އަޞްލު ލިޔުއްވީ: ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒް ބުނު ޢަބްދުﷲ ބުނު ބާޒް (ރަޙިމަހުﷲ)
ތަރުޖަމާ: އައްޝައިޚް އާދަމް ޝަމީމް ބިން އިބްރާހީމް
އެންމެ ފުރަތަމައީ: ﷲ އަށް އީމާންވުން
ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އީމާންވުމުގެ ތެރޭގައި ﷲ އީ ޙައްޤު އިލާހުކަމަށާއި އެކަލާނގެ މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ ފަރާތެއް ނުވާކަމުގައި ޔަޤީންކޮށް، ކަށަވަރުކުރަން ޖެހެއެވެ. އެހެނީ، އެކަލާނގެއީ އަޅުތަކުން އުފައްދަވައި، އެބައިމީހުންނަށް އިޙުސާންތެރިވެ ވޮޑިގަންނަވާ، އެބައިމީހުންނަށް ރިޒުޤުދެއްވާ، އެއުރެންގެ ސިއްރާ ފާޅު ދެނެވޮޑިގަންނަވާ އަދި އެމީހުންގެ ތެރޭން ކިޔަމަންތެރި އަޅުންނަށް ޘަވާބުދެއްވައި، އުރެދުންތެރިންނަށް ޢުޤޫބާތްދެއްވުމަށް ކުޅަދުންވަންތަ އިލާހެވެ. ﷲ ތަޢާލާ، ޘަޤަލައިން (އިންސީންނާ ޖިންނީން) އުފެއްދެވީ އެކަލާނގެއަށް އަޅުކަންކުރުމަށްޓަކައެވެ.
އަދި އެކަމަށް އަމުރުކުރައްވައި ވަޙީކުރައްވާފައިވެއެވެ.  ]  وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ y مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ y إِنَّ اللَّـهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ y [ (الذاريات 56 ، 57 ، 58) މާނައީ ”އަދި ތިމަން އިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށްޓަކާ މެނުވީ ނުހައްދަވަމެވެ. އެމީހުންގެ ކިބައިން ތިމަން އިލާހު ރިޒުޤަކަށް އެދިވޮޑިއެއްނުގަންނަވަމެވެ. އަދި ތިމަން އިލާހަށް ކާންދިނުމަކަށްވެސް އެއުރެންގެ ކިބަޔަކުން އެދިވޮޑިއެއް ނުގަންނަވަމެވެ. ހަމަކަށަވަރުން ގިނަގިނައިން ރިޒުޤުދެއްވާ ބާރުވެރި ގަދަކީރިތިވަންތަ ރަސްކަލާނގެއީ ﷲ އެވެ.“

އަދިވެސް ﷲ ވަޙީކުރައްވާފައިވެއެވެ.  ]  يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَy  الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا لِلَّـهِ أَندَادًا وَأَنتُمْ تَعْلَمُونَ [y(البقرة : 21 ، 22) މާނައީ: ”އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރާށެވެ! އެކަލާނގެއީ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހެއްދެވި ރަސްކަލާނގެއެވެ. އެއީ ތިޔަބައިމީހުން ތަޤުވާވެރިވުމަށްޓަކައެވެ. އެކަލާނގެއީ ތިޔަބައިމީހުންނަށްޓަކައި ބިން ފެތުރިގެންވާ ތަނެއްކަމުގައްޔާއި، އުޑު ބިނާއެއްކަމުގައި ލައްވައި، އުޑުން ފެންވެއްސަވައި، އެއިން ތިޔަބައިމީހުނަށް ރިޒުޤަކަށް މޭވާ ފެޅުއްވެވި ރަސްކަލާނގެއެވެ. ފަހެ ތިޔަބައިމީހުން ދެނެތިބެގެން ﷲ އާއި އެއްފަދަ އެހެންފަރާތެއްނުހަދާށެވެ.“
ހަމަކަށަވަރުން ﷲ ތަޢާލާ، ރަސޫލުން ފޮނުއްވައި، ފޮތް ބާވައިލެއްވެވީ މިޙައްޤު ބަޔާންކޮށް، އެއަށް ދަޢުވަތު ދީ، އެއާ އިދިކޮޅު އެންމެހާ ކަމަކުން އިންޒާރުކުރެއްވުމަށްޓަކައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ]  وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ  [ (النحل : 36) މާނައީ: “ އަދި ހަމަކަށަވަރުން ތިމަން އިލާހު، ކޮންމެ އުންމަތެއްގައި ރަސޫލަކު ފޮނުއްވީމެވެ. (އެއީ) ﷲ އަށް އަޅުކަންކުރުމަށާއި، ޠާޣޫތާއި (ﷲ ފިޔަވައި އަޅުކަންކުރެވޭ ފަރާތްތަކާއި) ދުރުހެލިވުމަށްޓަކައެވެ.“
އަދިވެސް ﷲ ވަޙީ ކުރައްވާފައިވެއެވެ. ]    وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِy   [ (الأنبياء :25) މާނައީ: “ އަދި ކަލޭގެފާނުގެ ކުރީގައި އެއްވެސް ރަސޫލަކު ނުފޮނުއްވަމެވެ. އެބޭކަލަކަށް ތިމަންރަސްކަލާނގެ ވަޙީކުރައްވާފައި މެނުވީ، ހަމަކަށަވަރުން ތިމަން އިލާހުފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކުނުވެއެވެ. އަދި ހަމައެކަނި ތިމަން އިލާހަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ.“
އަދިވެސް ﷲ ޢައްޒަޥަޖައްލަ ވަޙީކުރައްވާފައިވެއެވެ. ] كِتَابٌ أُحْكِمَتْ آيَاتُهُ ثُمَّ فُصِّلَتْ مِن لَّدُنْ حَكِيمٍ خَبِيرٍ y أَلَّا تَعْبُدُوا إِلَّا اللَّـهَ ۚ إِنَّنِي لَكُم مِّنْهُ نَذِيرٌ وَبَشِيرٌ y   [ (هود :1، 2) މާނައީ: “ މިފޮތަކީ ޙިކްމަތްވަންތަ ދެނެވޮޑިގެންވާ އިލާހެއްގެ ޙަޟްރަތުން، އޭގެ އާޔަތްތައް ފުރިހަމަކުރެވި ދެން ތަފްޞީލުކުރެވިފައިވާ ފޮތެކެވެ. (އޭގައި އަމުރުވެވިގެންވަނީ) ތިޔަބައިމީހުން ﷲ ފިޔަވައި އެހެންފަރާތަކަށް އަޅުކަންނުކުރާށެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނީ އެކަލާނގެ ޙަޟްރަތުން ތިޔަބައިމީހުންނަށް އިންޒާރުދެއްވާ އަދި އުފާވެރިކަމުގެ ޚަބަރުދެއްވާ ބޭކަލަކީމެވެ.“ 
ބަޔާންވެދިޔަ މިއަޅުކަމުގެ ޙަޤީޤަތަކީ: އަޅުކަމުގެ ގޮތުން އަޅުތަކުންނަށް އަމުރުވެވިފައިވާ ކޮންމެކަމެއްގައިމެ އެކަލާނގެ އެއްކައުވަންތަކުރުމެވެ. 
-ނުނިމޭ-

ޚިޔާލުފާޅުކުރައްވާ

0 ކޮމެންޓު