަށަވަރުކުރުން ހިމެނެއެވެ. ފަހެ ﷲ އާއި އެކަލާނގެ ރަސޫލާ ބަޔާންކޮށްދެއްވާފައިވާ ގޮތަށް މިހުރިހާ ކަމެއްގެ މައްޗަށް އީމާންވުމަކީ ވާޖިބެކެވެ. (ނުނިމޭ)

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު